މިނިސްޓަރު ޝަހީމް މިއަދު ރައްޔިތުންގެ މަޖިލީހުގައި: ހައްޖުގެ ޖާގަ ލިބޭ މީހުންގެ ލިސްޓް އާންމު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި
12 އޯގަސްޓް 2025 - 10:44
ހައްޖަށް ދާން ފައިސާ ދައްކައި، ހައްޖުގެ ޖާގަ ލިބޭ މީހުން އެނގޭ ގޮތަށް ލިސްޓް އާންމުކުރަމުން ގެންދިއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަބަދުވެސް މަސައްކަތްކުރަނީ ކޮރަޕްޝަނާ ދެކޮޅަށް، ހައްޖު ކޯޕަރޭޝަންގެ މަސައްކަތް ދެފުށްފެންނަ ގޮތަކަށް ހިންގުމަށް ކަމަށެވެ.
ހައްޖު ކިޔު ލިސްޓް އާންމުކުރަން ނިންމާފައި ވަނީ ވެސް މި މަސައްކަތުގެ ދަށުން ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
"މަސައްކަތް ކުރަމުން އެބަ ގެންދަމު ހައްޖަށް ޖާގަ ލިބޭ ފަރާތްތަކުގެ ލިސްޓް އާންމު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް. އިރާދަކުރެއްވިއްޔާ އެކަން ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހައްޖު ކިޔު ލިސްޓް ފަޅާލައި ވަކި ބަޔަކަށް ފުރުސަތު ދިނުމާއި ހައްޖު ކޯޓާއިން ވައްކަން ކުރާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ.
"ކޮންމެ އަހަރަކު ވެސް ކިއުގެ ތަރުތީބުން ހައްޖަށް މީހުން ގެންދިއުމަކީ ކޯޕަރޭޝަނުން ކުރަމުންދާ ކަމެއް. ކިއުއަށް އެއްވެސް ބަދަލެއް ގެނައުމަކީ ކުރާ ކަމެއް ނޫން. ބައެއް ފަހަރު، ހައްޖު ގާތް ވެފައިވަނިކޮށް އެ އަހަރެއްގައި ހައްޖަށް ދިއުމަށް ކޯޓާ ލިބޭ މީހާ ކޯޓާ ދޫކޮށްލާ. މިގޮތުން ވަކި ސަބަބެއް ނެތި ކޯޓާ ދޫކޮށްލާ މީހުން ވެސް އުޅޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ވަކި އާއިލާތަކެއް ފޮނުވަން ކޯޓާ ނަގާ ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި ނަމަވެސް ޒަމާނުއްސުރެ ރާއްޖޭގައި ދައުލަތުން ރިޒާވްކުރާ ކޯޓާތަކެއް ހުންނަ ކަމަށެވެ. އެއީ ސަރުކާރުގެ މުއައްސަސާތަކުގެ ބޭނުމަށާއި، އުޒުރުވެރިންނާއި ހާއްސަ ހާލަތްތައް ދިމާވާ ފަރާތްތަކުގެ ބޭނުމަށް ކަމަށެވެ. ނުވަތަ ބަލި މީހުންގެ އެހީތެރިންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރިޒާވްކުރާ ކޯޓާ އެފަރާތަށް ހަވާލުކުރަނީ އޮންނަ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ކަމަށާއި ނުހައްގުން އެއްވެސް މީހަކަށް ހައްޖު ކޯޓާ ނުދޭ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންސާފުވެރިކަމާ އެކު ކޯޓާގެ ކަންކަން ތަރުތީބު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސަތުގައި ވަނީ އުސޫލުތަކެއް ކަނޑައަޅުއްވާފައި ކަމަށެވެ. އެގޮތުން މިނިސްޓަރު ފާހަގަކުރެއްވި ކަންކަމަކީ:
- އަލަށް ހައްޖަށް ދާ ފަރާތްތަކަށް އިސްކަން ދިނުން
- ކޮންމެ ފަސް އަހަރަކުން ނޫނީ ތަކުރާރުކޮށް ކޯޓާ ނުދިނުން
- އުމުރުން 65 އަހަރުން މަތީ މީހުންނަށް ވަކި ޕަސެންޓެއް ކޮންމެ އަހަރަކު ކަނޑައެޅުން
- ހައްޖުގެ އާމިލުންނާއި ހިދުމަތްތެރީންނާއި ސިއްހީ މާހިރުން މިކަންކަމުން އިސްތިސްނާވުން.
