މަގުމަތީގައި މީހަކު ސިނގިރެޓް ބޮމުން ހިނގަނީ. --ފޮޓޯ/މިހާރު
02 އޯގަސްޓް 2025 - 10:52
ދުންފަތުގެ ބާވަތްތައް ވިއްކުމަށް 200 އަށްވުރެ ގިނަ ލައިސެންސް ދޫކޮށްފި އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި 1 ވަނަ އިސްލާހަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަމަލުކުރަން ފެށުމުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ އެކަމަށް ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އެހެންވެ، އެ ހުއްދަ ހޯދުމަށް ހެލްތު މިނިސްޓްރީން މިދިޔަ އޭޕްރީލް މަހު އިއުލާންކޮށް، ތިން މަސް ދުވަހުގެ މުއްދަތެއް ދިނެވެ.
އެޗްޕީއޭއިން "މިހާރު"އާ ހިއްސާކުރި މައުލޫމާތުގައި ބުނީ މިދިޔަ މަހުގެ 17 ގައި އެ މުއްދަތު ހަމަވިއިރު ކެފޭ/ރެސްޓޯރަންޓު ހިމެނޭ ގޮތަށް ދުންފަތުގެ ލައިސެންސަށް 767 ފަރާތަކުން އެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން 652 ފޯމުގެ ވެރިފިކޭޝަން ނިންމާފައިވާ ކަމަށް ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ؛
- ސިނގިރޭޓު ވިއްކުމުގެ ލައިސެންސަށް އެދި 608 ފަރާތަކުން
- ޓޮބޭކޯގެ އާ އުފެއްދުން ރަޖިސްޓްރޭޝަނަށް 15 ފަރާތަކުން
- ޓޮބޭކޯ އިމްޕޯޓު ކުރުމުގެ ލައިސެންސަށް 28 ފަރާތަކުން
- ޓޮބޭކޯ ރޯ-އެކްސްޕޯޓު ލައިސެންސަށް އެއް ފަރާތަކުން
އެ އިދާރާއިން ބުނީ 244 ފޯމެއް، އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ ޝަރުތު ފުރިހަމަނުވާތީ ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އިސްލާހުކުރަންޖެހޭ ބައެއް ކަންކަން ހުރުމުން 177 ފޯމު މި ވަގުތު ހިފަހައްޓާފައިވާ ކަމަށް ބުންޏެވެ.
އެ ހުރިހާ މަރުހަލާއެއް ނިންމުމަށްފަހު މި ވަގުތަށް ލައިސެންސް ދޫކޮށްފައިވަނީ 209 ތަނަކަށެވެ.
އެ ގާނޫނަށް ގެނައި އިސްލާހުގައި ބުނީ ދުންފަތުގެ ވިޔަފާރިއަށް ހަތަރު ލައިސަންސެއް ބޭނުންވާ ކަމަށެވެ. އެއީ؛
- ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް
- ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމުގެ ލައިސަންސް
- ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓުކުރުމުގެ ލައިސަންސް
- ދުންފަތުގެ އާ ބާވަތެއް ރެޖިސްޓްރީ ކުރުން
އެ ލައިސަންސްތައް ދޫކުރާނީ، އެކަމަށް ކަނޑައަޅާފައިވާ ފީއެއް ދެއްކުމުން ފަސް އަހަރަށް ކަމަށެވެ. ލައިސަންސް އާ ކުރަން މުއްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން ހުށަހަޅަންޖެހެ އެވެ.
ދުންފަތް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމަށް ހަމަޖައްސާފައިވަނީ 5،000ރ. ގެ ފީ އެކެވެ. އަދި އާ ކުރުމަށް ވެސް އެ އަގު ދައްކަންޖެހެ އެވެ. ދުންފަތް އިމްޕޯޓުކުރުމާއި ރީއެކްސްޕޯޓު ކުރުމަށް 10،000ރ. ފީއެއް އަދި ކެފޭ/ރެސްޓޯރެންޓު ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރަން ނަގާ ހުއްދަތަކަށް ވެސް 10،000ރ. ގެ ފީއެއް ދައްކަންޖެހެ އެވެ.
