ނަމާލް ރާއްޖެ ވަޑައިގަތީ ލަންކާގެ ރައީސް މިއަދު ރާއްޖެ ވަޑައިގަތް ފްލައިޓްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ.
ނަމާލް ރާޖަޕަކްސަ 2018 ވަނަ އަހަރު ރާއްޖޭގައި: އޭނާ މިއަދު ރާއްޖެ ވަޑައިގެން އުޅުއްވަނިކޮށް ވަނީ ހައްޔަރުކުރަން ކޯޓުން އަމުރެއް ނެރެފައި. -- ފޮޓޯ: މިހާރު
28 ޖުލައި 2025 - 15:54
ސްރީ ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ކޯޓަށް ހާޒިރު ނުވެ މިއަދު ރާއްޖެ ވަޑައިގެން ހުންނަވަނިކޮށް އޭނާ ހައްޔަރުކުރަން ލަންކާގެ ކޯޓަކުން އަމުރު ނެރެފި އެވެ.
ލަންކާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ނަމާލް މިއަދު ރާއްޖެ ވަޑައިގަތީ ފުރަމާނަ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކާއާ އެއް ފްލައިޓެއްގަ އެވެ. އެ ދެ ބޭފުޅުން ވެސް ދަތުރުކުރެއްވީ މިއަދު ރާއްޖެ އައި ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓް ޔޫއެލް 101 ގެ ބިޒްނަސް ކްލާހުގައި ކަމަށް ނޫސްތަކުގައިވެ އެވެ.
ޑިސެނަޔަކަ ވަޑައިގަތީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ނަމަވެސް ނަމާލް ވަޑައިގަތީ ރާއްޖޭގައި އޮތް ކައިވެނި ހަފްލާއަކަށް ކަމަށް ވެސް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ރާއްޖޭގެ ސިޔާސީ ވަރަށް ގިނަ ބޭފުޅުންނާ ގާތް ގުޅުމެއް އޮންނަ ނަމާލް ހައްޔަރުކުރަން އަމުރު ނެރުނީ އޭނާއާ މައްޗަށް ކޮށްފައިވާ އެކި ދައުވާތައް ކޯޓުގައި ހިންގުމަށް ހާޒިރުވާން ކުރި އަމުރުތަކަށް ތަބާވެފައި ނުވާތީ އެވެ.
މަނީ ލޯންޑްރިން އާއި ކޮރަޕްޝަނުގެ ތުހުމަތުގައި ދައުވާކޮށްފައި ވާއިރު ނަމާލް މީގެ ކުރިން ވަނީ މި މައްސަލަތަކުގެ ތަހުގީގަށް ހައްޔަރު ވެސް ކޮށްފަ އެވެ. ނަމާލް އާއި އޭނާގެ އާއިލާގެ އެތައް ބައެއްގެ މައްޗަށް އެކި މައްސަލަތަކުގައި ބޮޑެތި ތުހުމަތުތައް ކުރެވި ދައުވާ ވަނީ އުފުލައިފަ އެވެ.
ގާނޫނީ ވަކީލެއް ކަމަށްވާ ނަމާލް ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ ޑިސެނަޔަކަ ކާމިޔާބުކުރެއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަހުލޫފު
29 July 2025
މަ ހީކުރީ މަހުލޫފު ސްޓޭޑިއަމް އެއް ހުޅުވަން ގެނައި މީހެއް ކަަމަށް
ާލަނޑަޔާ ވާނީ ލަނޑަޔާ
28 July 2025
ނަމާލު މެން ކަހަލަ ދައުލަތް ފޭރޭ ކޮރަޕްޓު މީހުންނާ ރާއްޖޭގެ ބައެއް މީހުން ގާތްކަން ވަރަށް ބޮޑުވާނެ. ކައިވެންޔާ ވަރިއަށް ވެސް ގެންނާނެ
ގޮއިދޫމީހާ
28 July 2025
ބ. ގޮއިދޫ ފަޅަކީ ބިޔަ ބޮޑު ފަޅެއް އެތަން ތަރައްޤީކޮށް ބޮޑު އާބާދީ އަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދޭންވީ. ހުޅުމާލޭގެ އެތައްގުނަ ބޮޑުތަނެތް. މާލެއާކައިރި ވަރަށް ރަނގަޅު ލޮކޭޝަން އެއް
މަބުނީ
28 July 2025
ބ. އަތޮޅު ކުދިރަށްރަށް ތިތަނަށް ބަދަލުކުރަންވީ.
މައުކަނާ ކަލޯ
28 July 2025
ހަމަމިހާރު ނަމާލު އެކްޓްރާދައިތަކުރޭ.
ޖާބެގެ ދިޔާނާ
28 July 2025
ވަކްތު ސަލާމަތް ކުރުމަށްޓަކާ ވަކްތުން ވަކްތަށް އޭނާ ހިފާ ހައްޔަރުކުރޭ. ގާނޫނުއަސާސީ އޮޮޕަރޭޓްކުރަންވީ ބާރަށް.
ރާވެރިބެ
28 July 2025
ނާމާލް އަށް ކުރާ އަނިޔާ ހުއްޓާލާ. ނާމާލް އަށް ކުރަނީ ހުސް ސިޔާސީ ދައުވާ. ދިވެހި ސްޓައިލް ޖަސްޓިސް.
އެހެނަސް
28 July 2025
އެމްޑީޕީގެ ބޮޑެތިންގެ ގާތް މީހެއް
ސީޒަން ޖެކްޝަން
28 July 2025
ތަނެއްގާ ކޮރަޕްޓްމީހެއް ހުރިއްޔާ ރާއްޖޭގެ އިސްފަންތީގެ މީހުން އޭނާއާ ގުޅުންއޮންނާނެ.
ތާކިހާ
28 July 2025
މި ސޮރަކީ ލަންކާގެ އަދީބު.
ޖުއްބާ
28 July 2025
ތިކަހަލަ ހުރިހާ ވަގުންގެ ސުވަރުގެ ރާއްޖެއަކީ. އަވަހައް ބަހީ ރާއްޖެއައް.