ކުރީގެ ނައިބު ރައީސް އަދީބު: އޭނާ ދައްކަވަންޖެހޭ ޖޫރިމަނާގެ ތެރެއިން އެއް މިލިއަން ރުފިޔާ އަދިވެސް ދައުލަތަށް ނުލިބޭ --- ފޮޓޯ/މިހާރު
11 އޯގަސްޓް 2025 - 12:40
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ތެރެއިން އެއް މިލިއަން ރުފިޔާ އަދިވެސް ދައުލަތަށް ނުލިބޭތީ އެ ހުކުމް ތަންފީޒުކުރަން ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކޮރަޕްޝަނާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމަކާ އެކު ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ.
އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ އަދީބު ދެއްކި ނަމަވެސް ބާކީ އޮތް އެއް މިލިއަން ރުފިޔާ ނުދައްކާތީ އެ މައްސަލަ ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން މިދިޔަ ޖެނުއަރީ މަހު ކޯޓުން ހުކުމްކުރި އެވެ.
ނަމަވެސް މިހާތަނަށް ވެސް އެ ފައިސާ ނުދައްކާތީ އެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ. އެކަމަކު، އަދީބުގެ ބޭންކް އެކައުންޓްގައި ވެސް ފައިސާ ނެތުމުން އެ ހުކުމް ތަންފީޒު ނުކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އަދީބުގެ އެއްވެސް މުދަލެއް ވެސް ނެތް ކަމަށް ވެ އެވެ.
ދައުލަތާ އެކު، ހެދި އެއްބަސްވުމެއްގެ ދަށުން އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ މަނިކުފާނު ވަނީ އެ ވެރިކަން ނިމުނު އިރު ޖަލު ހުކުމުން ބާކީ ބައި އެންމެ ހަތަރު ދުވަހުގެ ޖަލު ހުކުމަކަށް ކުޑަކޮށް ދެއްވައިފަ އެވެ. އެ ނިންމުމާ އެކު، އަދީބު ވަނީ އެއްކޮށް މިނިވަންވެފަ އެވެ.
އަދީބު މިނިވަންވި ފަހުން އޭނާ ވަނީ ރާއްޖެ އިން ބޭރަށް ބަދަލުވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުޅުވޭލޯ
13 August 2025
އޭނަގެ ލޮލުން ހުޅުވޭ އެކައުންޓެއް އޮވެއެއްނު ބޭރު ގައުމެއްގަ. އޭނަ ގޮވައިގެން އެތަނަށް ދިއައިމަ ލާރިކޮޅު ލިބޭނެ
ވޯލް
12 August 2025
މިކަލޭގެ ލަދެއް ނުގަނޭ މާ ހީރޯ ހެދިފަ އަދި ސޯޝަލް މީޑިއާއަށް އަރާ ވޯޑިއޯ ޕޯސްޓް ކުރަން. މިނާގެ ފަހަތުން ވެސް މީނައަށް ސަޕޯޓް ކުރާ ދިވެހިންގެ ގަޅި ކަމާއޭ، ތިމާމެންގެ ޓެކްސް ފައިސާ ކާލައިގެންކަން އުޅެނީ ނުވިސްނޭ. އޭގެ ބަދަލުގައި އޭނަ ވައްގަ ނެގި ފައިސާއިން އެތިކޮޅެއް ލިބޭތީ އުލެނީ.
