އެސްއޯއެފްގެ ހިއްސާ ކުރިން އޮތް އަދި އެ ކުންފުނި ހިންގި މުހައްމަދު އައްލާމް ލަތީފް (މޮހޯ)--
25 މެއި 2025 - 21:58
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިފައިވާ އެސްއޯއެފް ކުންފުނިން އެމްއެމްޕީއާރްސީއަށް 165 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެސްއޯއެފް އިން އަމަލުކޮށްފައި ނުވި ނަމަވެސް، އެ ހުކުމް ތަންފީޒުކުރާނެ އަޅާނެ ފިޔަވަޅެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވުނު އަދި މިހާރު ފިލައިގެން ރާއްޖެއިން ބޭރުގައި އުޅޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ ކުރިން އޮތް އެސްއޯއެފްގެެ މައްޗަށް 2017 ވަނަ އަހަރު އެ ހުކުމް އައީ އެ ކުންފުންޏާއި އެމްއެމްޕީއާރުސީއާ ދެމެދު އޮތް އެއްބަސްވުމެއްގެ ދަށުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 10.7 މިލިއަން ޑޮލަރު (165 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ހޯދަން އެމްއެމްޕީއާރުސީން ދައުވާ ކުރުމުންނެވެ.
އެ ހުކުމާ އެއްގޮތަށް ހަ މަސް ދުވަހުގެ ތެރޭ އެސްއޯއެފުން ފައިސާ ދައްކާފައި ނުވާތީ، ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއް އެމްއެމްޕީއާރްސީން ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
އެ މައްސަލައިގައި މިއަދު ސިވިލް ކޯޓުން ކުރި ހުކުމްގައި، އެމްއެމްޕީއާރްސީއަށް ދައްކަން ޖެހޭ ފައިސާ އެސްއޯއެފުން ދައްކާފައި ނުވާ ކަން ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް، އެސްއޯއެފްގެ ނަމުގައި އެއްވެސް މުދަލެއް ހުރިތޯ އާއި އެ ކުންފުންޏަށް އާމްދަނީ ލިބޭނެ އެއްވެސް ވަސީލަތެއް ހުރިތޯ ކޯޓުން ބެލި ބެލުމުން އެފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށް ހުކުމްގައިވެ އެވެ. އަދި ސާބިތުވެފައިވާ ދަރަނީގެ ފައިސާ އެމްއެމްޕީއާރްސީއަށް ހޯދައިދިނުމަށް ގޮތުން މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މި ވަގުތު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.
އެހެންވެ، ސިވިލް ކޯޓުން ކަނޑައެޅީ އެސްއޯއެފްގެ މާލީ ތަނަވަސްކަމެއް ހުރިކަން އެނގޭނެ ލިޔުންތަކާ އެކު ނުވަތަ އެފަދަ މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތަކާ އެކު ކޯޓަށް ހުކުމް ތަންފީޒުކުރުމަށް ހުށަހެޅުމުގެ ހައްގު އަދިވެސް އެމްއެމްޕީއާރްސީއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، މައްސަލަ ނިންމި އެވެ.
އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު އޭގެ ތެރެއިން ބައެއް ފައިސާ އެކި ފަރާތްތަކަށް ބަހާފައިވަނީ އެސްއޯއެފްގެ އެކައުންޓުންނެވެ.
އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ވެސް ވަނީ ކުށް ސާބިތުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުލު އިންސާފު
28 May 2025
ނިކަމެތި ރައްޔިތު މީހާނެގި ލުއި ލޯނެއް ވަޒީފާ ގެއްލުމުން ލޯނު ނުދެއްކުނީމަ ، އެކައުންޓު ފްރީޒުކޮށް ، ކޯޓަށް ދަމައި މުދަލާއި ، އަނބި ދަރިންގެ މައްޗަށް ލޯނު ދައްކަން ހުކުމްކޮށް ، މީހާއަށް އިތުރަށް ކުރިޔަށް ނުދެވޭ ވަރަށް ބޭންކުންނާއި ، ދައުލަތުގެ ނިޒާމުތަކުން ފިއްތައި ، އެންމެ ފަހުން މީހާ އަމިއްލަޔަށް މަރުވާ ހިސާބަށް ދިޔައީ.. އެކަމަކު އެންމެންނަށް ފެންނަން އޮތް ދައުލަތުގެ ބޮޑު ވައްކަމުން ގެއްލުނު ފައިސާ ނުހޯދުނު..މިއީ މިދުނިޔޭގެ އިންސާފު..