އެ މުއްދަތުގެ ފަހުން، އެ ހުއްދަ ނެތި ދުންފަތުގެ އެއްވެސް ވިޔަފާރިއެއް ކުރުމަކީ މަނާކަމެކެވެ. ގަވައިދާ ހިލާފަށް ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކޮށްފި ނަމަ ލައިސެންސް ބާތިލް ކުރާނެ އެވެ.
ގާނޫނުގައިވާ ގޮތުން ހުއްދަ ނުނަގާ، އުސޫލާ ހިލާފަށް ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ނަމަ 1،000-1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކޮއި
03 August 2025
އެ ހުރިހާ ލައިސަންސެއް އެބައޮތް ވަކި ބައެއްގެ އަތުގައި. ހަމައެކަނި އެމީހުންނަށް ތިޔަކަމުން މުއްސަނދިކަން ހޯދައިދިނުމުގެ ބޭނުމުގައި ކޮށްގެން އުޅޭކަމެއް ތީ. އެކަން އެންމެނަށް އެނގޭ. ސަރުކާރުގެ ބޭނުމަކަށް ޢިމާރާތެއް ކުއްޔަށް ހިފަން ބޭނުންވިއަސް ހަދަނީ ހަމައެހެން. ވަކިތަނަކުން ވަކި ޑިޒައިނަކަށް ވަކި ސަރަޙައްދަކުން ބޭނުންވެގެން އިއުލާނުކުރަނީ ރައްޔިތުންގެ ލޮލުގައި ކާފޫރު ހާކަންވެގެން. ޑީލެއްގެ ދަށުން ތަން އޮންނާނީ އޭރު ކުއްޔަށްހިފާ ނިމިފައި.
ގޮނުއަނގަ
03 August 2025
ތިޔަވަރަށް ހިފަހައްޓާނަމަ މަގުމަތީގައި ތިޔެއް ބޮމުން ދުވުން ވުންނހުއްޓުވަންވީނު. ހާދަ ނުބައި ވަހެކޭ އެދުވަނީ. ތިތޮއްފެންނަ ކަޑަ އިންޑިޔާގަވެސް މަގުމަތީގަ ތިޔެއް ބޮމުން ނޫޅެވޭނެ މިނިވަންކޮށްއް. ބޮޑު ޖޫރިމާނާއެއް ކޮށްލާނކަމެއްތީ.
ގާސިމް
03 August 2025
ދިވެހިންނަށް އަދި އަމިއްލަ ދަރިންނަށް ކިރިޔާ ހެއެދޭނަމަވެސް މި ޒަހަރު ވިއްކުން އަމިއްލައަށް ހުއްޓާލުން ރަނގަޅު. ޒުވާނުންވެސް ފަތްބޯ މީހުންގެ ހައްގުހޯދަން ނުކުތުމަށް ވުރެ ދުންފަތާ ދެކޮޅަށް މުޒާހަރާކޮއް މަގުމަތީ ކެރަމް ކުޅޭނަމަދޯ.
ސަމަރޭ
02 August 2025
މީ މަ ބުނާ ވާހަކަ.. ސަރުކާރުން އަސްލު ބޭނުމެއް ނުވޭ ދުންފަތާ ގުޅޭ އެއްވެސް ކަމެއް އެއްވެސް އިރަކު ހުއްޓުވާކަށް.. ބޭނުން ވަނީ ބޮޑެތި އަދަދުތަކުން ސަރުކާރަށް ޖޫރިމަނާ އެއް ވިޔަސް ނޫނީ ފީ އެއް ދައްކައިގެން ވިޔަސް ބޮޑު ރެވެނިއު އެއް ޖެނެރޭޓުވަަނެ ގޮތެއް ހޯދުން.. ދައުލަތަށް އާމްދަނީއެއް ހޯދުން.. ނުވެސް ކުރާނެ މަނަލެއް.. ޕޯޑިއަމްތަކަށް އަރާ ކޮންމެ މީހަކުވެސް ދައްކާނެ މޮޅު ވާހަކަ..
