ޖިންސީ ގޯނާގެ މައްސަލައެއްގައި ޔޫކޭގެ ޖަލަށްލި ކަމަށް ބުނާ މީހާ.
08 އޯގަސްޓް 2025 - 14:09
އިނގިރޭސި ވިލާތުގެ ކޯޓަކުން ހުކުމްކުރި މީހާގެ ނަމުގައި ދިވެހި ޕާސްޕޯޓެއް ދޫކޮށްފައި ނުވާ ކަމަށް ހޯމް މިނިސްޓްރީ މިއަދު ބުނެފި އެވެ.
ޖިންސީ ގޯނާގެ މައްސަލައެއްގައި ދިވެއްސަކު އިނގިރޭސި ވިލާތުގެ ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށް ދެއްކެވޭ ވާހަކަތައް ދޮގުކޮށް ހޯމް މިނިސްޓްރީން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލާގައި ހުކުމްކޮށްފައިވާ "ސުންދަރަލިންގަމް ކޫޑަލިންގަމް"އަކީ އެއްވެސް އިރަކު ރާއްޖޭގެ ރައްވެހިކަން އޮތް މީހެއް ނޫން ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ރެކޯޑުތަކުގައި އެ ނަން ކިޔާ ދިވެއްސަކު ރެކޯޑު ކޮށްފައި ނުވާ ކަމަށާއި އިމިގްރޭޝަންގެ ރެކޯޑުތަކުގައި ވެސް، އެއްވެސް އިރެއްގައި އެ ނަން ކިޔާ މީހަކަށް ދިވެހި ޕާސްޕޯޓެއް ހައްދާ ދީފައި ނުވަތަ ދޫކޮށްފައިވާ ކަން އެނގެން ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.
"ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެއްސެއް ކަމަށް ލިޔެ، ދައުރުކުރަމުން ދާ ޚަބަރަކީ އެއްވެސް އަސްލެއް އެކުލެވިގެންވާ މައުލޫމާތެއް ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ.
ފިލްމީ ތަރިއަކަށް ލަންޑަނުގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ޖަލަށް ލާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލް އިންނެވެ. އެ ނޫހުން ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަލަށް ލާން ހުކުމްކުރި ރާއްޖެއިން އެ ގައުމަށް ދިޔަ ސުންދަރަލިންގަމް ކޫޑަލިންގަމް، 36 އެވެ.
ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި އެ މީހާއަކީ ދިވެއްސެއް ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވީ ނަމަވެސް، އިމިގްރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ވެސް ވަނީ އޭނާއަކީ ރާއްޖޭގެ އެއްވެސް އިދާރާއެއްގައި ދިވެއްސެއްގެ ގޮތަށް ރަޖިސްޓްރީކޮށްފައިވާ މީހެއް ނޫން ކަމަށް ބުނެފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރި އިންޑިއާ ރައްޔިތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔަތީނުބެ
09 August 2025
ގިނަ ބިދޭސީން އަތުގަ އެބަ އޮއް ރާއްޖެ ޕާސްޕޯޓު އަދި އައޑީ ކާޑު.
ޢީސާ ޝަރީފް
09 August 2025
އިމިގްރޭޝަނުން ކޮންމެވެސް ވަރަކަށް ދިވެހި ޕާސްޕޯޓް ބޭރުމީހުނަށް ވިއްކާކަމަށް އަބަދުވެސް އަޑުއިވޭ. އެކިއެކި ނިރުބަވެރި ޖަމާޢަތްތަކުގެ ބައެއް މީހުންގެ އަތުގައިވެސް ދިވެހި ޕާސްޕޯޓް އޮންނަކަމަށްވޭ. މި އަޑުތައް އެއީ ތެދުކަން ދަލީލުކޮށްދޭ ކަންތައްތައް މިހުންނަނީ. ފައިސާކޮޅަކަށް ކުރަންވާވަރު ކަންތަކެއްނޫން މިހުންނަނީކީ. އަހެރެމެން ތިބޭނީ އެސަރުކާރު މިސަރުކާރު އަޅުގަނޑުމެންގެ ސަރުކާރު ކިޔާލަކިޔާލާ
ދަގަތްފާނު
09 August 2025
ރަނގަޅަށް ބަލާބަލަ އަނެއްކާ ހިޔާފުލެޓެއް ދީފަނެއްތަ.
މުޑަހަންޖާ
09 August 2025
އިނގިރޭސި ފުލުހުން ސަބަބެއްނެތި އިންޑިއާމީހަކު އެއީ ދިވެއްސެކޭނުބުނާނެ، އެހާ ގަމާރެއްނޫން އަހަރެމެން. ތިކަމުގައި ކަންތައްގަނޑެއް އުޅޭތީ އެހެން ބުނާނީ. އެހެންނޫންނަމަ ހައްޔަރުކުރާ ކޮންމެ މީހަކީ ދިވެއްސެކޭ ބުނާނެ. ވެގެންއުޅޭގޮތް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ. އޭނާއަށް އާސަންދަ އެބަލިބޭތޯ.