މި ކަންކަން ތަންފީޒުކޮށް ފުރިހަމަވާނީ 1447 ވަނަ އަހަރުގެ ހައްޖުގަ އެވެ. މި ބަދަލުގެ ސަބަބުން ކިއު ތަރުތީބު ކުރުމުގައި އުމުރުން އެންމެ ދުވަސްވީ މީހުންނާއި އަލަށް ހައްޖަށް ދާ މީހުންނަށް އަބަދުވެސް އިސްކަން ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހައްޖު ކިޔު އަށް ބަލާއިރު ކޮންމެ އަހަރެއްގައި ވެސް އެ އަހަރަކު ހައްޖަށް ދެވޭނެކަމަށް ލިސްޓު ކުރެވިފައި ވަނީ 800 އާއި 900 އާ ދެމެދުގެ އަދަދެކެވެ. މީގެ އިތުރުން އެ އަހަރެއްގެ ހައްޖު ކޯޓާގެ ތެރެއިން ފުރުސަތު ދެވެނީ ހައްޖުވެރީންނަށް އެހީތެރިވުމަށް ކުންފުނީގެ ފަރާތުން ގެންދާ އެހީތެރީންނާއި އުމުރުން ދުވަސްވީ ހައްޖުވެރިންނަށް އެހީތެރިވުމަށް އެމީހުންނާ އެކު ހައްޖަށްދާ އެ މީހުންގެ އެހީތެރިން ކަަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިހްސާސް
14 August 2025
ޒަމާނުއްސުރެ ކުރިޔަސް ރިޒާވް ޖާގަ އޭކިޔާ ޖާގަ ތިބުނާހާ މުހިންމެއް ނުވާނެ. މިއީ ކޮރަޕްޝަން ހިންގާ ޖާގަ.
ސިމްޕ
14 August 2025
ލިސްޓެއް އާންމު ކުރުމަކީ ވަރުގަދަ ނިޒާމެއް ބޭނުންވާ ކަމެއްތަ؟ އެކަމާ އެތައް އަހަރަކު ވިސްނަން ޖެހޭ ކަމެއްތަ؟ މި ވެރިކަން އައި ފަހުން ވެސް 2 އަހަރާ ގަތް ވަނީ. މިކަމަކީ އެންމެ ދުވަހަކުން ކުރެވޭނެ ކަމެއް. ވަރުގަދަ ސިސްޓަމެއް ގަނެ އެތައް ތައްޔާރީ ތަކެއް ވާން ޖެހޭ ކަމެއް ނޫން.
މަންދީ
13 August 2025
ހުސްދޮގު މިދިޔައަހަރުވެސް ހައްޖުގެ އަޅުކަން އަދާކޮށްފައިވާ 52. އަހަރުގެ މީހަކަށް. ޖީގަދިން. އަދިފައިސާދެއްކިތާން. އެއްއަހަރު. ވީ. އެކަހަލަ ކިތައްމެ މީހުން ވަގުތުން ލާރިދައްކާގެންވެސް ދިޔަ
ކޮރަލް
12 August 2025
އެހީތެރީންނަށް ގެންދާ މީޙޫންގެ ޝަރުތު ތަކެއް ހުންނަން ވާނެ އެވެ. ނޫނީ ތިމާގެ މީހުނާ ރައްޓެހީން ކޮޅު ގެންދާނެ އެވެ.
