އުތުރުގެ ރަށެއްގައި އާރުޓީއެލް ފެރީއެއް. -- ފޮޓޯ: އެމްޓީސީސީ
28 ޖުލައި 2025 - 13:45
ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި ފެށި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް) ފެރީގެ ހިދުމަތް ބ. އަތޮޅުގައި ފަށައި އުތުރުގެ ހުރިހާ އަތޮޅެއް ގުޅާލައިފި އެވެ.
މިޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. މިދިޔަ ޖޫން މަހު ރައީސް އިއުލާން ކުރެއްވި ގޮތުގައި. ޖުލައި ނިމުމުގެ ކުރިން ބ. އަތޮޅުގަައި ފެރީ ގެ ހިދުމަތް ފަށާނެ ކަމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެ އަތޮޅުގެ ހިދުމަތް ވެސް ފަށާނެ އެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ދާ ކަމަށް އޭރު ވިދާޅުވި އެވެ.
ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅާއި ނ. އާއި ރ. އަތޮޅުގައި މިހާރު ވެސް އާރުޓީއެލް ފެރީގެ ހިދުމަތް ދެ އެވެ. ބ. އަތޮޅުގައި މިއަދު ހިދުމަތް ފެށުމުން ޒޯން 2 ގެ ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ހިދުމަތް ފުޅާކުރެވުނީ އެވެ.
އެމްޓީސީސީން ބުނީ ބ. އަތޮޅުގެ ހިދުމަތާ އެކު، އެއާޕޯޓު އޮންނަ ދަރަވަންދޫ ހިމެނޭހެން މީހުން ދިރިއުޅޭ 13 ރަށް ފެރީން ގުޅުވާލެވުނީ ކަމަށެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ފެރީގައި ހިލޭ ދަތުރުތައް ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. އޭގެ ފަހުން ދަތުރުތައް ކުރެވޭނީ ޓިކެޓް ނަގައިގެންނެވެ.
އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނެގޭނެ އެވެ.
އާރްޓީއެލް ފެރީން ބަޔަކު ފައިބަނީ. --ފޮޓޯ: އެމްޓީސީސީ
ބ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު 10 އަށް އަރާނެ އެވެ.
އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ. އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ފެރީގެ ހިދުމަތުގެ އެ މަޝްރޫއު ފެށީ 2022 ވަނަ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިޝާން މުހައްމަދު
29 July 2025
ވެރިޔެއްގެ އިހްލާސްތެރިކަން ފެންނާނީ މިވަރަށް. ރައްޔިތުންގެ ހައްގުގައި ކުރަން ބުނި ކަންތައް ސީދާ ޑޭޓަށް ނިންމާމިލަނީ
އައިޝަތް މަމްދޫހާ
29 July 2025
ބުނި ގޮތަށް ޖުލައި ނިމުމުގެ ކުރިން މިކަން މިފެށީ. ޝުކުރަން މުއިއްޒް
ޝަހުދާ ޒާހިރު
29 July 2025
މުޅި ބާ އަތޮޅަށް ވި ވައުދު މަނިކުފާނު ތި ފުއްދާލަ ދިނީ. މީ ދުވަހަކުވެސް ހަދާން ނެތޭނެ ދުވަހެއް ނޫން. ވަރަށް ލާރި ސަލާމަތް ވެގެން މިދަނީ. ދަތުރަކުން 700 އަށްވުރެ ގިނައިން. ރައީސް މުއިއްޒްއަށް 2 ވަނަ ދައުރެއް ހޯދަން ބ އަތޮޅިން ބޮޑު މެޖޯރިޓީއެއް ދޭނެ. އިންޝާﷲ
މިފްރާހްް
29 July 2025
ގައިމު އޭރު އަހަރުމެން އަތޮޅުގެ މީހުން ބުނަމުން އައީ މުއިއްޒު ވެރިކަމަށް އައިސިއްޔާ މި މަސަކަތްވެސް ދެން ނުކުރާނޭ. ކޮބާ ހީވިކަމެއްހެން ބުނި ޑޭޓަށް މަސައްކަތް މިއޮތީ ނިންމާފަ
މިރުފަތް
29 July 2025
ވައުދުވެލެއްވި ގޮތައް މި މަސައްކަތް މިއޮތީ ނިންމާފަ. ދެންހުރި މަސައްކަތްތައްވެސް މި ބާރުމިނުގަ ގޮސް ނިންމާނެކަމާމެދު ޝައްކެއް ނުކުރަން
ސުފްޔާން
29 July 2025
ބ. އަތޮޅުގަ ރައްޔިތުންގެ ނަމުގަ ރައީސް މުއިއްޒުއަށް ޝުކުރު. ވަރަށް ބޮޑު ފަސޭހައެއް މި ލިބިގެންދިޔައީ
މުންޒިފް
29 July 2025
ކޮންމެ ސަރުކާރަކުން ފެއްޓެވި މަޝްރޫއަކަސް އެއްވެސް މަޑުޖެހުމެއްނެތި މަސައްކަތް ނިންމަން އުޅުނު ހަމައެކަނި ސަރުކާރު މީ. މީގެ ކުރީގަ އޮތީ ބަޔަކު ފަށާފަ އޮންނަށް މަޝުރޫއެއްވިޔަސް ގަސްތުގަ ހުއްޓުވާފަ
އައިމަން ތައިފީގް
29 July 2025
ބ އަތޮޅު ހުރިހާ ރައްޔިތުންނަށް މަރުހަބާ. މުބާރަކް ބާދީ އަރިސްކުރަން. ޝުކުރިއްޔާ ސަރުކާރު
އަފްސަލް ހަމީދު
29 July 2025
ރައީސް މުއިއްޒް އަށް ފަށްފަށުން ޝުކުރިއްޔާ. ނިކަން އުފާވެއްޖެ. މުޅި ބ އަތޮޅު މަނިކުފާނަށް ޝުކުރުވެރިވޭ
ޝައުކަތް
29 July 2025
މުއިއްޒުގެ ހަމަ ޔަގީނުންވެސް އަހަރުމެން އަތޮޅުގެ ރައްޔިތުންނަށް ވެލެއްވި އެންމެ މުހިންމު އެއް ވައުދު މިފުއްދައްވާދެއްވީ.. ޝުކުރިއްޔާ ރައީސް