ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން. އެ ބޭންކަށް ހަ މަހުން ވަނީ އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައި -- ފޮޓޯ: ބީއެމްއެލް
29 ޖުލައި 2025 - 12:40
ރާއްޖޭގައި އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކު، ބީއެމްއެލް އަށް މިދިޔަ ހަ މަސް ތެރޭގައި އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.
އެ ބޭންކުން ބުނީ، އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 12 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް ބީއެމްއެލަށް ވަނީ އޭގެ ކުރީ އަހަރަށް ވުރެ 24 ޕަސެންޓުގެ ބޮޑު ފައިދާއެއް ލިބިފަ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 790 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އެއީ މިދިޔަ އަހަރަށް ވުރެ 232 މިލިއަން ރުފިޔާގެ ފައިދާއެކެވެ.
ބީއެމްއެލް އިން ބުނީ، ދެވަނަ ކުއާޓަރުގައި އެ ކުންފުނިން ދޫކުރި ލޯނުގެ އަދަދު 21.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އަދި 33.6 ބިލިއަން ރުފިޔާގެ ޑިޕޮސިޓާ އެކު، ބީއެމްއެލްގެ ޖުމްލަ އެސެޓުގެ އަދަދު ވެސް 51 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ބުންޏެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ބީއެމްއެލުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް ތިން ބިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ.
އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، ބީއެމްއެލްގެ މާލީ ނަތީޖާއިން ދައްކުވާ ދެނީ އެ ކުންފުނީގެ މާލީ ސްޓްރެޓެޖީގެ ހަރުދަނާ ކަން ކަމަށެވެ.
އައްޑު އަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފު ކުރުމަށް މިދިޔަ ފެބްރުއަރީ 16 ވަނަ ދުވަހުގެ ރޭ ހިތަދޫ ބްރާންޗުގައި ބޭއްވި ހަފުލާގައި އެ ބޭންކުގެ ސީއީއޯ ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: ބީއެމްއެލް
"ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެ އަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާއިރު، އަޅުގަނޑުމެން މިދަނީ ދެމެހެއްޓެނިވި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ވީހާ ވެސް ފަސޭހައިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ފައިދާ އިތުރުކުރުމާ އެކު، ގައުމަށް ފައިދާކުރާނެ އަދި މަންފާ ލިބޭނެ ބަދަލުތަކެއް ގެނައުން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލަށް މިދިޔަ އަހަރު ވަނީ 2.25 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ ބޭންކުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު ބޭންކްގެ ޖުމްލަ އެސެޓު ވަނީ އޭގެ ކުރީ އަހަރަށް ވުރެ ތިން ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ބީއެމްއެލުން ވަނީ މިދިޔަ ކުއާޓަރުގައި، ހިއްސާދާރުންނަށް ހިއްސާއަކަށް 55 ރުފިޔާގެ މަގުން 296 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއް ބަހައިފަ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު ވެސް މި ކުއާޓަރުގައި އިތުރަށް ފުޅާކޮށްފައި ވެ އެވެ. އެގޮތުން ށ. ނ. އަދި މ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާއިރު ކ. ހުރާގައި އޭޓީއެމެއް ވަނީ ބަހައްޓައިގަ އެވެ. އެއާ އެކު، ކ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ވަނީ އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފަ އެވެ.
ބީއެމްއެލުން ރާއްޖޭގެ 20 އަތޮޅެއްގައި 40 ބްރާންޗް، 133 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 188 އޭޓީއެމް މެދުވެރިކޮށް ހިދުމަތްތައް އަންނަނީ ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަމަކު ނުދޭ
30 July 2025
ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި ސަރުކާރު ނުވަތަ ދައުލަތް ހިއްސާވާ މިފަދަ ކުންފުނި ނުވަތަ އިންސްޓިޓިއުޓްތަކަށް (ދިރާގު، ބީއެމްއެލް، އެސްޓީއޯ، އެމްޓީސީސީ ފަދަ އެސްއޯއީތައް) ކޮންމެ ކުއާޓަރއެއްގައި ބިލިއަނުންނާއި މިލިއަނުން ފައިދާ ވުމަކީ އެއްގޮތަކަށްވެސް ރަނގަޅު ފާލެއް ނޫން. މިއިން ދައްކައިދެނީ ޤައުމުގައި މޮނޯޕޮލީ އުފެދިފައި އޮތްވަރާއި، މިފަދަ ފަރާތްތަކުން ރައްޔިތުންނަށް ދޭ ޚިދުމަތާ ނުބައްދަލު އަދި އެކަށީގެންނުވާ އަގުތަކެއް ނަގަމުންދާކަން.
