ރައިސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ވަޑައިގެންވި ނ. އަތޮޅު ލަންދޫއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނިކުތް ރައްޔިތުންނާ ސަލާމް ކުރައްވަނީ،.--- ފޮޓޯ: ރައީސް އޮފީސް
11 އޯގަސްޓް 2025 - 08:23
ބ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ 13 ރަށަކަށް އެ މަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.
މިއަދު ފުރަތަމަ ވަޑައިގަންވަނީ ބ. ކަމަދުއަށެވެ. އެ އަށް ފަހު ކުޑަރިކިއްޔާއި ކެންދޫގެ އިތުރުން އޭދަފުއްޓަށް މިއަދު ވަޑައިގަންނަވާނެ އެވެ. މިރޭގެ ޖަލްސާ އޮންނާނީ އޭދަފުށީގަ އެވެ.
އޭފަދުއްޓަށް ފަހު ފުޅަދޫ، ތުޅާދޫ، ދަރަވަންދޫ، ކިހާދޫ، ހިތާދޫ، ގޮއިދޫ، މާޅޮސް، ފެހެންދޫ އަދި ދޮންފަނަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ.
އަދި މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމާއި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހު ކުރުން ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މިއީ، އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި މި ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް ބ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އެ މަނިކުފާނު އެންމެ ފަހުން ވަޑައިގަތީ މިދިޔަ ޖުލައި 21 ގައި ނ. އަތޮޅަށެވެ. އެ އަތޮޅުގެ 13 ރަށަކަށް އެ ފަހަރު ވެސް ވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަދުލޭ
11 August 2025
ނ އަތޮޅަށް ކުރި ދަތުރުގައި ހޮޅުދޫގައި ހިނގި ޖަރީމާގެ ގެ ކުށްވެރިން ހޯދާނަމޭ އާއިލާ ކައިރިީ ކިޔާފަ، ކުށްވެރިން ނުފެނުނީމާ މިހާރު ދައުވާކުރަން ފޮނުވީ ފުލުހުންގެ މައްޗަށް. ވެރިޔާގެ ހުރިހާކަމެއްވެސް ދަނީ މިހެން.
ޝަޖޫ
11 August 2025
ބޮޑެތި މީހުން ނުނިކުންނަނީ ތޯ ކުޑަކުދިން ނެރެނީ؟
ސަޓޯ ސަހީމް
11 August 2025
ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކުރުމަށް ރައީސް މުޢިއްޒު ކުރައްވަމުންދާ މަސައްކަތަށް މަރުޙަބާ. މި ރަނގަޅު މަސައްކަތް ކުރިއަށް ގެންދަވާ
އަބްޑޫޅް +
11 August 2025
ސަލާންކުރާ މީހާގެ ލޮލަށް ބެލުމަކީ ދިވެހީންގެ ތެރެއިން ކުދިބޮޑު، އަންހެން ފިރިހެން، ކަމުވޮށި، ނުވޮށި އެންމެހައި މީސްތަކުންނަށް ވަރަށް، ބޮޑު، އުނދަގޫ ކަމެއް.
ސަސި
11 August 2025
ލައްކަ ގިނަ ވައުދު ވާނެތާ
ދަރަވަންދޫބޭބެ
11 August 2025
އަމިއްލަ ފަރުދުންގެ ގެދޮރުގެ ބިންގާ ރައީސް އަޅުއްވައި ދެއްވުމާއި، ގެދޮރު ހުޅުއްވައިދެއްވުމާއި، އޮޑިދޯނިފަހަރު ބަންނަން ފަށަން ދަމާލުމާއި، ދޯނި އަލަށް ބާލަން ކާށި ޖަހާލުމާއި، އަމިއްލަ ފަރާތްތަކުން ހަދާ ގެސްޓްހައުސްތައް ހުޅުވާދިނުން ފަދަ ކަންކަންވެސް ކުރެވިދާނެ. ރައްޔިތުންގެ ރައީސް މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން. އޭރުން ރައްޔިތުން އުފާވާނެ. ޝުކުރިއްޔާ ރައީސް.