ގޮނުއަނގަ
26 May 2025
ހިޔަންޏާ ކުޅެގެން ހިޔަނި އަތުނުވާނެކަން ނޭނގި ޤާނޫނު ހަދާނީ މޮޔައިން. އެކަހަލަ ޤާނޫނުނަށް ހުކުމް ކުރާނީ ބުއްދިވެރި ފަނޑިޔާރުން.
ޕިސް
26 May 2025
ހާމިދު އިސްމާއިލްގެ މައްޗަށް ވެސް ވަނީ ކުށް ސާބިތުވި އެވެ. <<<< ގްރެމަރ މިސްޓޭކް
ނަންރީތި ހުސޭނު
26 May 2025
އެސްއޯއެފްގެ ފައިސާ ބެހުނުގޮތް ބޭންކްތެރޭން އެނގޭނެ، ޅާރިއަނބުރާ ނުދައްކަންޔާ އެމީހުން ހިފާ ހައްޔަރުކުރޭ. ކުންފުންޔެއް ވިއްޔާ ޑިރެކްޓަރުން ތިބޭނެ، މޑއެއް ހުންނާ އެމީހުން ހިފާހައްޔަރު ކުރޭ. އެހެން ކުންފުނިތަކައްވެސް އެހެން ހަދާފަ ހުރީ، ދެން މީމީހުނާ ޖެހުނީމަ ތަފާތު؟ ކުރީ ސަރުކާރުން އަޖީބާއެކީ ޑީލްހެދީ ފަނޑިޔާރުންނައްވެސް ބައިއެޅިގެންތަ؟
1818
26 May 2025
އަދީބު އަތުން ފައިސާނެގި ބަޔަކަށް ކިހިނެތް ހުކުމެއް ކުރެވޭނީ!
މުދާނަގާ
26 May 2025
ކަރުދާސް ކުންފުނި ހަދައިގެން ބައިތުލްމާލު ނޮޅައިކާ މީހުންގެ މުދާ ދައުލަތަށް ނަގަންވާނެ
ކޮރަލް
26 May 2025
ހަމައިގަ ތޯ ހުރީ ބަލަން އެބަ ޖެހެ އެވެ. ؟ ނޫނީ ކިހާވަރެއްތޯ ލިބުނީ ބަލަން އެބަ ޖެހެ އެވެ. ؟ ރައްޔިތުންގެ އެތައް މިލިއަން ފައިސާ އެވެ. އެންމެން ގުޅިގެން ފައިސާ ބަހާފަ ނިންމާލީމަ ކަމަކު ނުދާނެ އެވެ. ކުރީން އެނަމުގަ ފައިސާ ހުރެފަ މިހާރު ނެތް ނަމަ އެފައިސާ އާ މުދަލަށް ވޯގޮތެއްވެސް ބަލަން ވާނެ އެވެ.
އަޅި އަލީ
26 May 2025
އެބޭފުޅުންގެ ގެދޮރު އެބަހުރި@ ދައުލަތަށް ނަގާ! ޞޮދެއްގެ މީހެއް ވިއްޔާ ނުކުރެވޭނެ އެއްވެސް ކަމެއް! މުލިއާގެއިން އަނބުބިންމީހާ ޖަލުގަ!
އިސްމާލި
26 May 2025
ޝުކުރިއްޔާ. މިހާރު މަމެނަށްވެސް އެނގޭ ކަންތައް ކުރަންވީ ގޮތް. ކުންފުނި ހަދާފައި އެއްވެސް އެސެޓެއް ނުގެންގުޅެ، ހަމައެކަނި ކިރިޔާ ފުދޭވަރަށް އެކައުންޓުގައި ފައިސާ ބަހައްޓާނީ. ދެން ސްކޭމް ހިންގާލާފައި ފިލީމަ ނިމުނީ.
ވޯލް
26 May 2025
މީނާއާ މީނާގެ އާއިލާވެސް ހަމަ އޯކޭ. ދިރިއުޅެނީ ރައްޔިތުންގެ ފައިސާ ވ ނަގާގެން.