މަރުކަޒީ ބޭންކް. އެ ބޭންކުން އިތުރު ކަރެންސީ ސްވޮޕް ފެސިލިޓީއެއް ނަގަން ތައްޔާރުވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
10 އޯގަސްޓް 2025 - 10:04
އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ އެކު ހަދާފައިވާ އެގްރީމެންޓްގެ ދަށުން ލިބިފައިވާ 30 ބިލިއަން ރުޕީސް (343 މިލިއަން ޑޮލަރު) ގެ ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ބޭނުންކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމައިފި އެވެ.
އެމްއެމްއޭ އިން ބުނީ، 30 ބިލިއަން ރުފީސްގެ ފެސިލިޓީ ބޭނުން ކުރަން ފަށާނީ މި އަހަރުގެ ފަހުކޮޅު ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ވާން ޖެހޭ އިދާރީ ތައްޔާރީތައް އެ ބޭންކުން އަންނަނީ ވަމުންނެވެ.
އެ ފެސިލިޓީ ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އެ ދަތުރުފުޅުގައި އިންޑިއާ އިން ވަނީ ކަރެންސީ ސްވޮޕްގެ 400 މިލިއަން ޑޮލަރުގެ ފެސިލިޓީ ވެސް އާކޮށްދީފަ އެވެ.
އެ ފެސިލިޓީ ނެގީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ އަށް ފަހު، އޭގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރު ކޮށްފައިވެ އެވެ.
އާ ފެސިލިޓީ ނަގަނީ، ކުރިން ނެގި 400 މިލިއަން ޑޮލަރުގެ ފެސިލިޓީ ހަމަވުމުންނެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ފަހުގެ ތާރީހުގައި ރިޒާވް އެންމެ ބޮޑަށް ދަށްވި އެއް އަހަރެވެ. ރިޒާވް ދަށްވަނީ، ސަރުކާރުން ތެލާއި އެހެނިހެން ހަރަދުތައް ހަމަޖެއްސުމުގެ އިތުރުން ދަރަނި އަދާކުރަން ޖެހޭ އަދަދު އިތުރުވުމުންނެވެ. މި އަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމަށް ރިޒާވުން 213 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ބޭނުންކޮށްފައިވެ އެވެ. ތެލާއި ކާޑާއި ބޭހާއި މެޑިކަލް ސާމާނު އެތެރެކުރުމަށް އެސްޓީއޯ އަށް ރިޒާވުން 274 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ދީފައި ވެ އެވެ.
މިދިޔަ ޖޫން މަހުގެ ރިޒާވްގައި ހުރީ 832 މިލިއަން ޑޮލަރެވެ. އެ މަހުގައި ޔޫޒަބަލް ރިޒާވްގެ އަދަދަކީ 202 މިލިއަން ޑޮލަރެވެ.
ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެމްއެމްއޭ އިން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލުތައް ގެނެސް، ޑޮލަރު ބޭންކްތަކަށް ޖަމާކުރާ އަދަދު އިތުރު ކޮށްފަ އެވެ. ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ އަދަދުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް 247.2 މިލިއަން ޑޮލަރު ލިބުނު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުބެގެ ބެއްޔާ
11 August 2025
ބުރަދަރ، މަބުނީ ޑޮލަރު މިހާރު ހުރީ 10 ރުފިޔާ އަށް ތަ؟
ކުދުބެއްޔާ
10 August 2025
ކޮބާ.....ކޮންދުވަހަކުންތަ ބީއެމްއެލްގައި އިންޑިއާ ރުޕީސް އެކައުންޓް ހުޅުވެނީ!!!!!!!! އަވަސް ކުރަންޖެހޭކަމެއްމީ!!!!!! ބެއްޔާވެސް މިހާރު އިންޑިއާ ރުޕީސްގެ ވިސާކާޑެއްބޭނުން!!!!! އަވަސްކުރޭ
ނާމްދި ކާނޫ
10 August 2025
ދަރަނި ދަރަނި! ޔެސް ސަރ!!
ކަރަން ސީ
10 August 2025
ކަަރަންސީ ސްވެޕަކީ ކޯޗެއްތަ؟
އަފްރާސިޔާބު
10 August 2025
އެއީ ދަރަންޏަށް މިހާރުގެ ބަހުންކިޔާ ނަމެއް. މިހާރަކު ނުކިޔާނެ ދަރަންޏެކޭ ރިބާހިމެނޭ ގޮތަށް ދެވޭ.
މުހައްމަދު އަސްލަމް ވަހީދު
10 August 2025
ރަނގަޅު ހާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ނަފާ މިލެބެނީ. އަލްހަމްދުﷲ
މުމްތާޒް މުހައްމަދު
10 August 2025
ކޮބާ އެމްޑީޕީއަށް ހަޖަމްވޭތަ؟ މިގައުމުގެ ކަންކަން މިދަނީ ހަމަ މަގަށް އެޅެމުން. ދެން ތަރައްގީގެ ކަންކަން ދާނީ ބާރަށް ކުރިޔަށް
މުހައްމަދު އަނީސް
10 August 2025
ގައުމުގެ އިގްތިސާދު ރަނގަޅު ކުރަން ސަރުކާރުން ކުރާ މަސައްކަތް ހަމަ ސަތޭކަ.
ކައިފް ކައިފް
10 August 2025
ރައީސް މުއިއްޒަކީ މޭންއެކޭ. 30 ބިލިއަން ކީއްކުރަން، 100 ބިލިއަން ނަގައިންވެސް ގައުމު ހިންގާލަންޏާ އަހަރުން އޯކޭ
ދަރަނި
10 August 2025
ވެރިކަމުގައި ބައްދައިގެން ތިބުމަށްޓަކައި ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ ނަމުގައި، ރައްޔިތުންގެ ވޯޓް ހޯދަން މި ގައުމަށް ނުލިބޭ މިންވަރުން ހަރަދުކޮށް، އެކަމުގައި ހުރި ނުރައްކާ ރައްޔިތުންނަށް ބުނެދޭން ނުކެރި ނުވަތަ ގަސްތުގައި ބުނެނުދީ ތިބެ، އުފެއްދުންތެރިކަމެއް ނެތް ބޭކާރު ދަރަނިތަކުން ގައުމު ދަރުވާލި ވެރިން ވެފައި އެއޮތީ އަމިއްލައެދުން ބޮޑު ހިޔާނާތެއް. ރައްޔިތުން މިހާރު މިދަނީ އޭގެ ތަކުލީފު އުފުލަމުން. ދެރުވި ވެރިން ތިބީ ހެވިފަ އަރާމުގައި.
އަލީ ރިފްޝާން
10 August 2025
ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް މީ ވަރަށް މުހިއްމުކަމެކެވެ