ޝޮކްތެރަޕީ
02 August 2025
ވަރައް ހަރުކަށި ކޮއްގެން ނޫނީ މިކަމެއް ނުހުއްޓުވޭނެ. ތަންފީޒު ކޮއްގެން ނޫނީ ނުހުއްޓުވޭނެ.
ހައްގުބަސް.
02 August 2025
ހާބަރު ކަޑަ ތަކުގަ ސިގިރޭޓް ބުއިން ހުއްޓުވާދީ.
ޢަލިކިލެގެފާނު
02 August 2025
ލައިސަންސް ނަގައިގެން ވިއްކީމަ ޞިއްހަތަށް ގެއްލުން ނުވުމަކީ ރައްޔިތުންގެ ހިތަށް ތަސައްލީއެއް ލިބޭނެ ކަމެއް....ހެއް ހެއް ހެއް.....
ގާސިމް
03 August 2025
ލައިސަންސް ނަގައިގެން އުޅެނީ 200 ރައްޔިތުން އެނގޭތޯ.
ކޮރަލް
02 August 2025
ހުއްދަ ލިބޭ ފަރާތް ތައް މިނިސްޓްރީގެ ވެބް ސައިޓް އިން ފެންނަ ގޮތަށް ހަދާ ދޭން ވީ އެވެ. އޭރުން އާއްމުންނަށް ހުއްދަ ނެތް ބަޔަކު ވިއްކާ ނަމަ ރިޕޯޓް ކުރެވޭނެ އެވެ. މިހާރުވެސް މަގުމަތީގަ ހުރި ސްޓޭންޑިް ކޮފީ ކޯނަރު ތަކުގަ ބިދޭސީންނާ ނާ ދިވެހީން އެހުންނަނީ ދުވާރު މަތީ ސިނގިރޭޓް ބޯށެވެ. ދުން ބުރުވާލަނީ މަގުމަތީން ދާ މީޙޫންގެ މޫނަށެވެ. ސުވާލެއް ވެސް ނުކުރެ އެވެ. ފުލުހުން އަޅާ ވެސް ނުލަ އެވެ.
އެދުރުދައިތަ
02 August 2025
މަދު ސިޔާސީ ބައެއްގެ މަންފާއަށް އެކި ގޮތްގޮތުން ރައްޔިތުންގެ ޖީބަށް އަތް ބާނަމުން ދާ މި ދަނޑިވަޅުގައި ،ގިނަ ބައެއްގެ ދިރިއުޅުކަންކަން އަތްފޯރާ ފަށަށް ގެންނަން އެކަށައަޅާފައިވާ މެނިފެސްޓޯ އަކާއިގެން އާ ލީޑަރުކު ނިކުތުމަކީ ވަރަށް މުހިއްމުކަމެއް، ސިޔާސީ މަދު ބަޔަކަށް މަންފާވުމުގެ ބަދަލުގައި ރައްޔިތުންގެ ބޮޑުބަޔަކަށް ފައިދާ ވާނެ ޕޮލިސީތަކެއް ބޭނުންވޭ!
1206
02 August 2025
ދައުލަތުގެ ސިޔާސަތަކީ ސިނގިރެޓު ބުއިން ހުއްޓުވުން ކަމަށްވާ ނަމަ، އެކަމުގެ ހުއްދަތައް މިއަށް ވުރެ އަގު ބޮޑު ވާންޖެހޭ. އަދި ހުއްދަ ކުރެވޭ މިންގަނޑު ހަރުކަށިވާންޖެހޭ. މިހާރު ތިޔަ ނަގާފީ ނުވޭ ފެންމެޓަޔަކަށް ވެސް.