ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިން. ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު ވެސް ދޭންޖެހޭ.
ކައުންސިލެއްގެ ބައިއިލެކްޝަނެއްގައި ވޯޓުލުން ކުރިއަށް ގެންދަނީ.
03 އޯގަސްޓް 2025 - 20:01
ލޯކަލް ކައުންސިލްތަކުގެ މާލީ ކަންކަން ހިފެހެއްޓޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ހުށަހަޅުއްވާފައިވާ ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ބައެއް ކައުންސިލްތަކުން ހަރަދު ކުރުމުގައި ގާނޫނުގެ ތެރެއިން ވަރަށް ބޮޑަށް ދޫދީފައިވާތީ އޭގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމުގެ ޝަކުވާ ސަރުކާރުގެ އެކި ބޭބޭފުޅުން އެކި ފޯރަމްތަކުގައި ގެންދަވަނީ ދައްކަވަމުންނެވެ.
ކައުންސިލްތަކުގެ މާލީ މިނިވަންކަން ހަނިކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅިި އިސްލާހުތަކުގެ ތެރެއިން އެއް ކަމަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރަން ލާޒިމް ކުރުމެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށެވެ. އެއީ:
1- ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުން.
2- ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން.
ބިލްގައިވާ ގޮތުން ކައުންސިލްތަކުގެ އުމުރުގެ ފަހު ދުވަސްކޮޅު އެ ކަންކަން ކުރެވޭނީ ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިންނެވެ.
ބިލްގައި ދެން ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު އެ ރަށެއްގެ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދީފައިވީ ނަމަވެސް ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހުމެވެ. އޭގެ ތެރޭގައި ހިމެެނެނީ ބިލްގައި ވާ ގޮތުން:
1- އެ ލޯކަލް އޮތޯރިޓީ ކުންފުނިން ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން.
2- އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީ އަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ނުވުން.
3- އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނުވުން.
ބިލްގައިވާ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ވެސް ނުނެގޭނެ އެވެ. އޭގެ ތެރޭގައި ބިލްގައި ބަޔާންކޮށްފައި ވަނީ ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުއްޔާއި ކައުންސިލްގެ އިމާރާތްތަކާއި މުދަލުގެ ކުއްޔެވެ.
ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު ވެސް އެ މިނިސްޓްރީ އަށް ދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.
ސަރުކާރުގެ ފަރާތުން މެމްބަރު އިބްރާހިމް ހުސައިން ހުށަހަޅުއްވާފައިވާ އެ އިސްލާހުތަކާ މެދު އެމްޑީޕީން ވަނީ މިއަދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޕާޓީން ބުނީ، އެ ބިލްގެ ސަބަބުން އެ ނިޒާމުގެ ބާރު އެއްކޮށް ކެނޑިގެންދާނެ ކަމަށާއި އެހެންވެ ބިލް އަނބުރާ ނަގަން ސަރުކާރަށް ގޮވާލާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލީނާ މުހައްމަދު
05 August 2025
ބަޖެޓު ދިނީމަ ކައުންސިލަރުން ކުރިކަމަކީ ބެންކޮކް، ދުބާއީ އަދި އިންޑޮނީޝިއާ ފަދަ ޤައުމުތަކަށް ތަޖުރިބާއޭ ބުނެ ބުރުޖަހައި 5 އަހަރުގެ ދައުރެއް ނިންމާލުން. އެ ދަތުރަކުން ރަށަށް ވީކަމެއް ނެތް. ބޮޑު ޕްރޮޖެކްޓެއް ހިންގިޔަސް ހިންގަނީ މާލޭ ރައީސްގެ ސަރުކާރުން ވަޢުދުފުޅުވެ ކުރީމަ. ވީމަ ކައުންސިލަރުން ޗުއްޓީ ހޭދަކުރަން ރައްޔިތުންގެ ފައިސާއިން ބަޖެޓުދީފައި ބައިތިއްބާނެ ކަމެއްނެތް
ދޮން
04 August 2025
ދެރައީ ރަށްރަށުން ހޮވާފައި ތިބި މެމްބަރުން އަމިއްލައަށް ކައުންސިލްތައް ހަނިކުރަން މި އިސްލާޙް ލަނީ ދެން ކީކޭ ބުނާނީ . މާލެއަށް ޖަމާކުރާ ވިސްނުން ބަލައި ނުގަނެވޭ ..
