ކަމަދޫ ސްކޫލު އާ އިމާރާތް އެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ހަމްދާން ޝަކީލް ސޮއި ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
11 އޯގަސްޓް 2025 - 13:55
ބ. ކަމަދޫ ސްކޫލުގެ ޖާގަ އިތުރު ކުރުމަށް އެ ސްކޫލްގައި ޖާގަ އިތުރުކުރަން އާ އިމާރާތެއް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ބ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކަމަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ އެ ސްކޫލު ޖާގައިގެ ދަތިކަން ފާހަގަ ކުރައްވައިފަ އެވެ.
ކަމަދޫ ސްކޫލު އާ އިމާރާތް އެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ހަމްދާން ޝަކީލް ސޮއި ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވީ ކަމަދޫ ސްކޫލަކީ ޖާގައިގެ ދަތިކަން ބޮޑު އަދި އިތުރު ވަސީލަތްތައް ބޭނުންވާ ސްކޫލެއް ކަމަށްވާތީ، އެ އެއްބަސްވުމުގެ ދަށުން އަޅާ އިމާރާތަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ އިމާރާތަކަށް ވެގެންދާނެ ކަމަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 5.4 މިލިއަން ރުފިޔާއަށެވެ.
އާބާދީގައި 500 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގެ ސްކޫލުގައި މިވަގުތު ކިޔަވަނީ 74 ދަރިވަރުންނެވެ. އެއް ދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލްގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޭޅި
12 August 2025
ރަށްރަށްގޮސް ރަށްޔިތުން ގުނބޯ ހައްދަނީއެވެ.
ބުހުތާނު
11 August 2025
ތިކަމުންވެސް އެނގި ހާމަވަމުންދަނީ ކަމެއް ކުރުމުގެ ނިޔަތެެއް ނެތްކަމެވެ. ރައްޔިތުން ލޮލުގަ އަދުން އެޅުވުމަށް ވަމުންދާ އެއްބަސްވުންތަކެއް ކަމެވެ. ދޮގާއި މަކަރާއި އޮޅުވާލުން ނޫން ކަމެއްނެތެ.
ޢއ2
11 August 2025
ކުރީ ދައުރުގައި 9 މިލިޔަން ރުފިޔާއަށް 3 ބުރީގެ ސްކޫލް އެޅި... މިހާރު ސަރުކާރު ކުންފުންޏަށް 2 ކްލާސްރޫމް އެޅެނީ 5.4 މިލިޔަން ރުފިޔާއަށް... ސުބްޙާނަﷲ
އލށފތ
12 August 2025
އެބުނާހެން މީ ކޮންކަހަލަ ޖަރީމާއެއް ފާޅުގަ.
ޑިޒައިނަރ
11 August 2025
ތި އިމާާރާތުގެ އެއްވެސް ކުރެހުމެއް އެބައޮތްބާ!!!!!!
އާނިޔާ
11 August 2025
ސޯޝަލް ހައުސިން ޕްރޮގުރާމް ހިންގަން އުފެއްދި ކުންފުނި އެމްމެފަހުން އެބަދުލުވީ ސުކޫލް ޢިމާރާތް އަޅާ ކިންފުންޏަކަށް .
މަބުނީ
11 August 2025
74 ދަރިވަރުންނަށް 5 މިލިއަން ހަރަދުނުކޮށް އަތޮޅުގެ ބޮޑުރަށަކަށް ބަދަލުކޮށްބަލަ. ތުޅާދޫއާ ގޮއިދޫވެސް އެބައޮތް.
ދޮން
11 August 2025
ވާނުވާ އެއް ނޭގޭ ، ބަޖެޓެއް ސުކޫލަކަށް ނުލިބޭ ، ވަރަށް ދަށް ކޮންމިދަނީ
އެކްސިް
11 August 2025
މިއަށް ކިޔަނީ މިށަން ކްރީޕް. ސޯށަލް ހައުސިން އަށް ހެދި އެސްއޯއީ އަކުން މިފެށީ އިމާރަތް ކުރުމަށް. އިމާރާތް ކުރުމަށް އެތައް އެސްއޯއީ އޮތް އިރު މިއީ އަމިއްލަ ކޮންޓްރެކްޓަރުންނަށް ނުކިރެވޭވަރު މަސައްކަތެއްވެސް ނޫން.
ހަސަން ޢަލީ
11 August 2025
ހެޔޮނުވާނެ ހުސް ކަރުދާހާއި، ހުސް އެގްރިމެންޓުތަކުގައި ސޮއި ކުރުން ހުއްޓާލާށެވެ. ތިޔަ ކުރާކަންކަން ރައްޔިތުންނަށް އެގެއެވެ.ސަރުކާރުގެ އެއްވެސް ކުންފުންޏެއްގައި މިލިއަނުން މިލިއަނުން ޚަރަދުކޮށްގެން ޢިމާރާތް ކުރާނެ ފައިސާއެއްނެތެވެ.ކުރާކަމަކީ ފިނޭންސް މިނިސްޓަރު މުސާރަދޭން ފައިސާ ދިނުމުން މުސާރަ ދިނުމެވެ.އަމުދަކުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަކީ ރިއަލް ސްޓޭޓް މަސައްކަތް ކުރާ ކުންފުންޏެކެވެ.
ދިއްދޫމީހާ
11 August 2025
މާތްކަލާކޯ ހަމަ ދަތުރުގެ ޔަހްމިއްޔާ ކަމެއް އިތުރުކޮއްލީދޯ؟އަހުން ހީކުރީ ތިޔަ މެގަ ޕްރޮޖެކްޓް ދޭނީ ސަންސިޔާމް ކުންފުންޔަކަމަށް…