މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ގޮސްފައިވާއިރު އަނދިރީގެ ތެރޭގައި މީހަކު ހިނގާފައި ދަނީ.---ފޮޓޯ: މިހާރު
23 ޖުލައި 2025 - 00:09
މާލެއާއި ހުޅުމާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ "ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން" ކަމަށާއި މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
"މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ކަރަންޓު ކެނޑުނުތާ ބައި ގަޑިއެއްހާއިރު ފަހުން ސްޓެލްކޯ އިން ވަނީ، ކަރަންޓު ކެނޑުނު ހިސާބުތަކަށް އަލުން ކަރަންޓު ދޭން ފަށާފައިވާ ކަމަށް ބުނެފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު ވެސް ކަރަންޓު ކެނޑުނެވެ އެވެ. ސްޓެލްކޯއިން ބުނީ ހެނދުނު ކަރަންޓު ކެނޑުނީ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކުން ކަމަށެވެ. ކަރަންޓު އަލުން ދިނީ ކަރަންޓު ކެނޑުނުތާ ތިން ގަޑިއެއްހާއިރު ފަހުންނެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހު މާލެ އާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑި ހައެއްކަ ގަޑިއިރު ހޭދަވި އެވެ. އެފަހަރު މައްސަލަ ދިމާވީ މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވައިދޭ ގްރިޑުގެ ކަނެކްޝަނަށް ކަމަށް އޭރު ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތެފައާސާ.
23 July 2025
އެ ބުނާ ސަޕްރައިޒް ފެށުނީއޭ. ދެން މި މަހު ކަރަންޓު ބިލް އަންނައިރު ސަޕްރައިޒްގެ ބާކީ ބައި އޮންނާނެ. ހެޔޮ އެއްޗެހި ކިޔައިގެން ހަރު ތަނެއްގައި ބާރަށް ހިފަހައްޓައިގެން ތިބޭތި. ބުނާކަށް އިތުރު އެއްޗެއް ނެތް.
ށސ11
23 July 2025
ހަާއަރުވާފަ ކުޅިވަރު ކުޅެވޭތޯ ބަލާބަލަ އަދިވެސް.
މުލޭ
23 July 2025
މޭޔަރު ނިޒާރުގެ ބަހުރުވައިން ބުނަންޏާ 1 ވަނަ ދަރަޖައިގެ ރައްޔިތުންނެއް ނޫޅޭ މާލޭ ސަރަޙައްދުގައި ވެސް. 1 ވަނަ ދަރަޖައިގެ ރައްޔިތުން އުޅޭ ތަންތަނުން ކަރަންޓު ނުކެނޑޭނެ ކަމަށްވަނީ.
ނަށީދު
23 July 2025
ކޮންމެ ފަހަރަކު ރައީސް ފުރީމަ ކަރަންޓަށް މިވަނީ ކިހިނެތް؟ ކުރާ ޖެއްސުމެއް ބާ؟
ދިދީ
23 July 2025
އެއްކަލަ އަފީފު ދީދީ ހުންނާނެ އުފަލުން. ހުވާ ބިއްލާހި
މަރިޔަމްފުޅު.
23 July 2025
އައްޑޫ މީހުންނަކީ މާލޭ މީހުން ފަދަ ތަންދޮރު ނުދަންނަ ބައެއްނޫން. އަދި އެހާ ޒާތީ ބައެއްވެސް ނޫން.