ހަތަރު ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ.-- ފޮޓޯ: ޕޮލިސް
24 ޖުލައި 2025 - 15:03
ފުލުހުން މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް ހަތަރު ކިލޯގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުން ހުއްޓުވުމަށް އެ އިދާރާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މާލޭގައި އިއްޔެ ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ގއ. ނިލަންދޫ، މާޑު، މުއާވިޔަތު އަހްމަދު، 30، ކަމަށެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިގެން ގަލޮޅުގެ ދެ ގެއެއް ބަލައި ފާސްކުުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ފެނުނީ އެތަނުން އެއް ގެޔަކުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮނބިފާލު ބަލާމީހާ
25 July 2025
ހަލޯ ޕޮލިސް. ތިމީހާ ހައްޔަރުކުރިއިރު އުންސުރުތަކާއި ދިމާލުގަހުރި ފަންސުރުތައްހުރީ ހަމަޔައްތަ؟ ޔަޤީންވާކަމަކީ ތިމީހާޖަލުގަނުހުންނާނެކަން 2 އަހަރުވެސް. ޤާނޫނީ "ބާގަނޑުން" މުޅިން"އައު"މީހެއްފަދައިން ނުކުމެ މަހެއްނުވަނީސް 6 ކިލޯއެތެރެކޮށްގެން އަނެއްކާވެސް ތިޔަބުނާހުތިހާޔުނިޓުތަކާއި ސެޓެލައިޓުތައް ގުޅިގެންގެނެސް އަނެއްކާވެސް ދޫކޮށްލާނެ. މިހާތަނަށްފެންނަންއޮތީ އެމަންޒަރު.
ާބަލަބަލަ
25 July 2025
މިގައުމުގަ ކުއްވެރިވަނީ މިސްކިތުން ފައިވާނެއް ފިހާރަޔަކުން ލޯޝަންފުޅިއެއް ނަގާމީހާ، މުޅި ގައުމު ދޮވެލީމަ އޭސީފިނިކޮޓަރީގަ، ނިކަމެތިންނަން ދެރަގޮތް، އަންދާގާނޫނު.
މޭކަރާ
25 July 2025
ރަގަޅުކޮށްލާ.. "މުޅި ގައުމު ދޮވެލީމަ އޭސީފިނިކޮޓަރީގަ، ނިކަމެތި'ވަގުންނަށް' ދެރަގޮތް،"....
ޑރ ވާންޗޯ
24 July 2025
ކަލޯގެޔާ! ތިޔޮތީ އަތުޖެހިފަ ޚަޒާނާއެއް، 4 ކިލޯގެ ޑްރަގް އަތުޖެހުނުމީހެއްގެއަތުގަ ވަރަށް ފައިސާއޮންނާނެ، ޕޮލިހުންގެ ކޮންމެސް މިސްޓޭކަކުން ތިޔަމީހާ ކޯޓުން ދޫކޮށްލާނެ، ސާބިތުނުވެގެން.
ކާކުބުނީ
24 July 2025
ގަލޮޅުގައި ހުންނަގެއްހުރޭ ފުލުހުން ބެލުން މަނާގެއެއް.. ވަރަށްވާހަކަ
ސިއްދޯގު
24 July 2025
“ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި“ މިހެން މިހަބަރު އޮތީމަ ވަރަށް ސުވާލު އުފެދޭ. އެދެބަޔަކީ އާންމުކޮށް ގުޅިގެން މަސައްކަތް ނުކުރާ ބަޔަކީތޯ. ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ކިޔާ މަރުކަޒީ ޖާސޫސީ އިދާރާއެއް އުފެއްދީތޯ؟ މިގޮތަށް ހާއްސަ ގުޅުމަކުން ގުޅިގެން ހިންގި ކިތައްވަނަ އޮޕަރޭޝަންތޯ؟ މިގޮތަށް ގުޅިގެން އޮޕަރޭޝަން ހިންގަން ދިމާވި ސަބަބަކީ ކޮބައިތޯ؟ މިގުޅުން ރޫޅާލާނީ ކޮން އިރަކުންތޯ؟
ޙާލިދު
24 July 2025
4 ކިލޯގެ އަގު ވަރަށް ބޮޑު ވާނެ. މިކަހަލަ މުޖުތަމައު ފަސާދަ ކުރާމީހުން އުމުރަށް ޖަލަށް ލާންޖެހޭނެ.
ނަމަަސް
25 July 2025
ތެދެއްތިބުނީ. އޭނާލާންވާނީ އުމުރަށްޖަލަށް. ސުވާލަކީ ތިއެތެރެވާގޮތް ނުހުއްޓުވަނީ ކީއްވެގެންތޯ؟ ގައުމުދަވައިލައިގެން ދިޔަ ދެމީހުން ވާނީމިނިވަނުންނަށް. އެކަކު ގޭގަ ސިޓިންގްރޫމްގަ މޮޅުވާހަކަދައްކަން. އަނެކަކު ރާއްޖޭންބޭރުގަ.
އަލިމްގ
24 July 2025
ޑްރަގް ވިޔަފާރިއައް ހާއްސަ އަތޮޅެއްތަ މީ