މަޖިލީހުގެ ނައިބު ރައީސް ނާޒިމް: އެމްއެމްޕީއާރުސީ ހިޔާނާތުގެ 14 މިލިއަން ބޭނުންކުރި މީހުން ހެއްކާ އެކު ހޯދިއްޖެ ކަމަށް އޭނާ ވިދާޅުވި. -- ފޮޓޯ | މަޖިލިސް
11 އޯގަސްޓް 2025 - 13:17
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ގެއްލުނު 14 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހެއްކާ އެކު ހޯދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަކަށް ފަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ނުއަގުގައި ވިއްކައިގެން ދައުލަތަށް 1.4 ބިލިއަން ރުފިޔާ ގެއްލިފައިވެ އެވެ.
އެމްޕީއެލަށް އެފްއެސްއެމުން ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވާ މައްސަލައިގައި މާލިއްޔަތު ކޮމިޓީގެ ދިރާސާއަށް ފަހު އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހޯދިފައިވާ ކަމަށެވެ.
"އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ، އެ ބޭނުންކުރި ފަރާތްތައް އަޅުގަނޑުމެންނަށް ވަނީ ހެއްކާއި ގަރީނާ އެކު ޝައްކެއް ނެތް މިންވަރަށް ހޯދިފައި،" ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް، މާލިއްޔަތު ކޮމިޓީގައި ވެސް އިންނަވާ ނާޒިމް އޭގެ ތަފްސީލެއް މިއަދު ހާމައެއް ނުކުރައްވަ އެވެ.
ނާޒިމް ވިދާޅުވީ މި ސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ސަރުކާރެއް ކަމަށާއި މިހާތަނަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ފިޔަވަޅުތައް އަޅުއްވާފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި މިހާތަނަށް ދައުވާކޮށް ދަށު ކޯޓުން ސާބިތު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި ދައުވާއެކެވެ. އެ މައްސަލަ ވެސް ވަނީ ސުޕްރީމް ކޯޓާ ހަމައިން ސާބިތު ނުވާ ކަމަށް ނިންމައިފަ އެވެ. އިތުރު ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ކުށް ސާބިތުވި އެވެ. ނަމަވެސް، ފަހުން އަދަބު ލުއިކޮށް، މިދިޔަ ސަރުކާރުން އޭނާ ވަނީ މިނިވަންކޮށްފަ އެވެ.
ހިޔާނާތުގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ބެލެވޭ އަދީބު މިނިވަންކުރިއިރު، އެ ހިޔާނާތް ތަހުގީގު ކުރަން މިދިޔަ ސަރުކާރުގައި ރިޔާސީ ކޮމިޝަނެއް ހަދައި، ކަމާގުޅޭ އިދާރާތަކާ އެކު ތަހުގީގު ކުރިއަށް ގެންދިޔަ އެވެ. އެކަމަކު، އެ ކޮމިޝަނަށް ނެރެވުނު ނަތީޖާއެއް ނެތެވެ.
މި ހިޔާނާތުގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން އާއި އޭސީސީގެ އިންވެސްޓިގޭޓަރަކަށް އުޅުނު އަބްދުﷲ އާޒިމް އަދި މިދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ވެސް އެމްއެމްޕީއާރްސީ ކޮރަޕްޝަންއާ ގުޅޭ ދައުވާތަކެއް އުފުލި އެވެ. އެ މައްސަލަތައް ސާބިތެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހައްލެއްނުވާނެ
13 August 2025
އަދީބު އެބޮޑު ކޮރަޕްޝަން ހިންގީމަ އޭނަ ޖަލަށްލީ މީހާ އެންމެ ފަހުން ނުބައިވީ. ދެން ޖެހުނީ އެހެން ވެރިއަކު މިގައުމަށް ގެންނަން. އެވެރިޔާ އަދީބު ދޫކޮށްލީ. ސިޔާސީ މަންފާއަށްޓަކައި ވާހަކަތައް ކޮންމެ ކޮޅަކަށްވެސް އަނބުރާނެކަން އެއިން އެނގެނީ. ހަގީގަތުގަ ގައުމަށް ހެވެއް އެދިގެން އުޅޭ ބައެއް ނެތް. އެންމެ އިތުބާރުކުރެވޭ، އެހާމެ ގާތް އަމިއްލަ ޕާޓީ މީހާ ޖަލަށްލާން ކެރުނު ވެރިއެއް ޔާމީން ނޫނީ ނެތް. އެކަމު އެކަން ކަމުނުދާކަމަށްވީ.
ނަންނުގަރި3333
12 August 2025
ާތިބޭޅާ ހިންގި ކަރަޕްޝަންގެ ފައިސާ ދައުލަތައް ދޭނީ ކޮން އިރަކުންތޯ.
