މިއީ ހުރިހާ ހަރަދެއް މިނިސްޓްރީން ކުރާ ސެން ޓީޗިން ކޯހެއް.
ސެން ޓީޗަރުން ތަމްރީނު ކުރުމަށްވި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި އައިޔޫއެމްއިން ވައިސް ރެކްޓާ ޑރ. އަލީ ޒާހިރާއި ވިލާ ކޮލެޖްގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު، ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: މިނިސްޓްރީ
07 އޯގަސްޓް 2025 - 10:37
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ، ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް (ސެން) ޓީޗަރުން ތަމްރީނު ކުރުމަށްޓަކައި އިސްލާމިކް ޔުނިވަސިޓީ އާއި ވިލާ ކޮލެޖާ އެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އައިޔޫއެމް އިން ސޮއިކުރެއްވީ ވައިސް ރެކްޓަރު ޑރ. އަލީ ޒާހިރެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖާއި އައިޔޫއެމްގައި އެއް އަހަރު ދުވަހުގެ ޑިޕްލޮމާ އިން ސެން ޓީޗިން ހެދޭނެ ކަމަށެވެ.
ސެން ޓީޗަރުން ތަމްރީނު ކުރަން ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިނިސްޓަރީގެ ބައެއް އިސް ވެރިން ބައިވެރިވަނީ-- ފޮޓޯ: މިނިސްޓްރީ
ކޯހަށް ހިނގާނެ ހުރިހާ ހަރަދެއް މިނިސްޓްރީން ކުރާއިރު، ކޯހުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ސްޓައިޕެންޑްގެ ގޮތުގައި މަހަކު 1،500ރ. މިނިސްޓްރީން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންނަ މަހު ފަށާ އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދަރިވަރުން ކެމްޕަހަށް ހާޒިރުވެގެން ކިޔަވާ ގޮތަށެވެ. މިނިސްޓްރީން ބުނީ މާލޭގެ އިތުރުން އައިޔޫއެމާއި ވިލާ ކޮލެޖުގެ ކެމްޕަސްތައް ހުންނަ ރަށްރަށުގައި ވެސް އެ ކޯސް ކިޔެވޭނެ ކަމަށެވެ.
ސެން ޓީޗަރުން ތަމްރީނު ކުރަން ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ބޭފުޅުން ބައިވެރިވަނީ.-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް އެންމެ ފަހުން ވިދާޅުވެފައި ވަނީ ރާއްޖޭގެ ސްކޫލުތަކަށް ހަސަތޭކައެއްހާ ސެން ޓީޗަރުން ބޭނުންވާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ތަމްރީނު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި ސެން ޓީޗަރުންނަށް ރިސްކު އެލަވަންސް އަލުން ހަމަޖައްސައި ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭރު ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާއުނިމާ
07 August 2025
ބަލަ މީހާރުވެސް ސެޓްފިކެޓް ލެވެލް އިންފެށިގެން މާސްޓަރސް ލެވެލްއަށް ބައެއް ލޮލެގުތަކުގައި ތިޔަ ޕްރޮގްރާމް އެބަ ހިންގާކަން މިނިސްޓަރަށް ނޭނގެނީތޯ މާކަ އަގެއްވެސް ބޮޑެއްނޫނޭ ؟ ބައިވެރިވާނެ ، ތިޔަ ކޯސް ހަދާނެ ކުދިން ނެތީޔޭ، ޝައުޤުވެރިަން ނެތީއޭ، އެ ހާޑްޝިޕްގަ ކިޔައިދޭން ބޭނުން ނުވަނީއޭ ! އެކަމަށް ފޯކަސް ކޮށްގެން ނޫނީ ޓީޗަރުން ނުލިބޭނެއޭ، ގެޓެއް ނުވެޔޭ!
ބުރޯ ނުބައި
07 August 2025
އައިޔޫއެމް ވައިސް ޗާންސެލަރ. ބުރޯމެން ނުބައި ރޯކޮށް ލިޔަނީ
އާސިން
07 August 2025
މޮޅުވާހަކަ ދައްކާ ކުރިންތިބި މީހުން ގޯސްކުރުން ނޫން ކޮންކަމެއްތޯ ކުރެވުނީ ދެއަހަރު ފާއިތުވާއިރު؟ ޓީޗަރުންނަށް ލިބޭ އޯޓިއެއްވެސް ނެތް. އިތުރުގަޑީގަ މަސައްކަތް ނުކުރުވާން މިނިސްޓަރު ނިންމެވުން އަތްނުލާ އައްދޯއް ކިޔެވުން. ބަސްމަދު ކޮށްފަ އަމަލު ގިނަކުރުން މުހިންމުހެންހީވަނީ.