ބޭބެއްޔާ
08 August 2025
ތިޔަ ބަޔާނުގައި އޭނާ ދިވެހި ޕާސްޕޯޓު ގެންގުޅޭތޯ އިނގިރޭސި ސަރުކާރުން ސާފުކުރި ވާހަކަ ނުހިމެނުއްވީތީ ދެރަވޭ. ނިމި ދިޔަ ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން އެފަދަ ކަމަކަށް ޝައްކެވެ. އެއީ ދެލައްކަ ޑޮލަރު އިންވެސްޓް ކުރިމީހަކަށް ނުވަތަ 2 ލައްކަ ޑޮލަރު ދިވެހިރާއްޖޭގެ ބޭންކެއްގައި އެމީހެއްގެ އެކައިންޓަށް ލީ ބިދޭސީންނަށް ރެސިޑެންޝަލް ވިސާ ދޭ ގޮތަށް ކުރޯނާ ނިމުނު ފަހުން ނިންމި ހަނދާނެއް ވެއެވެ. އެފަދަ ފުުރުސަތެއްގެ ބޭނުން ހިފައި ނަހަމަ އެހެން ކަމެއްހިގުމެވެ
ގަމާރު ނަންބަރު ވަން
09 August 2025
ރެސިޑެންޝަލް ވިސާއާއި ޕާސްޕޯޓުގެ ތަފާތުކަން ނޭނގުނަސް ކޮމެންޓްކޮށްލަންވާނެ
މުހައްމާ1
08 August 2025
އިނގިރޭސި ސަރުކާރަށް ގުޅައިގެން، އެވީގޮތެއް ދިވެހި ސަރުކާރުން ސާފުކޮށްފަ ރައްޔިތުންނަށް ބުނެދޭން ޖެހޭނެ.
އަބްޑޫޅް +
09 August 2025
މާތްވެގެންވާ އިގިރޭސި ސަރުކާރާ ގުޅާކަށް ދިވެހި ސަރުކާރަކަށް ނުޖެހޭނެ. ކޮންމެ މީހަކު ގުޅިޔަސް އެ މައުލޫމާތު އެމީހަކަށް، އަރަހުށި އިގިރޭސި ރަސްގެފާނުގެ ސަރުކާރުން ސާފުކޮށްދޭނެ.
ބަލާރޭ
08 August 2025
ތިޔަ މައްސަލަ ބަލަހަރޭ ވަގްތުންވަގްތައް. މިގައުމުގެ އަގުވައްޓާލަން ބަޔަކު ގަސްތުގަ ކުރި ކަމަކާއޭ ވައްތަރީ. އިނގިރޭސި ސަރުކާރަށް ރަސްމީކޮށް ތިޔަ މައްސަލަ ހުށަހަޅާށޭ. ކީއްވެގެންތޭ ރާއްޖޭގެ ނަމާ ތިޔަ މީހާއާ ގުޅުވުފާވަނީ. ލަންކާއިންޑިއާ ނަމުގެ ތިޔަ މީހާގެ މައްސަލަ ރާއްޖެއާ ގުޅުވާ ހިންގި ތިޔަ ޖަރީމާ ލައިޓުކޮށް ނަގައިގެން ނުވާނޭ ނުވާނޭ ނުވާނޭ
ހަސަންދީ (ލ)
08 August 2025
އައި.ޑީކާޑު ޑިޖިޓަލްކުރަން ހަވާލުކުރީ އިސްރާއިލުގެ ބަޔަކު ޔޫކޭގަ ހަދައިގެން އުޅޭ ކުންފުންޏަކާ. މީ ވަރަށް ވާހަކަ.
ކިރުސައި 2.0
09 August 2025
ތީ އެއްވެސް ވާހަކައެއް ނޫން. މާގިނަ މައުލޫމާތު އިނގޭކަމަށް ހީވެގެން އުޅުނަސް ތީ ހަމަ ޖަމަލު ފޮޑި.
އޮނަރަބްލް އަފީފު ދީދީ
08 August 2025
މަތީގައިދެންނެވި ފިރިހެންމީހާ އާއި ބެހޭގޮތުން ކަސްޓަމްސް އިން ކުރި ދައުވާއާއި ކޯޓުގައި އެކަންހިގިގޮތް އިގޭ ދިވެހިން ރާއްޖޭގައި އެބަތިބި. އެކަމަކު އިންޑިޔާގެ މިދެންނެވި ތަމަޅަމީހާގެ އަތުގައިވެސް މިހާރު ދިވެހި ޕާސްޕޯޓް އެބައޮތް. ދެންއޮތީ "މާލޭސަރުކާރުން ކަންކަން ދޮގުކުރުމަށް ނެރޭ މިޒާތުގެ ނޫސް ބަޔާން ތަކުގެ ވާހަކަ" އެހެން ނޫންތޯ؟ އަހަރުމެން އެންމެކުޑައިރުގެ ހަދާނަށްބަލާއިރު FPID ވައްކަމުގެ ނޫސްބަޔާންތައް ފަދަ ބަޔާން ނުނެރޭ ޒަމާނެއް ރާއްޖެއަށް ނާދޭ.
ލޯހުދު ހަކީމު
08 August 2025
ބަލަ ތީގެ ޖަވާބެއް ބޭނުން ވަނީ ޔޫކޭގެ ކަމާބެހޭ އިދާރާ އަކުން، އޭނަ އެއީ ދިވެއްސެއް ކަމަށް އެތާގެ ނޫސްތަކުގެ ލިއުނީ ކީއްވެތޯ؟.. އެއީ އޭނައަތުގެ އޮތް ޕާސްޕޯރޓަކަށް ބިނާކޮށް ލިއެފަ އޮތް ވާހަކައެއް ވިއްޔާ، ދެން ބަލަންވީ އޭނާ އަތުގަ އެފަދަލިއުމެއް އޮތީކީއްވެތޯ.. ފޯޖު ކުރީތޯ؟