އިންތިލި
12 August 2025
މީނާއަށް މަޢާފުދިނީ އިބޫކަން ހަނދާން ނައްތާނުލާތި! އިބޫ ރަނގަޅުކޮށްވާހަކަ ކައްކާމީހުން އެކަމާ ބެހޭގޮތުން ބުނަނީ ކީކޭ؟
ލަބޫބޫ ލަތީފް
12 August 2025
މީހާދަ ވަރުގަދަގައުމެކޭ. މުޅި ބައިތްލް މާލު ދަވާލި މީހަކު މިއުޅެނީ މިނިވަންކަންމަތީ. ރިހާކުރުފުޅިނެގިމީހާ އަދިވެސް ޖަލުގަ
ވާރުތަ
11 August 2025
މި ޤައުމު ހަލާކުވެގެން މި ދިޔައީ، ވެރިކަން ކުރަން ނޭގޭ ވެރިޔަކު، ޤައުމުގެ ހުންގާނާ ހަވާލުވި ހިސާބުން. ހުވަފެނުން ވެސް ނުދެކި ހުއްޓާ ބަޔަކު މީހުން ގޮސް ތަޚުތުގައި ، މި ބޭފުޅާ ވަޑުވައިފި. ވާނެ 06 އެތި ވެ ނިމިއްޖެ. އެއްްވެސް މިސްރާބެއް ނެތި ޤައުމު ދަތުރު ކުރަމުން ދިޔަ. ތަޚުތުގެ ބޭނުމަށްޓަކައި، ބޮޑެތި، މުޖުރިމުން ދޫކޮށްލި. ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ހިއްކާފައި އޮތް ރާއްޖޭގެ އެންމެ އަގުބޮޑު ބިން ގާތް ރައްޓެހިންނަަށް ބަހާ ހުސްކޮށްލި.
ހޮޓްކިންގ
11 August 2025
ނުދައްކާ އެ ފައިސާމަތީގަ ނިދާހަދަން ދޫކޮށްފަހުރީ. ކާކުތަ ދޫކުރީ؟ ކާކަށް ހުތުރީ؟ މިގައުމުގެ އިންސާފު އަދުލުވެރިތަ؟
ސަރީފާއްތަ
11 August 2025
މިގައުމަށް މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް އައްނަ ތަނަކަށް ހެއްދެވީ އަދި ވެރިކަމުގައި ހީވާގިކޮށް ޔާމީންގެ ވެރިކަން ކުރެއްވީ އަދީބް. ފައިސާ ޔާމީންއަށް ބައިއެޅުނުވަރު އެއްމެރަގަޅަށް އެގިވަޑައިންނަވާނީ ވެސް އަދީބް. އަދީބް ތިފައިސާ ދައްކަން ފަސްޖެހިވަޑައިންނަވާނެހޭން ހާދަހީނުވޭ. ހުކުމާއިއެއްގޮތަށް ފައިސާ ދައުލަތަށް ދައްކާ.
ކަތްދާތަ
12 August 2025
ސަރީފާއްތަ އަށް ހީވަނީ. އެކަމަކު އެފައިސާ ސަރުކާރަށް ނުދައްކާކަން ދައުލަތަށްޔަގީން.
އަނެއްއައްތަ
13 August 2025
ތިބުނާ ވަރަށް ބައިއެޅުނުނަމަ ޔާމީން އޭނަ ޖަލަކަށްނުލީސް. ބައިއެޅުނު މީހުން ސާފުކޮށް ފެންނަން އޮތީ އޭނަ ޖަލުން މިނިވަންކުރި މީހުންނަކީ ކޮބައިކަން ބެލީމަ. ގައުމުގަ ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އަދަބަކަށް އޭނަ ޖަލަށްލާފަ ބޭއްވީ ޔާމީން. އެކަމު އެކަން މިގައުމު މީހުންނަށް ކަމުނުދިޔައީ.
ނާބަ
11 August 2025
ޠާމީން ކިއެއްތަ ވާނީ އެ ދައްކާލަދިނިއްޔާ
ސަދޫމް.
11 August 2025
20 އަހަރަށް ހުކުމް ކުރި މީހެއް. ގެނެސް ޖަލަށް ވައްދަން ޖެހޭ މީހެއް.
އަޅި އަލީ
11 August 2025
"ދައުލަތާ އެކު، ހެދި އެއްބަސްވުމެއްގެ ދަށުން އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ މަނިކުފާނު ވަނީ އެ ވެރިކަން ނިމުނު އިރު ޖަލު ހުކުމުން ބާކީ ބައި އެންމެ ހަތަރު ދުވަހުގެ ޖަލު ހުކުމަކަށް ކުޑަކޮށް ދެއްވައިފަ" މިކަމަކަކަށް އިބޫއަކައަށް އަދި އެމްޑީޕީއަކަށްވެސް މާފު ދެވޭކަށެއް ނެތް!