ބަކުންބޭ
29 July 2025
ތިހާ ބޮޑު ޕްރޮފިޓެއް ލިބުމުން އިންޓެރިމް ޑިވިޑެންޑެއް ދޭންވީއެއް ނޫންތަ، އޭރުން ފައިނަލް ޑިވިޑެންޑް ދޭއިރު ބޭންކަށްވެސް ފަސޭހަ ވާނެއެއް ނޫންތަ؟
އައްމަޓީ
29 July 2025
އެއްބިލިއަނެއްނޫން 12 ބިލިއަންވެސް ލިބިދާނެ، ރައްޔިތުންގެ ދިޔަ ތިފެލާލައްވަނީ ހަމަ.
މަ ބުނީ
29 July 2025
މަ ބުނީ އިގުތިސާދީ ބަގާވާތަކަށް ނުވިއްޔާ ނަސީބު
1181
29 July 2025
30% އިމްޕޯޓް ޑިއުޓީ ނަގަންފެށުމުގެ ފޮނިމީރުކަންތޯ؟
ރައްޔިތެއް
29 July 2025
މި ނާޖާއިޒު ފައިދާގެތެރޭގައި ކޮވިޑޭ ކިޔާފައި އެތައް ހާސް ކްރެޑިޓް ކާޑުގެ ލިމިޓް އެވްރެޖް 75 ޕަސެންޓް ދަށްކޮށްފައި ކާޑުތަކުގެ އެނުއަލްފީ 100 ޕަސެންޓު، 5 އަހަރު ވަންދެން ނަގަމުން އައި ފައިދާގަނޑު ވެސް ހިމެނޭނެދޯ؟ އަދި ގެދޮރު އަޅަން ދޫކުރާ ލޯނުން ވެސް 12 ޕަސެންޓްގެ ކޮންޕައުންޑް އިންޓްރަސްޓްގެ އެތަށް ސަތޭކަ މިލިއަން ވެސް މީގައި ވާނެދޯ؟ ބޭރު ތަންތާގައި ހައުސިން ލޯނަކީ 4-6 ޕަސެންޓްގައި ދޫކުރާލޯނެވެ. އަދިވެސް "އަހަރުމެންގެ" ބޭންކް ދޯ؟
މުގުލު
29 July 2025
ބޮޑު އިންޓުރަސްޓުގަ ލޯނުދިނީމާ 10-12 % ގަ ދިނީމަ 1 މިލިޔަނަށް ގާތްގަނޑަކަށް އެއްމިލިޔަން ދައްކަންޖެހޭ.. ލުއިލޯނުތަކުގެ ހާލުބޮޑު 15- 18% ގަ އެންމެން ހަމަ ހޭބަލިވެ ނަގަނީ. ވާއެއްނުވާއެއް ނޭންގޭ.. ނެޝަނަލް ބޭންކުން މިހާބޮޑުފައިދާގެ ވާހަކަ ގޮވާލުމަކީ މޮޅުކަމެއްނޫން ރައްޔަތުންނަށް ކުޑައިންޓްރަސްޓުގަ ލޯނުދެވޭ ހާލަތުގައި ބޮޑުކޮށްދޭކަން މީގެން ދައްކައިދެނީ..
ްައަހްމަދުު
29 July 2025
ލުއި ލޯނުގެ އިންޓަރެސްޓް %15 އަށް ވުރެން ދަށްނުކުރޭވެނެތޯ... ހަމަހުން ބިލިއަނުން ފައިދާވާ އިރު... ރޭޓް ދަށް ކުރެވިއްޖިއްޔާ، ގިނަމީހުން ނަގާނެ. ސޯ ފައިދާ ވާވަރު ދަށެއް ނުވާނެތާ... އެކަމުން ކުޑަކޮށް ރިސްކް އިތުރުވެދާނެ މިހާރަށްވުރެން. އަހްމަދުު
ދޮޅިއްސަ
29 July 2025
އެހެންވީމާ އެކަމުގެ ޝަރަފުގައި ރައްޔިތުންފެލާ ޕަސެންޓް އަދިވެސް މައްޗަށް ޖައްސާލާ.
ބޭންކު ބޮލި
29 July 2025
ޢަދި މަދު. ވާނެ 2 ބިލިއަން ހަމަހުން ހަމަކުރަން.