ދެ ބުޅާ: ޔޫކޭގައި ވަނީ ބޮޑެތި އަނިޔާދީ ދެ ބުޅާ މަރާލި ދެ ކުއްޖަކު ޖަލަށް ލާން ހުކުމްކޮށްފައި.
05 އޯގަސްޓް 2025 - 06:27
އިނގިރޭސި ވިލާތުގައި ދެ ބުޅަލަން ބޮޑެތި އަނިޔާދީ މެރުމުގެ ކުށުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ޖަލަށް ލުމަށް އިއްޔެ ހުކުމްކޮށްފި އެވެ.
ފިރިހެން ކުއްޖާ އެއް އަހަރަށް އަދި އަންހެން ކުއްޖާ ނުވަ މަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ދައުލަތުގެ ވަކީލުން ބުނީ ފިރިހެން ކުއްޖާ އަކީ މީހަކު މަރާލަން ގަސްތުކޮށް، އެފަދަ ކަމެއް ކޮށްފައި ފަޅާނާރާނެ ގޮތްތައް ދަސްކުރަން މައުލޫމާތު ވެސް ހޯދާފައިވާ ކުއްޖެއް ކަމަށެވެ.
މި ކުދިން ދިން އަނިޔާތަކުގައި މަރުވި ދެ ބުޅާ ފެނުނީ ޕާކެއްގެ ތެރޭގައި ވާ ޖަހައި އައްސާފައި އޮއްވަ އެވެ. އެ ދެ ބުޅާ މަރުވެފައި އޮތް އިރު ބަނޑު އޮތީ ފަޅާލައިފަ އެވެ. އަދި މަސްގަނޑާއި ކެހެރިތައް އަނދައި ފިހިފައި ހުރި ގޮތަށް ވެސް ހުއްޓެވެ.
ފުލުހުންނަށް ވަނީ އެތަނުން ވަޅި އާއި ބްލޯޓޯޗާއި ކަތުރެއް ވެސް ފެނިފަ އެވެ.
ކުޑަކުދިންނަށް ވާތީ ގާނޫނީ ސަބަބުތަކަށްޓަކައި ނަން ހާމަކޮށްފައި ނުވާ މި ދެ ކުދިން ވަނީ ވަޅި ގެންގުޅުނު ކަމަށާއި ޖަނަވާރަށް ދޭން ނުޖެހޭ އަނިޔާތައް ދިން ކަމަށް އިއުތިރާފް ވެފަ އެވެ.
ޑިސްޓްރިކްޓް ޖަޖް ހީނާ ރާއީ ވިދާޅުވީ މިއީ އޭނާއަށް ކޯޓުގައި މިހާތަނަށް ބަލަން ޖެހިވަޑައިގަތް، ޖަނަވާރަށް އަނިޔާކޮށް މެރުމުގެ އެންމެ ރަހުމުކުޑަ އަމަލުތައް ހިމެނޭ މައްސަލަ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މައްސަލައިގައި ހިމެނޭ ފިރިހެން ކުއްޖާ ވަނީ އޭނާ އަކީ ޑިޕްރެޝަން، އެންޒައިޓީ، ހެލޫސިނޭޝަން އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ވިސްނުން އަންނަ ކުއްޖެއް ކަމަށް ބުނެފަ އެވެ. އަދި އެ ކުއްޖާގެ ފޯނުން ފެނުނު ނޯޓެއްގައި "މީހަކު މަރާލަން ވަރަށް ބޭނުން" ކަމަށާއި އެކަން ކޮށްފައި ސަލާމަތްވެވޭނެ ގޮތްތައް ރިސާޗްކޮށްފައިވާ ކަމަށާއި މި ވިސްނުމާ ދުރުވެވޭތޯ ބުޅާ މަރާ ކަމަށް ވެސް ލިޔެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނުވަ މަހަށް ޑިޓެންޝަން ސެންޓަރެއްގައި ބެހެއްޓުމަށް ހުކުމް އައި އަންހެން ކުއްޖާ ވެސް، އަނިޔާކޮށްފައި ހުންނަ ބުޅަލުގެ ފޮޓޯތައް ޑައުންލޯޑްކޮށްފައި ހުއްޓެވެ.
ބުޅާ މެރުމުގައި އިސްނެގީ ކޮން ކުއްޖެއްކަން ނޭނގުނަސް ފަނޑިޔާރު ވިދާޅުވީ ދެ ކުދިން ވެސް އެއްވަރަކަށް ޒިންމާ ނަގަންޖެހޭނެ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
05 August 2025
މާމޮޅުކަމެއްތަބުޅަލެއްމަރައިގެން ޖަލަށްލުމަކީ؟ 17 އަހަރުގެ ކުޑަކުދިންނެއްނުތިބޭނެ، ބުޅަލެއްމެރީމާ މީހުންޖަލަށްލާން ހުކުމްކުރާއިރު ފަލަސްތީނުގައި ކުޑަކުދިންނާ ހުރިހާއުމުރެއްގެ މީހުން އެއްވެސް ސަބަބެއްނެތި މަރާއަނިޔާދެމުންދިޔައިރު މިބައިމީހުންވަނީ އެކަމަށް ތާއީދުކޮށް އެހީތެރިވެފަ، އަދިމިހާރުވެސް ތާއީދުކުރެޔޭ، އެހެންވީމާ ތިޔަކުރެވެނީ ދެއުޅިއެއްނުވާކަންކަންދޯ،
އަލިފާންފޮށި
05 August 2025
މިހުންނަނީ ގާނޫނީ އަތް ދިގު މިންވަރު. ރާއްޖޭގަ ގާނޫނު ހިނގާބާއޭ ބައެއް ފަހަރު ހިތައް އަރާ.
raajje
05 August 2025
ގާނޫނަކީ އަތާ ފަޔާ އަނގަޔާ އޮންނައެއްޗެއްނޫން، ތީމޮޔަވާހަކައެއް، ގާނޫނަކީކޯއްޗެއް؟ އެއީ ވެރިންގެބާރު ދަމަހައްޓާ ރައްޔިތުން އަޅުވެތިކޮށް ކޮންޓުރޯލުކުރުމަށް ލިޔެފައިއޮންނަ ފޮތެއް، ނަމަވެސްބުނެއުޅެނީ އެފޮތަކީ އެންމެންގެމެދުގައި އަދުލުއިންސާފާ ހަމަހަމަކަމާ ރައްކާތެރިކަން ގާއިމުކުރުމަށް ހަދާއެއްޗެއްކަމަށް، ކަންވާގޮތަށްބަލާ ވިސްނީމާ މިދެގޮތުންކުރެ ތެދުގޮތަކީ ކޮބައިކަން ހާމަވާނެ، ވެރިކަމަކީކޮބާ؟ އެއީ އެއޮންނަމުއްދަތަކަށް ކުރަންލިބޭ ބިޒުނަސްއެއް
ބަޖިޔާލެއާ
05 August 2025
މިހާ ތަފްސީލްކޮށް މި ހަބަރު ގެނެސްފަ މިއޮތީ ދިވެހިން.މިކަން ކުރުވަންދޯ.
އަލިފާންފޮށި
05 August 2025
ގޫގޫލް ކޮށްލީމަ ވެސް ފެންނާނެ. ޙަބަރު ތަފްސީލް ވެގެން ކުށް ކުރަން ޖެހޭތަ؟