ހިންމަފުށީ އައްސޭރި ޖަލުގައި ޖުވެނައިލް ލޯންގްޓާމް ސެކިއޯ ފެސިލިޓީ ހޯމް މިނިސްޓަރު އަލީ އިހުސާން ހުޅުވައިދެއްވަނީ.-- ފޮޓޯ: ކަރެކްޝަން
26 ޖުލައި 2025 - 16:46
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި އަލަށް ހެދި ޖުވެނައިލް ލޯންގްޓާމް ސެކިއޯ ފެސިލިޓީ މިދިޔަ ބުރާސްފަތިދުވަހު ހުޅުވައިފި އެވެ.
އެއީ، ކުށްކުރާ ކުޑަކުދިންގެ ތެރެއިން ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ގާނޫނުން ލާޒިމްކުރާ ފެސިލިޓީއެކެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ހެދި އެ ފެސިލިޓީ ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
ހިންމަފުށީ އައްސޭރި ޖަލުގައި ޖުވެނައިލް ލޯންގްޓާމް ސެކިއޯ ފެސިލިޓީ ހޯމް މިނިސްޓަރު އަލީ އިހުސާން ހުޅުވައިދެއްވަނީ.-- ފޮޓޯ: ކަރެކްޝަން
އެތަން ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ފެސިލިޓީ ހުޅުވިގެން ދިއުމަކީ ގާނޫނު ތަންފީޒުކުރުމަށް ލިބިގެން ދިޔަ ބާރެއް ކަމަށެވެ.
ޖުވެނައިލް ލޯންގްޓާމް ސެކިއޯ ފެސިލިޓީގައި ބައިތިއްބާ ކުޑަކުދިންނަށް އުމުރާ ގުޅޭގޮތުން ކިޔެވުމުގެ ފުރުސަތު ދޭނެ އެވެ. އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައުންސެލިން އާއި ސައިކޭޓްރިކް ސެޝަންތައް ފޯރުކޮށްދިނުމާއި އިސްލާމީ ކައުންސެލިންގެ އިތުރުން ލައިފް ސްކިލްސް ވެސް ކިޔަވައިދޭނެ އެވެ.
ހިންމަފުށީ އައްސޭރި ޖަލުގައި ޖުވެނައިލް ލޯންގްޓާމް ސެކިއޯ ފެސިލިޓީ ހޯމް މިނިސްޓަރު އަލީ އިހުސާން ހުޅުވައިދެއްވަނީ.-- ފޮޓޯ: ކަރެކްޝަން
ނުރައްކަލުގައި ތިބި ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި ދިގު މުއްދަތަކަށް ރެސިޑެންޝަލް ފަރުވާ ދިނުމަކީ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަމަކަށްވާއިރު މިދިޔަ ޖެނުއަރީގައި ހއ. ހޯރަފުށީގައި ހުރި ޖުވެނަައިލް ހާފްވޭ ހައުސް (ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު) ވެސް ވަނީ ހުޅުވައިފަ އެވެ.
ސަރުކާރުން ބުނެފައި ވަނީ ކުށުގައި ބައިވެރިވާ ކުޑަކުދިންގެ ލިސްޓުގައި 200 އެއްހާ ކުދިން ތިބި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy