ވިޔަފާރި / ވިލާ ހައި ސްކޫލް

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ވަނުމަށް ފުރަތަމަ ހަފްތާގެ ތެރޭގައި 200 އަށް ވުރެ ގިނަ އެޕްލިކޭޝަން

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ކްލާހެއްގައި ކިޔަވާދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ވަނުމަށް ހުޅުވާލާފައިވާ ޕްރީއެޑްމިޝަންގައި ފުރަތަމަ ހަފުތާގައި 200 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބި، ބައެއް މާއްދާތަކުގެ ޖާގަ މަދުވެފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

އެ ސްކޫލުން ޕްރީ އެޑްމިޝަނަށް ހުޅުވާލީ އޯލެވެލް ނަތީޖާ ލިބެން މަހެއްހާ ދުވަހަށް ވެފައި ވަނިކޮށެވެ. އަދި ޕްރީ އެޑްމިޝަނުގައި އެޕްލައިކުރި ދަރިވަރުންނަށް ބެލެނިވެރިންނާ އެކު ކެރިއާ ކައުންސެލަރުން މިހާރު ވަނީ ބައްދަލުކުރަން ފަށައިފަ އެވެ.

އެ ސްކޫލުގެ ކެރިއާ ކައުންސެލިން ޑިޕާޓްމަންޓުގެ ހެޑް އަދި އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހްމީމާ އަބްދުލްގަފޫރު ވިދާޅުވީ އެ ސްކޫލުން ވަކިވަކިން ކުރިއަށް ގެންދާ ކެރިއާ ގައިޑެންސް ބައްދަލުވުންތަކުގައި ދަރިވަރުންގެ ކުރިމަގަށް ރަނގަޅު ނިންމުންތަކެއް ނިންމުމަށް ކައުންސިލަރުން އެހީތެރިވެދޭނެ ކަމަށެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި އާއްމުކޮށް ދަރިވަރުން ކިޔަވާ ސްޓްރީމްތަކުގެ ތެރެއިން ކުރިއަށް އޮތް ދިރާސީ އަހަރު އެ ސްކޫލުން ޖާގަ ދޭން ނިންމާފައި ވަނީ ޖުމްލަ 540 ދަރިވަރަކަށެވެ. އޭގެ ތެރޭގައި ސައިންސާއި ބިޒްނަސް ސްޓީމްތަކުން ކޮންމެ ސްޓްރީމަކުން 270 ޖާގަ އާއި ޕިއާސަން ޑިޕްލޮމާ ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ހޮސްޕިޓާލިޓީ އަދި ވިޔަފާރި ކޮންމެ މާއްދާއަކުން 25 ޖާގަ އާއި އެޕްލައިޑް ސައިންސާއި އިންޖިނިއަރިންގެ ކޮންމެ މާއްދާއަކުން 50 ޖާގަ ހިމެނެ އެވެ.

ޖާގައިގެ އަދަދާއި މާއްދާތަކުގެ ތަފްސީލް.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ކިޔަވައިދޭ އިތުރު އިހުތިޔާރީ މާއްދާތައް އިއުލާނުކޮށްފައި ވާއިރު، އެ މާއްދާތަކުގެ ތެރެއިން ދެ މާއްދާ ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖާގައަށް ބަލައި އެޕްލައި ކުރާ ތަރުތީބުންނެވެ. އިހުތިޔާރީ ބައެއް މާއްދާތަކުގެ ޖާގަ މިހާރު މަދުވެފައިވާކަން އެ ސްކޫލުން ފާހަގަކުރެ އެވެ.

