ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން.
05 އޯގަސްޓް 2025 - 11:47
ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯންގެ އިންސްޓަގްރާމް ރީލްއަކަށް ދުނިޔޭގެ ރެކޯޑެއް ލިބިއްޖެ އެވެ.
ދީޕިކާ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އިންސްޓަގްރާމްގައި ޕޯސްޓުކުރި ރީލްއަކަށް މިހާރު ވަނީ 1.9 ބިލިއަން ވިއުސް ލިބިފަ އެވެ. އެއާއެކު، އެ ރީލް މިހާރު ވެފައި ވަނީ އިންސްޓަގްރާމްގައި މިހާތަނަށް އެންމެ ގިނަ ވިއުސް ހޯދި ރީލްއަށެވެ.
އެ ރީލްއަކީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަންއަށް ދީޕިކާ ކުޅުނު އިޝްތިހާރެކެވެ.
ދީޕިކާގެ އިންސްޓަގްރާމްގައި 80 މިލިއަނަށް ވުރެ ގިނަ ފޮލޯވާސް ތިބެ އެވެ.
އެ ރެކޯޑް މިހާތަނަށް ދެމެހެއްޓީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ހާދިކް ޕާންޑިޔާ އެވެ. އޭނާގެ ރީލްއަކަށް 1.6 ބިލިއަން ވިއުސް ލިބިފައިވެ އެވެ. އެއީ ބެޓުލްސްގްރައުންޑްސް މޯބައިލް އިންޑިއާއަށް އޭނާ ކުޅުނު އިޝްތިހާރެކެވެ.
ދީޕިކާއަށް ހޮލީވުޑް "ވޯކް އޮފް ފޭމް"ގެ ޝަރަފު ވެސް ދޭން ނިންމާފައިވާއިރު، އޭނާއަކީ އެ ޝަރަފު ލިބޭ އިންޑިއާގެ ފުރަތަމަ އެކްޓްރެސް އެވެ.
ދީޕިކާއަކީ މިހާރު އިންޑިއާގައި އެންމެ ކާމިޔާބު އަދި އެންމެ އަގުބޮޑު އެކްޓްރެސް ވެސް މެ އެވެ.
އަލަތު ދަރިފުޅު ލިބުނު ފަހުން ދީޕިކާ މިހާރު އިނީ ފިލްމީ މަސައްކަތްތަކާ ދުރުގަ އެވެ. ދީޕިކާ އާއި އޭނާގެ ފިރިމީހާ ރަންވީރް ސިންގަށް އަންހެން ކުއްޖަކު ލިބުނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. ފިލްމީ މަސައްކަތްތަކާ މިވަގުތު ދުރުގައި ހުއްޓަސް ދީޕިކާ ވަނީ ބައެއް ފިލްމުތަކަށް މިފަހުން ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަންތަރީސް
07 August 2025
ނޮޓް އިމްޕްރެސިވް އެޓް އޯލް...މަށް ގޭދޮށު ހޮޓަލަށް ވަނީމަވެސް 4 ރޮއްޓާ މަސްރިހައެއް ނުބުނަނީސް ބައިނދަދޭ އަދި ނޭނގި ހުއްޓާ ތާޒާ ފެން ފުޅިއެއް ކަނޑާފަ އެފުޅިން ފިނިފެން، ތައްޓަކަށް އަޅައިދޭ. ހަމަ އެފަދައިން ކައި ނިމޭއިރަށް ބިލްވެސް ގެނެސްދޭ ނުބުނަނީސް.
2025
06 August 2025
ދީޕޫ ވިޒިޓް މޯލްޑިވްސް..... ބޮއިހަލަކި
ބޒބަ
05 August 2025
އަހަރމެން ނުވެސް ދެކެނިކޮށް ބިލިޔަނަށްއެރީ
އާންދޮގެއް
06 August 2025
ޢަހަރުމެންނަކީ ބިލިއަނަރުނަ އެހެންވީމަ އެންނެމެގަހުން ފެންނާނީ އަހަރުމެނަށް