ފުލުހުން އަތުލައިގަތް ވޭޕް ފްލޭވާ ފުޅިތައް.-- ފޮޓޯ: ޕޮލިސް
08 އޯގަސްޓް 2025 - 11:13
ގެވެށި އަނިޔާގެ މައްސަލައެއްގައި ހިޔާ ފްލެޓެއް ރޭ ފާސްކުރަނިކޮށް ފެނުނު 242 ވޭޕް ފްލޭވާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަނަށް ރޭ 9:14 ގައި ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، ހިޔާ ފްލެޓުގެ އެޕާޓްމަންޓެއް ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށެވެ.
އެ އެޕާޓްމަންޓުން ޖުމްލަ 242 ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށާއި އެ ތަކެތި މިހާރު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށްގެނައި އިސްލާހާ އެކު، ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
އެ ގާނޫނަށް އޭރު ގެނައި ބަދަލުތަކުން، ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެ ކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
ރާއްޖެއަށް ވޭޕް އެތެރެކޮށްގެން ކޮށްފައިވާ ޖޫރިމަނާ މިހާތަނަށް 400 މިލިއަން ރުފިޔާއަށް އަށް ވުރެ ގިނަ ކަމަށާއި އެކަކު 72 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ޖެހުނު ކަމަށް ކަސްޓަމްސް އިން މިދިޔަ އަންގާރަ ދުވަހު "މިހާރު" އާ ހިއްސާކުރި މައުލޫމާތުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގާސިމް
08 August 2025
ތިޔަ ފްލެޓް ވެރިމީހާ އަތުން ފްލެޓް އަތުލަން ފެންނަމީ. ސަރުކާރިން ސަބްސިޑީ ފްލެޓްނަގައިގެން ސްމަގުލް މުދާ ވިއްކާ ފަރާތްތަށް ބޮޑެތިއަދަދިތަކުން ޖޫރިމަޞާކުރޭ
ކެޓަގަރީ ބީ
08 August 2025
ތިޔަވީ ކިހިނެއް. ސިގިރެޓް ކޭސްތަކެއްގެ މައްސަލަ ނުބެލީ ކުރިން ރިޕޯރޓް ކޮށްފައި ނުވާތީ. މިފަހަރު އެހެން ކަމަކާ އުޅެނިކޮށްފެ ިގެން ތިޔަގެންދަނީ ވޭޕް ފުޅިތަކެއް. ކާކު ކޮން ރިޕޯޓްތެއް ކޮށްގެން.
ކޮރަލް
08 August 2025
މީހަކު ހައްޔަރު ކުރި ވާހަކަ އެއް ނެތެވެ . ދެން ތަހުގީގު ކުރަނީ ކޮން އެއްޗެއް ތޯ އެވެ .؟
ޗސދޗސދ
10 August 2025
ގެވެށި އަނިޔާގައި ތުއްތު ކުދިންނާއި އެނޫނަސް އެ ޢާއިލާގެ މީހުންގެ މައުލޫމާތު ސިއްރު ކުރަން ޖެހޭކަން އެނގޭބާ؟
1828
08 August 2025
ދުން ބުރާވީމީހުން ތިޔަ އެއްޗެއް ބޭނުންކޮށްގެން ބަރާބަރަށް ދުންބުރުވާ. އެކަން ރިސޯޓްތަކުގައިވެސް ކުރޭ. ރިސޯޓްތަކުގެ ރިސޯޓް މެނޭޖަރުންނާއި އެޗްއާރު މެނޭޖަރުންވެސް ދުންބުރުވާ. ތިޔައީ މުޢިއްޒު ސިނގެރޭޓް މަނާނުކޮށް ޖެހި ޗައްކަރެއް
ރޯނު
08 August 2025
ގެވެށި އަނިޔާގެ މައްސަލައަކާއި ގުޅިގެން ބަލާފާސްކުރަން ވަދެ ހޯދި އެއްޗަކަށް ވާތީ އަސްލު ރިޕޯޓު ކުރި މައްސަލައާ ވޭޕު ފްލޭވަރ އާ ގުޅުމެއް ނުވާތީ އެއީ، ގަވާއިދާ ހިލާފަށް ހޯދި ހެއްކެތް ކަމަށް ނިންމައި، ގާޒީ ހުކުމް ކުރާނީ ފުލުހުން ކުއްވެރިވާގޮތައް އަދި އެތަކެތި ވެރިފަރާތާ ހަވާލުކުރުމަށްފަހު އަލުން ކޯޓު އަމުރެއް ހޯދައިގެން އެ ތަކެތި ހިފެހެއްޓުމަށް ކަމަށް ބެލެވޭ. ފުލުހުން ކުރާ މިކަހަލަ ބުރަ މަސައްކަތް ބަލައިގަންނަ ގާޒީން މަދު ކަމަށް ފާހަގަ ކުރެވޭ
1828
08 August 2025
ތިބުނި ގޮތަށް ކަންހިނގުމަކީ ވަރަށް އެކަށީގެންވާކަމެއް.
މަރިއްކޮ
08 August 2025
ރޯނު ތިބުނީ ހެޔޮކޮށް. ވެރިފަރާތާ ތިޔަ އެއްޗެހި ހަވާލުކުރުމަށް ފަހު ތިޔަ އެއްޗެއްހި ހޯދަން ދާއިރު ނު ފެނުން އެކަށީގެންވޭ
މާންބެ
08 August 2025
ގެއެއްގަ ވޭޕް ފުލޭވާ ހުރުމަކީ ގާގޫނީ ކުށެއްނޫން. އެތެރެކޮއް ވިއްކުން ކުށަކީ
ޅޮލް
08 August 2025
ގާނޫނު އޮންނަ ގޮތާ ފުރަތަމަ ބަލާބަލަ
އޭނަ
08 August 2025
ފުލުހުން ވެސް ގާޒީ ވެސް ހަދަނީ ޑީލް