އެ ސްކޫލުން ވަނީ މިއަހަރުގެ އެޑްމިޝަންއާ އެކު ސްކޮލާޝިޕުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އެގޮތުން އޯލެވެލް ގަދަ ދިހައެއްގައި ހިމެނޭ ހުރިހާ ދަރިވަރުންނަށް ސްކޮލާޝިޕް ދޭން ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ. ވިލާ އިންޓަނޭޝަނަލްއިން ބުނީ އެ ސްކޮލާޝިޕްގެ އިތުރުން ކުޅިވަރާއި އެހެން ދާއިރާތަކުގެ ކެޓެގަރީތަކުން ވެސް މިހާރު ސްކޮލާޝިޕަށް ހުށަހެޅޭނެ ކަމަށެވެ. އެ ސްކޮލަޝިޕަށް އެދި އޮންލައިންކޮށް އެ ސްކޫލްގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި އޭލެވެލް މާއްދާތަކުގެ އިތުރުން ދަރިވަރުންގެ ތަޖުރިބާ އާއި ހުނަރު އިތުރުކޮށް ތަރައްގީކުރުމަށް ސްޕޭސް އެޑިޔުކޭޝަނާއި އާޓިފިޝަލް އިންޓެލިޖެންސާއި ރޮބަޓިކިސް ހިމެނޭ ގޮތަށް ކޮންމެ ދަރިވަރަކަށް ވެސް ބޭނުން މާއްދާއެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ގުރޭޑް 12 ގެ ދަރިވަރުންނަށް އޭލްވެލްއަށް ކިޔަވަމުން ދާއިރު، އޭސީސީއޭ ގެ ނޮލެޖު ލެވަލްއަށް ތައްޔާރުވުމުގެ ފުރުސަތު ލިބޭނެ މާއްދާތައް ކިޔެވޭނެ އެވެ.

އެއީ އެކައުންޓިން އަދި ފައިނޭސް ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށާއި އެ ދާއިރާއިން ވަޒީފާ ހޯދުމަށް އެހީވެދޭނެ މާއްދާތަކެކެވެ. އެ މާއްދާތައް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ އެކަޑަމިކް ވޯކްލޯޑަށް އަސަރު ނުކުރާނެ ފަދަ ގޮތަކަށް ދެ އަހަރަށް ބަހާލައިގެން ކިޔެވޭނެ ގޮތަށް ކަމަށް އެ ސްކޫލުން ބުންޏެވެ.

ވިލާ އިންޓަރނޭޝަލް ހައި ސްކޫލުގެ ދަރިވަރުންނަށް އަމަލީ ތަޖުރިބާ އާއި ހުނަރު ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައި ދިނުމުގެ ގޮތުން 'ހަރިންމައިން ބޭރުން އުނގެނުން' ޝިއާރުގެ ދަށުން އެކި ޕްރޮގުރާމުތައް ކޮންމެ އަހަރަކު ވެސް ހިންގަ އެވެ.

އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމުކޮށްފައިވާ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި މިހާރު ވެސް 1100 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އެ ސްކޫލަށް ވަނުމަށް އެދޭ ފޯމު އޮންލައިންކޮށް، ސްކޫލުގެ ވެބްސައިޓް dhasvehi.vihs.edu.mv އިން ހުށަހެޅޭނެ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަކުނިބޯ 2

29 July 2025

ޜައީސްގެދުވެލީގައ ސަރުކާރު ސްކޫލްތަށް އޭސީކުރުން ފުރަތަމަ 100ދުވަހުން ނިމުނުއިރު ގިނަސްކޫލްތަކުގެ ކުލާސްތަކުން ބޮލުންދުންއަރައެވެ. ޞެލެނެވެރިން ބައެއްސުކޫލްތަށްފިނިކުރިއިރު އަނެއްސޫކޫލްތަކުން ހުއްދަނުދެއެވެ. މިނިކާއިންސާފެވެ.

The name is already taken The name is available. Register?

ބޮޑު ފަނޑިޔާރު

29 July 2025

ވިލާ ސްކޫލުގެ ރިސޯސްތައް އެބަހުރި. އޭލެވެލް ކިޔެވުމުގެ މާހައުލު އެންމެ ރަނގަޅު ސްކޫލް. އެކަމަކު ވަރަށް ގިނަ ޓީޗަރުން ސްކޫލް ދޫކޮއްލައިފި މެނޭޖްމަންޓު ބަދަލުވިފަހުން. ވިސްނާލުން ރަނގަޅު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454