ރައީސް މުއިއްޒު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ އެކު އދ. ގެ މައި މަރުކަޒުގައި.--ފޮޓޯ: ރައީސް އޮފީސް
31 ޖުލައި 2025 - 23:13
ސުލްހަވެރިކަމާއެކު ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާ ގުޅޭ "ނިއުޔޯކް ޑިކްލަރޭޝަން" ބަލައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ނެރުއްވި ހިތާބެއްގައި ވިދާޅުވީ ސައުދީ އަދި ފްރާންސްގެ ރިޔާސަތުގެ ދަށުން އދ. ގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ "ހައި-ލެވެލް އިންޓަނޭޝަނަލް ކޮންފަރަންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެޝަން އޮފް ޕަލަސްތީން އެންޑް ދި އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ- ސްޓޭޓް ސޮލިއުޝަން" ގެ ނަތީޖާ ކަރުދާހުގައި ސުލްހަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމާ ގުޅޭ ގަރާރު، "ނިއުޔޯކް ޑިކްލެރޭޝަން" ބަލައިގަތުމަކީ ސަރުކާރުން މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.
ނިއުޔޯކް ޑިކްލަރޭޝަނަކީ ފަލަސްތީނުގެ އާއްމުންގެ ދާއިމީ ސިޔާދަތާއި އެ ގައުމުގެ ދައުލަތް ބަލައިގަތުމާއި އެ ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަގުވާމީ މައިދާނުން އެއްބާރުލުން ދޭކަމުގެ ބޮޑު ހެއްކެއް ކަމަށް ރައީސް ޥިދާޅުވި އެވެ.
ރައީސް އޮފީހުން ބުނީ އެ ޑިކްލަރޭޝަނަކީ ފަލަސްތީނަށް މެދުކެނޑުމެއް ނެތި ދެމުންދާ ހަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމާއި ފަލަސްތީނުގެ އިގުތިސޯދީ ގާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އެއްބާރުލުން ދިނުމަށް ބައިނަލްއަގުވާމީ މައިދާނުން ދިން ވަރުގަދަ އިލްތިޒާމެއް ކަމަށެވެ.
އިރުމަތީ ގުދުސް ހިމެނޭހެން 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ގުޅުންހުރި ގަރާރުތަކާ އެއްގޮތަށް ފަލަސްތީނުގައި މިނިވަން، މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމަށް، ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އެއްބާރުލުން ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖައިޝަމު ސލޑ
03 August 2025
ސާބަހޭ ރައީސް މިވަރު ވެރިއެއް ނެތް މުސްލިމް އުއްމިތް ދެކެ ލޯބިވާވެރިއެއް
ޙުޝާންޓެ
02 August 2025
މިއީ ދެމެހެއްޓެނިވި ސުލްހައަކަށް އެޅިފައިވާ މުހިންމު އަދި އުއްމީދީ ފިޔަވަޅެއް. ގަރާރަށް ރައީސް ދެއްވި އެއްބާރުލުން ދައްކުވައިދެނީ އިންސާފަށް ހަގީގީ ވައުދުވެ، ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން.
ދަ އެނަލިސްޓް
01 August 2025
ދުނިޔޭގެ އަދުގެ ހާލަތު އޮތްގޮތުން މިނިވަން ފަލަސްތީނުގެ ދައުލަތެއް ވުޖޫދުވުމަކީ އަދި ދުރުގައި އޮތްކަމެއް. އެއް ސަބަބަކީ 1967 ވަނައަހަރު އަރަބިން އިޒްރޭލާ ދެކޮޅަށް ކުރި ހަނގުރާމަ. އެހަނގުރާމަ އަކީ އަރަބިން ބަލިވެ އަރަބިންގެ އަތްފައި ބަނދެވި އަރަބިންގެ އަނގަ ބަންދުވެ އިޒްރޭލަކީ ދައުލަތެއް ކަމަށް ގަބޫލުކުރަން އަރަބިންނަށް މަޖުބޫރުވެ އިޒްރޭލް ދެމިއޮންނަން ޖެހޭނެކަމަށް ދުނިޔެ ގަބޫލުކުރި ހަނގުރާމައެއް. އެހަނގުރާމަ ނުކުރިނަމަ މިއަދުގެ ހާލަތު ތަފާތުވާނެ.
ދަފްލާ
01 August 2025
ހިސްޓްރީ ކިޔަވަން ދުރުވޭ... މުސްލިމުންގެ ބިން އަނިޔާވެރިކަމުން ފޭރިގަނެ އިގިރޭސިން އިޒްރޭލް އުފެއްދީ 1948...
ބުޅާގޯނި
01 August 2025
ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ލިބިއްޖެނަމަ އަހަރެން ވަރަށް އުފާވާނެއެވެ އިންސާ ﷲ ﷲ ގެ ހެޔޮ ރަހުމަތުން ފަލަސްތީނު މިނިވަން ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް މިންވަރު ކޮށް ދެއްވާންދޭއެވެ އާމީން
ޕިސް
02 August 2025
ތިއީ އަހަރެންގެ ވެސް އަދި hurihaa މުސްލިމުން އެދޭނެ ކަމެއް !! އެކަމަކު މިއުޅެނީ ކާބޯތަކެއްޗާއި ބޭހާ، ތުއްތު ބޭބީސް އަށް ނެޕީ އަދި ބޭބީ ފޯމިއުލާ ކޮޅެއް ވެސް އެތެރެ ވިޔަ ނުދީ ހިފަހައްޓައިގެން ، އެންމެންގެ ކުރިމަތީ ފަލަސްތީނުގެ ރައްޔިތުން ބަނޑަށް މަރުވަނީ !! ދައުލަތެއް އަންނާނީ ފުރަތަމަ އެމީހުން ބަނޑުފުރާނަ މުއްތި ކުރެވިގެން، ދެއްތޯ؟؟!!!