29 ޖުލައި 2025 - 11:35
ލ. މާވަށުގައި ބޮލަށް ހަމަލާދީ އިއްޔެ މަރާލި މޫސާ އިބްރާހިމްގެ ހަށިގަނޑު، އިތުރު ތަހުލީލު ހެދުމަށް ރޭ މާލެ ގެނެސްފި އެވެ.
މޫސަ، 29، ގެ ހަށިގަނޑު މާލެ ގެނައިކަން ފުލުހުން ކަށަވަރުކޮށްދިނަސް ޕޯސްޓްމޯޓަމް ހަދާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ނުބުނެ އެވެ.
ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގައި، މޫސަގެ ކަރަށް ހަމަލާދިނީ ހެނދުނު 10:10 ހާއިރެވެ. ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް، އެ ސެންޓަރާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.
އޭނާގެ މަރުގެ ތުހުމަތުގައި ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް ވަނީ ހައްޔަރުކޮށްފަ އެވެ. މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަންޓި
30 July 2025
ތަހުލީލުކުރަންށޭ؟ ގާތިލު އެއޮއްގެން ކިޔައިދެނީ ހެދިގޮތް. ތަހުލީލުކުރާނެ އެއްޗެއް ތިތާކު ނެތް. މިއުޅެނީ މިދިޔަ މަހު މަރާލި މީހާގެ ކަންތައްވެސް އަދިވެސް ކޮޅެއްގަ ނުޖެހިގެން. ގޮތް ނިންމާނީ ތަނަކަށް ހަށިގަނޑު ފޮނުވައިގެން މިމީހުން ފިނިކޮޓަރީގަ ތިއްބަ.
ޢާދަނުބެ
29 July 2025
މީހަކު މަރާލުމަކީ މީ އާދައުގެ ކަމަކަށްވެއްޖެ މީ ހިތާމަ ހުރިކަމެތް ހެޔޮނުވާނެ މަސްތުވާތަކެތްޗާ ދެކޮޅައް ގައުމީ ފެންވަރުގަ މަސަތްކަށް ކުރާކަށް އަދިވެސް ނުވޭތޯ މަސްތުވާ ތަކެތި މައްސަލައިގަ މީހުން ވެސް މިމަރަނީ
ޝެނީޒް
29 July 2025
އޯ ސޯ ހޭންސަމް!
ރަދުން
29 July 2025
ބޭކާރު ހަރަދު ދެންކޮންކަމެއް.
ގެދޮރޭ
29 July 2025
އަސްލުގޮތަކީ އޭނާ މަރުވި ސަބަބު އެނގޭ ނޫންތޯ؟ ދެން ޕޯސްޓްމޯޓަމް ހަދަނީ ކޮންބޭނުމަކުގައިބާއޭ މި ހިތަށް އަރަނީ. ބުނާތީ އިވޭ އެއީވެސް ކޮންމެވެސް ބަޔަކު ނާޖާއިޒް ގޮތެއްގައި ދައުލަތުން ލާރިގަނޑެއް ކަޓުވާލާ ކަމެކޭ. ވަﷲ އަޢްލަމް. އަަވަހަށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައް ނިންމަން އުޅެމާ. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި
ދެރަ
29 July 2025
ޕޯސްޓް މޯޓަމް ހަދާ ކޮންހާ ތަހުލީލެއް ކުރާކަށް؟، މަތިން އަހަރުމެނަށް ބާވާލެއްވި ޤާނޫނު ތަންފީޛް ކޮށް މަރަށް މަރު ހިފާބަލަ... ދިރުންވަނީ އޭގަ ކަމަށް 7 އުޑުމަތިން އެވަނީ އަންގަވާފަ. ވަޟުޢީ ގާނޫނުން ލިބުނީ އަދި އޮންނާނީ ކޮން ދިރުމެއް. މަރާލީ ރޯމާ ދުވާލު، އެމީހާ އަމިއްލަ އަށް އެކަމާ ހަވާލުވެއްޖެ، ބޭނުންކުރި އާލާތް ފެނިއްޖެ،
ހަސަނާބެ
29 July 2025
މަރުވާ މީހުންގެޕޯސްޓްމޯޓަމުން ނޫނީ ތިޔަކުރާ ތަހުލީލު ތަކުން މައްޔިތާއަށް އިހްތިރާމް ކުޑަކުރުން ނޫންކަމެއް އެބަވޭތަ؟ ފަތުވާ ކޮމެޓީން ވެއްޖެ މިކަން ހުއްޓުވަން. އެއްވެސް ފައިދާއެއް ނަތީޖާއެއް ނުލިބޭ. މައްޔިތާގެ ހަށިގަނޑުފަޅާ ހަދަން މީދެން ކޮންފަދަކަމެއް. މަރުވުމީހާ މަރުނުވާކަމަށްވަނީތަ ތިޔަ ތަހުލީލުތަކުން.