ސަރަމް ވަހީދު
04 August 2025
ކައުންސިލް އިންތިޚާބާއި ދިމާކޮށް ކައުންސިލް ތަކުން ހަދަނީ ހަދާނެ އެއްޗެއް، އެމީހުން އޮޑިޓެއް ނުކުރެވޭ، އެމީހުން ކުރާ ހަރަދަށް ޒިންމާ ވާކަށް ނުޖެހޭ، ފޮތުގައި ޖަހާލާފަ ކޮންމެ ކަމެއް ކޮށްލީމަ ނިމުނީ، ޒިއްމާދާރު ކައުސިލަކަށް ބަދަލު ކުރުމަށް މީ ވަރަށް ފުރިހަމަ ނިންމުމެއް، މަގޭ ތާޢީދު މިކަމަށް
މީހަ
04 August 2025
ކައުންސިލް ނިޒާމް އޮތީ ރަނގަޅަކަށް ނޫން. ބައެއް ކައުންސިލް ތަކުން ދައުލަތުގެ ނިޝާންވެސް ބޭނުން ނުކުރޭ. ވަކި ސަރުކާރުތަކެއްގޮތަށް ހިނގަނީ
މަރުޒޫގް
04 August 2025
ކައުންސިލަރުން ނުއަގުގަ ބިންތަކާ އެއްޗެހި ދީފަ މިދަނީ ބޭންކޮކްއަށް. މިއަށް ކިޔަނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުމޭ
މީހަ
04 August 2025
ކައުންސިލްތަކަކީ ބޭކާރު ނިޒާމެއް. ރައީސް އެޕޮއިންޓްކުރާ 1 ލާފައި ރައީސްގެ ދައުރާއެކު ނިމޭގޮތް ހަދާބަލަ. އިންތިހާބު ބާއްވާ ބޭކާރު ޚަރުތަކެއް ތި ކައުންސިލަކީ. އ ތ މ ކޮމެޓީވެސް މިހާރުން މިހާރަށް އުވާލާ
ގައްސާންް
04 August 2025
ލާމަރުކަޒީ ކުރުމުގެ ނަމުގައި އެމްޑީޕީ ސަރުކާރުން އެމީހުންނަށް ހުރިހާ ބާރެއްދީ ރައްޔިތުންނަށް ހިތުހުރި އެއްޗެއްހަދަން ފުރުސަތު އޮތީ ދީފައި. މި ސަރުކާޜުން މިކަން ހުއްޓުމަކަށް ގެނައުން އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.
ހުމާމް
04 August 2025
އަހަރުމެން ރަށުގެ ކައުންސިލްގެ މެޖޯރިޓީ އޮންނަނީ އެމްޑީޕީ އަތުގަ، ފާޅުކަން ބޮޑުގޮތުގަ އެމީހުންދަނީ ބިންތަކާ އެއްޗެހި ނުއަގުގަ ދެމުން. އަހަރުމެން އޮންނާނީ މައްސަލަވެސް ހުށައަޅާފަ. މިކަން ހުއްޓުވަން ޖެހޭ
އޮނަރަބްލް އަފީފު ދީދީ
04 August 2025
ކޮންމެފަހަރަކު މާލޭސަރުކާރު ހިންގާން ޚަވާލުވާ މީހުންގެފަރާތުން ދިވެހިންނަށްކުރިމަތިވާ މިފަދަ ދުއްޕާންތަކަށް ނިމުމެއްގެންނަން ބޭނުންނަމަ އަހަރުމެނަށް އޮތްގޮތަކީ "ރިޔާސީ ނިޒާމެކޭކިޔައިގެން މިތަނުގައި ވެރިކަންކުރަމުން އަންނަ މިނިކާވަގު ނިޒާމް ބަދަލުކޮށް" ރާއްޖޭގައި ވެރިކަންކުރާނީ މަލްޓިޕާޓީ ޕާމަލެންޓަރީ ސިސްޓަމަކަށް ކަމަށް ބަދަލުކުރުމާއި އެކު، ރާއްޖެ ހިންގާނީ ފެޑަރަލް ނިޒާމެއްގެ ދަށުން 3 ރީޖަނެއްގެ މައްޗަށްކަމަށް ޤާނޫނުއަސާސީ ގައި ކަޑައަޅާ ލިއުން.
ސުފްޔާން
04 August 2025
ކައުންސިލް ތަކުންވެސް ހަރަދު ކުރަންވީ ރަށު ތަރައްގީގެ ކަންކަމުގަ. އެކަމަކު ފެނިގެން މިދަނީ އެމީހުން ދެވަނަ ދައުރަކަށް އަންނަން ވެގެން ކައުންސިލުގެ ނާޖައިޒް ފައިދާ ނަގަމުންދާ މަންޒަރު