ފިޔާ ބަސްތާތަކެއް. އެސްޓީއޯއިން ފިޔާ ގެންނަން ވަނީ ނިންމާފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
29 ޖުލައި 2025 - 17:36
މޫސުން ގޯސްވެ، މުދާ ކްލިއާ ކުރުމުގައި ދަތިތައް ދިމާވެފައިވާތީ، ޝޯޓޭޖަށް ހައްލެއް ހޯދުމަށްޓަކައި ފިޔާ ސްޓޮކެއް ގެންނަން އެސްޓީއޯ އިން ނިންމައިފި އެވެ.
އެސްޓީއޯ އިން ބުނީ، ފިޔާ ގެނައުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް އެ ކުންފުނިން އިސްނަގައިގެން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އުންމީދު ކުރަނީ ވަރަށް އަވަހަށް އެސްޓީއޯ އަށް ފިޔާ ސްޓޮކް ގެނެސް ބާޒާރަށް ނެރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ބާޒާރުގައި ކާބޯތަކެތީގެ ޝޯޓޭޖެއް ދިމާވާ ކޮންމެ ފަހަރަކު، އެސްޓީއޯ އިން އަގުތައް ކޮންޓްރޯލް ކުރުމަށާއި އާންމުންނަށް ފަސޭހައިން އެ ތަކެތި ލިބޭނެ ގޮތް ހެދުމަށްޓަކައި އެހީވެ އެވެ. އެގޮތުން މިދިޔަ އަހަރު ވެސް ފިޔާ ލިބުން ދަތިވުމުން، އެ ކުންފުނިން ފިޔާ ގެނެސްފައިވެ އެވެ. ފިޔާގެ އިތުރުން ލޮނުމެދާއި ލުނބޯ އާއި ބިހާއި މިރުހާއި އަލުވި ފަދަ ބާވަތްތައް ވެސް، މީގެ ކުރިން ދަތިވާ ދަނޑިވަޅުތަކުގައި އެސްޓީއޯ އިން ބާޒާރަށް ނެރެ އެވެ.
ފިޔާގެ ޝޯޓޭޖެއް އައީ، މޫސުން ގޯސްވެ، ކޮންމެ ހަފުތާއަކު ގެންނަމުން އައި ފިޔާ ސަޕްލައި ހުއްޓުމުންނެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން މިވަގުތު މާލޭގެ ބަނދަރުގައި ހުރި ބައެއް ބައެއް ބޯޓުތަކުން ވެސް ސްޓޮކް ބޭލުމަށް ވަނީ ދަތިވެފަ އެވެ.
އެމްޕީއެލް އިން މިއަދު ބުނީ، ޕެރިޝަބަލް މުދާ ހިފައިގެން އައި ހަތަރު ބޯޓެއް މާލޭ ވިޔަފާރި ބަނދަރުގައި މިހާރު ވެސް އެބައޮތް ކަމަށެވެ. އޭގެ ތެރެއިން އެއް ބޯޓު އައީ މިއަދު ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ކުންފުނީގެ ކާގޯ އޮޕަރޭޝަންސް އިން ދަނީ އިއްޔެ އިން ފެށިގެން ތިން ބޯޓަށް ހިދުމަތް ދެމުން. އެހެން ނަމަވެސް، ވިއްސާރައިގެ ސަބަބުން މުދާ ބޭލުމުގެ މަސައްކަތަށް ވަނީ ބުރޫއަރާފައި. މޫސުން ތަންދޭ މިންވަރަކުން، މި ކުންފުނީގެ ކާގޯ އޮޕަރޭޝަންސް އިން ދަނީ މުދާ ބޭލުމުގެ މަސައްކަތްތައް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން،" އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މާލޭގެ ބާޒާރުން ފިޔާ ހުސްވުމުގެ ކުރިން އަގުތައް އުޅުނީ ބަސްތާއެއް 350ރ.- 400ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ފިޔާ ކިލޯއެއް ބާޒާރުން ލިބެން ހުރީ 18ރ.-25ރ. އާ ދެމެދުގެ އަގެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
567787
29 July 2025
"މޫސުން ގޯސްވެ، މުދާ ކްލިއާ ކުރުމުގައި ދަތިތައް ދިމާވެފައިވާތީ، ޝޯޓޭޖަށް ހައްލެއް ހޯދުމަށްޓަކައި ފިޔާ ސްޓޮކެއް ގެންނަން އެސްޓީއޯ އިން ނިންމައިފި އެވެ." އެސްޓީއޯއިން ގެނައިމަ މޫސުން ރަގަޅުވެފަ އަވަހަށް ކްލިިއަރ ކުރެވެނީބާ؟ ދެންވެސް އަވަސްވާނީ ބަނދަރުގަ ހުރިއެއްޗެއް ކްލިއަރ ކޮއްގެން ނޫންބާ
ޙައްގުބަސް.
