ތެލެސީމިއާ ހޮސްޕިޓަލް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: ހެލްތު މިނިސްޓްރީ
08 ސެޕްޓެމްބަރ 2025 - 09:47
ތެލެސީމިއާ ފަރުވާއަށް ހާއްސަ ހޮސްޕިޓަލް އެޅުމުގެ އެގްރިމެންޓުގައި ސޮއިކުރިތާ އަހަރެއް ވާ އިރު ވެސް މަސައްކަތް ނުފެށި ދިގުލައިގެން ހިނގައްޖެ އެވެ.
ހުޅުމާލެ 2 ގައި އާ ހޮސްޕިޓަލް އެޅުމަށް ހެލްތު މިނިސްޓްރީން މެޑޯ އޭޝިއާ ކުންފުނި އަދި ޗިން ހިން ގްރޫޕް ބަރްހާދްއާއެކު ސޮއިކުރީ، މިދިޔަ އޮކްޓޯބަރު 15 ގަ އެވެ.
ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ މާސްޓަ ޕްލޭން ލޯންޗުކުރުމުގެ ތެރެއިން ބޭއްވި ރަސްމިއްޔާތުގައި އެގްރިމެންޓުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މެޑޯ އޭޝިއާ ކުންފުނީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ ސްޓުއާޓް ޖޭ ވެނާ ޕެކް ސޮއި ކުރެއްވިއިރު، ޗިން ހިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ގުރޫޕް ސީއީއޯ ރޮޖާ ލިން އެވެ.
ނަމަވެސް، އެގްރިމެންޓުގައި ސޮއިކުރިތާ އަހަރެއް ވާއިރު ވެސް ހޮސްޕިޓަލުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފެށެ އެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތެލެސީމިއާ ހޮސްޕިޓަލު އަޅަން ބޭނުންވާ އިދާރީ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
We’ve officially signed the EPC contract for the Thalassemia & Hematology Hospital in Hulhumalé—a major step toward fulfilling HEP Muizzu's vision. This powerhouse collaboration with Sinoma Industry Engineering, Medo Asia, and Chin Hin Construction Engineering. pic.twitter.com/kSWJaTphHD
— Ministry of Health (@MoHmv) October 16, 2024
އެ މިނިސްޓްރީން ކުރިން ބުނީ ތިން ބުރީގެ ހޮސްޕިޓަލަށް ފައިނޭންސިން ހަމަޖައްސާފައިވަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިން ކުންފުނިން ކަމަށެވެ.
ތެލެސީމިއާ ހޮސްޕިޓަލުގެ އާ އިމާރާތް ޑިޒައިންކޮށްފައިވަނީ އިމަޖެންސީ ރޫމާއި ކެންޓީނެއްގެ އިތުރުން ކުޑަކުދިންގެ ކުޅޭ ސަަރަހައްދެކެވެ. އެ ތަނުގައި ލެބޯޓަރީ އާއި ބްލަޑް ޓްރާންސްފިއުޝަން ޔުނިޓަކާއި ބްލަޑް އަދި އޯގަން ޓްރާންސްޕްލާންޓް ޔުނިޓެއްގެ ގޮތުން ރޭޑިއޮލޮޖީ ޑިޕާޓްމެންޓެއް ހަދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލިހަސަން
08 September 2025
ބަލާދީފާނަންތަޯ އެގްރީމަންޓްގަ އިނިީ ކިތައް ސަފްހާތޯ؟.އޭރުން ދެން ތިޔަށް އެއްޗެއް ބުނަން އެނގޭނީ
ޢަލީ ކުރުސީ
08 September 2025
މަޝްރޫއެއްގެ އިދާރީ މަސައްކަތް 1 އަހަރު ވާއިރު ނުނިމޭ! ތިހާކަންހާވަރަށް ސަރުކާރެއް ހިންގޭނީ!
މިނިސްޓަރޯނީ
08 September 2025
ތިން ބުރީގެ އިމާރާތެއް އަޅާނިމޭނެ 6 މަސް ނުވަނީސް. އެކަމަކު މިނިސްޓްރީ މީހުންނަށް އިދާރީ މަސައްކަތް ނިންމާ ނުލެވޭ އަހަރު ދުވަސްވާއިރު، މި ސްޕީޑްގަ ކިހިނެއް ގައުމު ހިންގާނީ، ސްލޯވާނީ އިބްރާހީމް
ގެދޮރޭ
08 September 2025
ޢެގްރީމެންޓް ގައި ސޮއި ކޮށްފި ލައްކަ މަސައްކަތް ކުރާގޮތަށް. އަދި ހަމަ ސުމެއް. ވަރަށއ ކުޑަ ކުޑަ ކުރިއެރުމެއް ދައްކަނީ.
ހެހހެ
08 September 2025
މައްސަލައެއް ނެތެއްނު، ތީގެއިންވެސް ޖީބައްއަޅާކަޓް އޮންނާނީލިބިފަ، ދެން އެހެންބަޔަކައްދޭނީ، އަނެއްކާ ވެސްކަޓްލިބޭނީ އޭރުން، އެގޮތައް ކަޓްނަގަމުން އެތައްބަޔަކާ ހަވާލުކުރާނެހެން ހީވަނީ:)
ޑރ ވާންޗޯ
08 September 2025
އޭ ބުރިޓޯ ކަލޭ މަށަށް ލޯނެއްދޭންވީނު މިތަންހަދަން، އޯކޭ ދޭނަން... އޭ ކާއްޓޭ ކަލޭ މަށަށް މިތަން ހަދާދޭންވީނު، އޯކޭ.. ތިއޮތީނިމިފަ އަވަހަށް ހިނގާ އެގްރީމެންޓްގަ ސޮއެކުރަން.!!!!!
ޑރ ވާންޗޯ
08 September 2025
އާންމުކޮށް އިދާރީމަސައްކަތް ނިންމާފަދޯ އެގްރީމެންޓްގަ ސޮއެކުރަން އެނގޭނީ، މިހާރު އެގްރީމެންޓުގަ ސޮއެކުރިއިރު ކުރަންވީކަމެއް ވާންވީގޮތެއްނޭގޭހާލުގަ ދެއްތޯ ސޮއެތިޔަކުރީ!!!!
ޑރ ވާންޗޯ
08 September 2025
އިދާރީ މަސައްކަތަށް އަހަރަކަށްވުރެގިނަދުވަސް ވީއިރު އަދިވެސް އިދާރީ މަސައްކަތްނުނިމޭ، އިމާރާތުގެ މަސައްކަތް ފަށަން ތައްޔާރުވާން ނަގާނެ އަހަރެއްގެ ހިޔާލުވެސް ކޮއްލެވޭނީ އިދާރީ މަސައްކަތް ނިމުނީމަތާ!. ވަކިމީހަކު ވަކިވަރެއްނޫންދޯ؟. ބަރިބަރިއަށް ސޮއެކޮށްފަބަހައްޓާ!!!!!.
ބޮކި
08 September 2025
ދެންވެސްު ބުނޭ ކުރީސަރުކާރު ކަމެކޭ ؟؟؟
ތެފައާސާ.
08 September 2025
ފުރަތަމަ ދައުރުގައި އޮތީ އެމްއޯޔޫ ތަކުގައި ސޮއިކުރުން. އަމަލީ މަސައްކަތްތައް އޮންނާނީ ދެވަނަ ދައުރުގައި.