ޝަފާނާ އަހުމަދު ދީދީ
29 July 2025
ބަލަ މަރުވީ ވަޅިންކަން އެބައިނގޭނު.. ދެން ކޮން ތަހުލީލެއް! އަދިވެސް ދައުލަތުގެ ހަރަދުގަ އެކިތަންތަންށް އުފުލާ ތަހުލޅުކުރަންތަވީ. އަވަހަށް މައްޔިތާ ވަޅުލެވޭތޯ ނުންތޯ ބަލަންވީ. މައިންބަފައިން ދަރިންނާމެދު އިހުމާލުވުން ކުށަކަށް ހަދާފަ ދަރިން ހެޔޮގޮތުގަ ބޮޑުކުރަން ޕްރެޝަރުކުރަންވީ.
ބުޅާގޯނި
29 July 2025
މަރަށް މަރުހިފާގެން ނޫނީ ދެނެއް މިތަނެއް ސަލާމަތެއް ނުވާނެއެވެ ވީމާ އިސްލާމްދީނުގެ ހުކުން ތަންފީޒު ކުރެވޭވަރުގެ ވެރިއެއް މިހާރު ދިވެހިރާއްޖެއަށް ބޭނުން ވާނީ ކިތަންމެ ގިނަ ފުލުހުން އިތުރުކުރިޔަސް އިސްލާމް ދީނުގެ ހުކުން ނެތިއްޔާ ކީއްކުރާނީދޯ މަގޭ ވެރިކަމަގާ އެންމެ ފުރަތަމަވެސް ކުރާނީ ވައްކަން ކުރާމީހާގެ އަތްކެނޑުން މީހުންމަރާ މީހުންނަށް މަރުގެ އަދަބުދިނުން 90 ދުވަހުގެތެރޭގައި އެންމެ ފުރަތަމަ ކުރާނޭ 1 ކަންތައްމީ މިއަންނަ ވެރިކަމަށް ކުރިމަތިލާނަން
ހުށޭނު
29 July 2025
އޭރުން ހިއުމަން ރައިޓްސް އޯ؟ އެމެރިކާ އޯ؟ ބްރިޓީޝް އޯ؟ އަހަރުން މީ ކޮންމެ ޖުލައި 26އެއްގަ އަނގަ ފޭކޮށްފަ މިނިވަން މިނިވަން ގޮވަ ގޮވާ ތިބޭ ބޭރު ޤައުމުތަކިގެ އަޅު ދާސްތުވެފަ ތިބި ބައެއް!!! އުމަރު އެއީ ކޮންމެ ކަހަލަ މީހަކަށް އޭނަ އުޅުނީ މި ޤައުމަށް ރަނގަޅަކަށް! އޭރުވެސް މިހާރުވެސް ދެން އަންނަން އޮތް ވެރިއަކަށް ވެސް އެވަރުގެ ބޯޅަ ލިބިފައެއް ނެތް.. އުމަރު ރައީސަކަކަށް ހޮވިޔަސް ނުހޮވިޔަސް.. ކުށް މަދު ކުރަން އުމަރު ވަރެއް ނާންނާނެ!!!!
ބޮބް މާލީ.
29 July 2025
އޭނާ މަރުވީތަ ؟
އަޚްލާގު
29 July 2025
ތިމާއާއި ތިމާއާ ގުޅުންހުރި މީހުން ފިޔަވައި ދެން ތިބި އިންސާނުންގެ ފުރާނަ އަކީ އެއްވެސް އަގެއް ނެތް އެއްޗެއް ގޮތަށް ކޮމެންޓް ތިކުރަނީ، ކަލޭ ތިޔައީ އިޒުރޭލުގެ ޒައިނިސްޓު ޔަހޫދީއެއްތަ؟
ހުށޭނު
29 July 2025
ނޫނޭ.. އެއް ލައިފް މަދު ވީ.. އިރުކޮޅަކުން ރި ސްޓާޓް ވާނެ!!! ބްރޭކެއް ނެގީ ލައިފް އިން!!!
ކަސަބު
29 July 2025
ޔަގީނެއްނޫން. އިތުރު ތަހުލީލު ކުރީމަޔޯއެނގޭނީ.