ފުލުހުންގެ އަމުރަށް ތަބާނުވެ، ބާރު ސްޕީޑުގައި ކާރު ދުއްވި މީހާ.-- ފޮޓޯ: ޕޮލިސް
10 އޯގަސްޓް 2025 - 11:02
ފުލުހުންގެ އަމުރަށް ތަބާނުވެ، ހުޅުމާލޭގައި ރޭ ބާރު ސްޕީޑުގައި ކާރު ދުއްވި މީހާގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ، ހ. ފިލިމާގެ، އައިކް ހައިޝަމް ހަސަން، 18، އެވެ.
އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށް ފުލުހުން "މިހާރު"އަށް ބުންޏެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލައާ ގުޅިގެން އެ އިދާރާގެ ބެލުމުގެ ދަށަށް ރޭ ގެންދިޔަ އަންހެން މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އެ އަންހެން މީހާއަކީ ބާރު ސްޕީޑުގައި ދުއްވި ކާރުގެ ކުރީ ސީޓުގައި އިން މީހާ އެވެ.
ފުލުހުން ރޭގައި ބުނި ގޮތުގައި، އެ ކާރު މަޑުކުރަން ފުލުހުން އެންގުމުން އެ އަށް އިޖާބަ ނުދީ، ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގައި ދުއްވި އެވެ. އަދި އެ ކާރުގެ ފަހަތުން އެ ވަގުތު ދިޔަ ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލި އެވެ. އެ ހާދިސާގައި ފުލުހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ.
ފުލުހުން އެ ކާރު ހުއްޓުވީ ހުޅުމާލޭގެ ދިރާގު އޮފީހާ ހިސާބުން ހުޅުމާލެ 2 ގެ ޗެނަލް ބްރިޖު ކައިރިންނެވެ.
ފުލުހުން މިއަދު ބުނީ އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާ ހޯދުމަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އޭނާ ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކްސިް
10 August 2025
ކޮންމެސް މުއްސަންޖެއްގެ ދަރިއަކަށް ދޯ ވާނީ. ކާރުވެ އޯނަރުގެ މައުލޫމާތު ހޯދަބަލަ.
ޔޮރުބާ
10 August 2025
ރީތި ކުއްޖެއް. މިހެން ބުނީމަ ދިވެހި ޒުވާނުންތައް ރުޅި އަރާނީއެއް ނޫން
އަހުތަރު
10 August 2025
ރީއްޗަކީ ބިރެއް ނޫންހޭ
ސަލީ
10 August 2025
ދެ ދުވަސް ފަހުން ދޫކޮށްލާނެ.. އަދި މި ވާހަކަވެސް ހަނދާން ނެތޭނެ
ކޮރަލް
10 August 2025
މިފަދަ ހާލަތުގަ މަސްތުވާ އެއްޗެއް ބޭނުން ކޮށްގެން ހުރިތޯ ބަލަން ޓެސްޓް ހަދަން ވީ އެވެ. އޭނަ އާއެކު ހުރި އަންހެން މީހާ ގެ ބަޔާން ވެސް ނަގަން ވާނެ އެވެ.
އަހުމަދުބޭ
10 August 2025
ދެން 5 ދުވަސްފަހުން ތިސޮރުވެސް ދޫކޮއްލައި، އޭރުން ދެންއަރާ ކާރުން ބައެއްގެ ފުރާނަވެސް ދުއްވާލާނެ،
ޞަރަބޯ
11 August 2025
5 ދުވަސް މާ ގިނައެއް ނޫންތަ؟
ނުބައި ތަރުބިއްޔަތު
10 August 2025
މަގޭ ދަރި ރަންދަރި ހައްދައިގެން ކުރާ ކޮންމެ ނުބައި ކަމަކަށް ކަނު ލޮލެއް ދިނުމުގެ ނަތީޖާ ވަރަށް ހިތިވާނެ
މލޕސ
10 August 2025
އިއްޔެ ނޫހުން ފެނުނު ޚަބަރުގަ އިނީ ސިފައިންގެ މީހާ ހުވާ ނުކުރާ ކަމަށް. މި ސޮރު ވެސް ބުނަންވީ އެ ސޮރު ކާރު ނުދުއްވަމޭ ޑްރައިވަރ ސީޓްގަ އިނީ އޭ ކާރު އަމިއްލައަށް ދުއްވިއްޔޭ. ކާރު ކުއްވެރި، ފިލިމާ ސޮރު އިނަސެންޓް. އަވަހަށް ދޫކޮށްލާ.
މިއައު
10 August 2025
މީ ހަމަ މަގުމަތީ ތޫނު ކަނޑިއެއް އނބުރުން ކަހަލަ ކަމެއް. ޖެހިއްޖެޔާތާ އަނިޔާ ވާނީ. ނުޖެހެންޏާ ހަމަ އޯކޭ. ހަރުކަށި އަދަބުދީ. މިއީ އާއްމު ކަމަކަށްވެއްޖެ
ރަދީފްއޮފިޝަލް /
10 August 2025
18 އަހަރުގަ އަހަރުމެންނަށް ދުއްވާލަން ލިބުނީ "28 ގެ ރެލީ ދަބަރު ބައިސްކަލެއް.އަދުގެ 17 އަހަރުގެ ކުދީން ޓެސްލާ ކާރުގަ.ޖެނެރޭޝަން ގެޕުން ފެންނަ ތަފާތު ވަރަށް ތަފާތު.އެހެން ނޫންތޯ.ވ.ވެދުން
ބެރެޔަ
10 August 2025
އެވެސް ދެ ދޭތެރޭން ޗޭނު ނެއްޓިގެން އެ އަޅުވަން ޖެހޭ.
އެބްރޯޑް
10 August 2025
ކުޑަކުޑަ ރެށެއްގައި ކޮންތާކަށްތަ ފިލަން ދަނީ؟ ކާރަކަށް އެރުނީމަ ހީވީތޯއްޗެ، މި އުޅެވެނީ މުޅިން އެހެން ޤައުމެއްގައޭ..
އުއްތަމަ ފަނޑިޔާރު
10 August 2025
ކަލޯ އެސޮރަށް މާ މޮޅަށް ޖީޓީއޭ ކުޅެވިގެން ހިތައް އެރީ ބެޗޭނެޔޭ އަސްލަށްވެސް.