ހުސަ
12 August 2025
މިކަހަލަ ހެޑްލައިންތަކާއި އަރިމަތީ ސުރުޙީތަށް އަޅުވަންވެގެން މިބާވަތުގެ ވާހަކަތައް އިވިއިވި ކަންފަތްވެސް "ފޫހި" ވެއްޖެ! މިބުނަނީ ހަމަތެދެއް! ތިޔަ އެއްވެސް މައްސަލައެއް ބަލާ ބަޔަކަށް ފިޔަވަޅު އެޅިތަނެއް ނުފެންނާނެ! އާދައިގެ މީހަކު ނަގާ އެހެނުލާނެއެކޭ ނޫން! ބޮޑެތި "ވަގުން"ތައް ހަމައެގޮތުގައި ދާނީ ކުރިއަށް! ސަރުކާރުގެ ނުފޫޒްގެތެރޭ ގިނަ މީހުން ތިބީ! މަތީ ބޮޑެތި މަގާމުތަކުގަ ގިނަ މީހުން ތިބީ ތިޔަ ތުހުމަތު އަޅުވާ!
ފުތާ
12 August 2025
ފަޒުލްމެން ކޮބާ؟ ނޯ ކޮރަޕްޝަން؟ ނޯ އިޝޫސް؟ އިނޮސެންޓް؟
އައިމިނާ
11 August 2025
ރައީސްޔާމީންވެސް ރަނގަޅުވާހަކަތައް ދައްކާ.މައްސަލައަކީ މުޚާތަބު ކުރުމުގެ މައްސަލަ.
ސުވާލި؟
11 August 2025
ސާބިތު ނުވީތޯ ނުވަތަ މައްސަ ކޯޓުން ނެގީތޯ؟
އޮނަރަބްލް އަފީފު ދީދީ
11 August 2025
މާޒީގައި ކޮށްފައިހުރި ވައްކަން ބަލާ ތަޚްޤީގުކޮށް އެ ވައްކަންތަކުން ވަގަށްނަގާފައިވާ ފައިސާ އަބުރާ ދައުލަތަށް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ޕްރޮސިކިއުޓަރ ޖެނެރަލް އާއި އޭސީސީގެ ފަރާތުން ބަރާބަރަށް ކުރަމުންދޭ ތޯ އާއި މިފަދަ ކަންކަމުގައި ސަރުކާރުން އެއްވެސް ވަރަކަށް ފަރުވާ ކުޑަކޮށް އިހްމާލު ވާނަމަ ގުޅުން ހުރި ވަޒީރުންނާއި އަދި ސީދާ ރައީސް ކަމުގައި ހުންނަ މީހާއާއި ވެސް ސުވާލުކޮށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާ މަޖިލީހުން އަދާ ކުރުމަށް ތާއީދު.
އޮނަރަބްލް އަފީފު ދީދީ
11 August 2025
މިފަދަ ވައްކަންތަކުގެ ކަންކަން ބެލުމުގެ އިތުރަށް ސަރުކާރު އޮފިޝަލުންނާއި، މަޖިލިސް މެންބަރުން އަދި ކ.މާލޭ މީހުން (މާލޭމީހުންނޭ މިބުނަނީ އެރަށުމީހުނަށް ޚާއްސަކޮށްގެން ފުލެޓް ދެމުން ގެންދާތީ) ގެ ކަށީގައި ހިފާފައިވާ ފުލެޓް ވައްކަން ނުވަތަ "ވަންނާނެތަނެއް ނެތްކަމަށް ބުނެ ދޮގުމައުލޫމާތު ދީގެން ހޯދާ ސޯޝަލް ހައުސިންގ ސްކީމް ފުލެޓްތައް ނާޖާއިޒު ގޮތުގައިހޯދުން ހުއްޓުވުމަށްޓަކާ" ހަދާންޖެހޭ ޤާނޫނު ހެދުމަށްވެސް މަޖިލީހުން އިސްކަން ދޭންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
11 August 2025
މާލޭގައި ބޮޑެތި ބިންތައް ހުރެ އެތަނުގައި ދިހަ 12 ބުރިއަށް އިމާރާތް ކޮށްފައިވާ ކ.މާލޭ ދެމަފިރިންގެ ހުންނަ އެންމެ ދަރިއެއްގެ ނަމުގައި ވެސް ދޮގު މައުލޫމާތު ދީގެން ސޯޝަލް ފުލެޓް ނަގާ އެއްބަސް ވުމާއި އެއްގޮތަށް އަގު އަދާކުރަން މަހުން މަހަށް ދައްކަން ޖެހޭ އިންސްޓޯލްމަންޓް ފައިސާ ވެސް ނުދައްކާ ދެވަނަ ފަރާތަކަށް ބޮޑު އަގުގައި ފުލެޓް ތައް ކުއްޔަށް ދީގެން އެފައިސާ ކަމުން ގެންދާ މާލޭގެ އެތައް ހާސް މީހުން ތިބިއިރު ކީއްވެގެންތޯ ނާޒިމް މެން މިކަން ނުބަލަނީ؟!
ހަމްދާ
11 August 2025
ތީހަމަ އެއްބައެއް. ތިބަޔަކު ދުވަހަކުވެސް ލޮލަކަށް ނުފެންނާނެ. ދެން ތިވަރަށް ހެކި ހުރިއްޔާ ކީއްވެބާ ތިޔަބަޔަކު ބަންދު ނުވާންވީ.