29 July 2025
ސަރުކާރުން ފިޔާ ގެންނަންޖެހޭ. މިއުޅޭ ވިޔަފާރި ކުރާ މީހުންނަކަ މިކަމެއް ނުވޭ.
އޮނަރަބްލް އަފީފު ދީދީ
29 July 2025
ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓް ތަކަކީ އިންޕޯޓް އަމިއްލަ އިމްޕޯޓް ލައިސެންސްގެ ދަށުން ރިސޯޓަށް ބޭނުންވާ މުދާ އެތެރެ ކުރާ ބައެއް. ސަތޭކަ އަށްޑިހަ ވަރަކަށް ރަށުގައި ދިރިއުޅޭ މީހުނަށް ބޭނުންވާ ވަރަށް ރާއްޖޭގެ ބާޒާރުން ފިޔާ ފަދަ ކެއްކުމަށް ބޭނުންވާ އަސާސީ ތަކެތި ނުލިބުމުން ރާއްޖޭގެ އިޤްތިސޯދު އޮތް ހާލަތު ވަރަށް ރަނގަޅަށް އެބައިގޭ. އެސްޓީއޯ އިން މިފަދަ ތަކެތި އެތެރެ ކުރާންޖެހޭނީ ކ.މާލޭގެ ބާޒާރު ބަޤުރޫޓް ވުމުގެ މަގުމަތީގައި އޮތުމުން ކަން ޔަޤީން.
ސ އައްޑޫ
30 July 2025
ސ އައްޑޫ ނުވާނެ ބަނގުރޫޓެއް، ބަނގުރޫޓުވެސްވާނީ ބަޔަކު އުޅޭތަނެއްތާ. 10 ރުފިޔާލިބޭމީހާވެސް އޮތީ މާލޭގަ. ޢަފީފުދީދީ ތިއޮންނެވީ މާލޭގަތޯ ނޫނީ ހުޅުމާލޭގަތޯ؟.
ކޮރަލް
29 July 2025
ދަނޑޫވެރިކަން ކުރިއަރުވަން ސަރުކާރުން ރަނގަޅު ކަމެއް ކޮށްބަލާށެވެ. މިހާއެމަސައްކަތް ކޮންޓްރޯލް އޮތީ ބިދޭސީން އަތުގަ އެވެ. ހައްދަނީ ، ބޯޓުން ބާލަނީ ، ވިއްކަނީ ، އެފައިސާ ބޭޜަށް ފޮނުވަނީވެސް ބިދޭސީންނެވެ. ފިޔާ އަކީވެސް ފަސޭހައިން ހެއްދޭނެ އެއްޗެކެވެ.
ހުސެން ހިތަދޫ
29 July 2025
ދެން އަނެއްކާ ޑޮލަރުތަކެއް ހަރަދު ކޮއްގެން ފިޔާ ގެންނަންވީ އެކަމަކު ފިޔާ ރާއްޖޭ ބަނދަރުގަ ހުރެގެން ނުނެރެވިގެން މިއުޅެނީ.. އިސްރާފު ކުރުން ނޫން ކަމެއް؟ ގައިމު ތިއަކީ އަވަހަށް ހަލާކުވާ މުދާ..
ކަކުނިބޯ
29 July 2025
ޢެސްޓީއޯއިން ފިޔާގެންނަނީ އެމް ޕީއެލް ގެ މާލޭބަދަރުނޫން އެހެން ބަދަރަކަށްތޯ ނުވަތަ އެސްޓީއޯގެ އަމިއްލަބަދަރަކަށްތޯ ނުވަތަ ޓީޖެޓީއަށްތޯ. ފިޔާއަގުއަރާގެން އުޅެނީ ރާއްޖޭގައި ފިޔާހުރެ ފުޔާގައަތްނުލެވިގެންތޯ ނުވަތަ ރާއްޖޭގައި ނެތިގެންތޯ