ޖަގޭ
11 August 2025
ނިމިދިޔަ ސަރުކާރުން ކޮށްފައިވާ މަސައްކަތާއި ރަށްރަށުގެ ކައުންސިލްތަކުގެ އަމިއްލަ ބަޖެޓުންކޮށް ނިންމާފައިވާ މަސައްކަތްތަކުގެ ރެބަން ކަޑަންކުރާ ދަތުރެއް، ބޭނުމަކީ ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިޚާބައް މިސަރުކާރުން ލައްކަ ޕޮރޮޖެކްތަކެއް ހިންގާކަން އެހެން ރަށްރަށުގެ މީހުންބޮލަށް ވެއްދުން އިންޝާﷲ މިހާރު ތިޔަ ޗިޕެއް ނުޖެހޭނެ ނަތީޖާސާފު...
ރަދީފްއޮފިޝަލް / ދޮގު މަންޒަރު
11 August 2025
އަހަރުމެން ކުޑަައިރު 80ގެ ފަހުކޮޅު ރައީސް މައުމޫން އައްޑުއަށް ވަޑައިގަންނަވަން ވީމަ ކުޑަ އަދި ބޮޑު ކަތީބް ގެތަކަށް އައިސް ނުވަތަ ގޭގެ ވެރިން އޮފީހަށް ގެންގޮސް ބުނާނީ ތި ބޭފުޅުންގެގޯތީގެ ވަށާފާރު ރާނާ ކުލަ ލައި ރީތިކުރާށޭ.މަގުމަތީގަ ހުރި ވަޅުގަނޑުތަކަށް ފަސްއަޅައި ދޮންވެލިން ޒީނަތްތެރިކުރާށޭ.ބޭނުމަކީ ވެރިމީހާއަށް އެއްވެސް އައިބެއް ނުދެއްކުން.ރައްޔަތުން ތިބީ ވަރަށް ފުދިގެންކަމާއި އުފަލުގަކަން ދެއްކުން.މިކަން ކުރި މީހުން އަދ އެބަތިބި.ވ.ވ.ެދުން
އައިސްކޯން
11 August 2025
ރަދީފް ކަލޯ ތެބެނީ ހެއުކޮށް.ކަތީބުގެ އަހަންމާދީ އަދި އަބްދުލް ހަމީދު.
މައުވާ
11 August 2025
ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާ މި ނޫން ރައީސެއް މި ނޫނީ ނެތް. މުއިއްޒު ހަމަ ތަފާތޭ.
އިބުރ
11 August 2025
ރާއްޖޭގެ ރަށްތަކަށް ކުރައްވާ ދަތުރާއި އެއްވަރަށް ރާއްޖެއިން ބޭރަށް (ބޭކާރު) ދަރުރުކުރެއްވުމާއި، މަޖާކޮށްލެއްވުމަށް އާރަށަށް ދަތުރުކުރެއްވުމާއި، ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ވެސް މިވަރުގެ ވެރިއަކު ނެތް. ރަށްރަށަށް ކުރެވުނު ދަތުރުތަކަށްވުރެ އެނޫން ދަތުރުތައް އެތައް ގުނައެއް ގިނަވާނެ. ތަފާތު ވާނީ މިހައިކަންހާ ވަރަށް.
ޓޫރިސްޓު
11 August 2025
ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް އެބަދޭ، މީ ހަމަ އެއްވަނަ
މުސްތަފާ ކަރީމް
11 August 2025
މީ ހަގީގީ ރައްޔިތުންގެ ރައީސުންނަކީ. މިގޮތަށް ގޮސް ރައްޔިތުންގެ ހާލް ބަލަން ޖެހޭނެ. ރައްޔިތުންނަށް ދަތިވާ ކަންކަން ކައިރިން ބަލަންޖެހޭނެ.