ޚަބަރު / އެމްއެމްޕީއާރުސީ

އެމްއެމްޕީއާރްސީ އަށް 160 މިލިއަން ރުފިޔާ ދައްކަން އެސްއޯއެފްގެ މައްޗަށް ހުކުމްކޮށްފި

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތް ހިންގިކަން ފަޅާއެރުމާއެކު ފުލުހުންނާއި ސިފައިން އެ އޮފީސް ފާސްކޮށް އެތަނުގައި ފޯރިމަރަނީ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިފައިވާ އެސްއޯއެފް ކުންފުނިން އެމްއެމްޕީއާރްސީއަށް 160 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވުނު އަދި މިހާރު ފިލައިގެން ރާއްޖެއިން ބޭރުގައި އުޅޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ ކުރިން އޮތް އެސްއޯއެފްގެެ މައްޗަށް އެ ހުކުމް އައީ އެ ކުންފުންޏާއި އެމްއެމްޕީއާރުސީއާ ދެމެދު އޮތް އެއްބަސްވުމެއްގެ ދަށުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 10.7 މިލިއަން ޑޮލަރު (160 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ހޯދަން އެމްއެމްޕީއާރުސީން ދައުވާ ކުރުމުންނެވެ.

ގާޒީ ހާތިފް ހިލްމީ ކުރެއްވި ހުކުމުގައި ވަނީ ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ ޕްރޮމިސަރީ ނޯޓްތަކުންނާއި ލޯނުތަކުގެ ގޮތުގައި އެސްއޯފަށް އެމްއެމްޕީއާރުސީން ދޫކުރި ފައިސާގެ ތެރެއިން 10.7 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީ އަށް ދެއްކި ކަން އެސްއޯއެފް އަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އެހެންވެ، އެ ފައިިސާއަކީ އެމްއެމްޕީއާރުސީއަށް އެސްއޯއެފުން ދައްކަންޖެހޭ ފައިސާކަން ސާބިތުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެސްއޯފްގެ ޣައިރު ހާޒިރުގައި ކުރި އެ ހުކުމުގައި އަންގާފައި ވަނީ މިއަދުން ފެށިގެން ހަ މަސް ތެރޭގައި އެ ފައިސާ ދައްކައި، ޚަލާސް ކުރުމަށެވެ. އެސްއޯއެފްގެ ޣައިރު ހާޒިރުގައި ހުކުމްކުރީ އެ މަޖިލީހަށް އެސްއޯއެފްގެ ފަރާތުން ހާޒިރު ނުވުމުންނެވެ.

އެ މައްސަލަ އެމްއެމްޕީއާރުސީން ކުރިން ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދަނިކޮށް، އެމްއެމްޕީއާރުސީން ކޯޓަށް ހާޒިރު ނުވުމުން ފުރަތަމަ އެ މައްސަލަ ބޭރުކޮށްލި އެވެ. މިއަދު އެ މައްސަލައިގެ ހުކުމްކުރީ ދެވަނަ ފަހަރަށް އެމްއެމްޕީއާރުސީން އެ މައްސަލަ ހުށަހެޅުމުންނެވެ.

އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު އޭގެ ތެރެއިން ބައެއް ފައިސާ އެކި ފަރާތްތަކަށް ބަހާފައިވަނީ އެސްއޯއެފްގެ އެކައުންޓުންނެވެ. އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ވެސް ވަނީ ކުށް ސާބިތުވެފަ އެވެ.

33 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 12%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެކްސް

18 September 2017

މިއީ ދިވެހި ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް. ތިފައިސާ ދައްކަންޖެހޭ މީހުން މިގައުމުގައި އެބައުޅޭ.

The name is already taken The name is available. Register?

ބޭބެ

18 September 2017

އަސްލު މީ ދޯ މިވީ ގޮތަކީ؟ ބްރޯ ޖަލަށް ދާން މި ޖެހުނީވެސް އެއްމެ 10 މިލިއަން ޑޮލަރު ބޮސްއަށް ނޭނގި ކާލީމަ ދޯ؟ ބޮސް ކާލިވަރު އެނގޭނެ ދުވަހެއްވެސް އަންނާނެ އަދި. މުންޑާ ކަޑިކަ ބޭނުންކޮށްގެން މިހާރު ސަލާމަތް ވެވިދާނެ.

The name is already taken The name is available. Register?

އަތްފުނާ

17 September 2017

''' އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާ ''' އެއީ އެމްއެމްޕީއާރުސީގެ ފައިސާއެއްނޫން.އަދި އެއީ ސަބަބެއް ލާންވެގެން އެކަން އަޅުވާފައި އޮތް ކުންފުންޏެއް އަދި އެއީ އެމްއެމްޕީއާރުސީއާ ބެހޭވެސް ފައިސާއެއްނޫން އަދި އެއީ ދައުލަތުގެ ފައިސާއެއްވެސްނޫން.

The name is already taken The name is available. Register?

ފަޅުތަކުން

17 September 2017

ހުކުމްކޮށްގެންތިބެންޖެހޭނީ ނުކުރެވޭ އެއްކަމެއްވެސް, ތީޤައުމެއްތަ؟

The name is already taken The name is available. Register?

ސިކްރިތިއާނާކޮއިމަލާ

17 September 2017

ވުޖޫދު ގާ ނެތް ބަޔަކަށް ކިތަންްމެ ވަރަށް ހުކުމް ކުރިޔޭ ކިޔާފަ ކަމެއް ވާނެތަ؟ މިއުޅެނީ ކަންދައްކަން! ހުކުމް ކުރީމޭ ބުނަން ވެގެން! އޭރުން ނެއްނު ދެން އަންނަ ސަރުކާރަކަށް އޭގެ އަސްލާ ހަމައައް ވާސިލް ނުވެވޭނީ! ބުނެވޭނެ އެއްނު މަށެއް ނޫނޭ އެސްއޯއެފް އޭ!

The name is already taken The name is available. Register?

މަތިޖަހާބެ

17 September 2017

ތިމައްސަލަ ދެން ތި ނިމުނީނު ތިހާ ހިސާބުން. ދެން އިތުރު މީހަކު ތިކަމުގަ ކުށްވެރިއެއް ނުވާނެ.

The name is already taken The name is available. Register?

ހެހެހެ

17 September 2017

ތީ ހުސް އާރޓް! އަނެއްކާ ތިޔަ އެސްއޯއެފް އަށް ހުކުމް ކޮށްގެން ކޮންމެއް ވާނީ! އެފައިސާ ގެޔަށް ވެއްދި މީހާ ކޮބާތަ؟

The name is already taken The name is available. Register?

ދޫނިރާއްޖެ

17 September 2017

160 މިލިޔަނަކީ 1.22 ބިލިއަނަށް ބަލާއިރޔ އަދި ކުޑަ އެއްޗެއް. ބާކީހުރި އެއްޗިހި ނެގި މީހުން ކޮބާ؟

The name is already taken The name is available. Register?

ހަމަހޭ

17 September 2017

ބަލަގަ ފޮށިފޮށީގަ ވެއްދިކަމައްބުނާ މީހުންކާރިޔައްދޭބަލަ ހޯދަން. މިހާރުޔޯ މިއެގުނީ އެއީ ހަރާން ފައިސާކަން. އެކަމަކުވެސް ހަމަ ހޭވެސް އަހާނުލާނަންތަ.

The name is already taken The name is available. Register?

ލައްކަވާހަކަ

17 September 2017

މމޕރސ އަކީ ފައިނޭންޝިއަލް އިންސްޓިޓިއުޓެއްތަ ލޯން ދޫކުރަން..؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454