އަފްރާސިޔާބު
12 August 2025
ވިދާޅެއްނުވޭ އާންމު ކުރާދުވަހެއް. އެހެންވީމާ ދައުރު ނިމެން ދެދުވަހަށްވީމާ އާންމުކުރެވިދާނެ. ހައްޖުކޯޕަރޭޝަނުގެ މުވައްޒަފުންގެ އާއިލާ އެއްކޮށް ހައްޖަށްގެންދިޔަ ކަމަށްވެސް ޖަވާބެއްނުދެއްވާ. ވިދާޅުވީ ހައްޖުގެކަންކަން ބެހެއްޓުމަށް މުވައްޒަފުންނާއި ކޮމިޓީ އޮންނަ ކަމަށާއި އެކޮމިޓީގެ މީހުންނާއި އެފަދަ މުވައްޒަފުން ކޮންމެ އަހަރަކުވެސް ގެންދަން ޖެހޭކަމަށް.
ޗޫޤީ
12 August 2025
ކޯޕަރޭސަނުން މާފުށްޓަށް ޗުއްޓީއަށް ފޮނުވާ މީހުންގެ ލިސްޓުވެސް ނެރެންޖެހޭނެ. އޭރުންދޯ އެނގޭނީ ހައްޖު ކިޔޫ އިން ޖާގަ ގެއްލިއްޖެކަން.
ކަމަދޫ ކުއްޖާ
12 August 2025
ޖާގަ ލިބޭ މީހުންގެ ލިސްޓް އާއްމުކުރުމުގެ ކުރިން ހައްޖު ކިއު ލިސްޓް އާއްމުކޮށްބަލަ އެރުންދޯ އުސޫލުން ބޭރުން ކަމެއް ނުކުރާކަން ރައްޔިތުންނަށް ހާމަވާނީ!
އިބުރ
12 August 2025
ތިޔަ ލިސްޓެއް އާންމުކުރާއިރު، އެމީހަކު ފައިސާ ދައްކައި ޚަލާސްކުރި އަހަރަކާއި އެމީހަކަށް ކިއުތަރުތީބުން ލިބިފައިވާ އަހަރަކާއި، ފަހުން ތިޔަ އިތުރުކުރި އަަލަށް ހައްޖުވުމުގެ ބަޔާއި، ދުވަސްވީ މީހުންގެ ބަޔާއި، ވަގުތުން ފައިސާ ދެއްކި މީހުންގެ ބަޔާއި، ކޯޕަރޭޝަންގެ މީހުންގެ ބަޔާއި، ސަރުކާރުގެ މީހުންގެ ބައި ވަކިން އެނގޭނެ ފަދައިން ލިސްޓް އާންމުކުރުން އެދެން. ދެންހަމަ 1000 މީހުންގެ ލިސްޓެއް ލިޔަކަސް ދެފުށެއް ނުފެންނާނެ، މި މައުލޫމާތާއި ނުލައެއް.
ދެރަސޮރު
12 August 2025
ކަނޑައެޅިގެން ދޮގު ނަހަދާ ޝަހީމޫ މިއަހަރު ހައްޖަށް ގެންދަން ކިއުއިން 850 ނުނަގާ ޔަޤީން 2023 ގެއަޢި އެކު ކިއު ހަމަޖައްސަނީ ކޯޕަރޭސަނަށް 500 ޖާގަ ލިބޭ ކަމަށް ބަލައިގެން އެކަމަކު މިދިޔަ 2އަހަރު ކުބފުނި ތަކަށް ނުދީ ލިބޫނު ހުރިހާ ޖާގަ ބޭނުން ކުރީމަ ވެސް އަހަރެމެން ކުރިޔަކަށް ނުޖެހޭ 500 ޖާގަ ގޯތި މީހުންނަށް ބަހާލީ ޔަގީން ޔަގީން
ޓިނު
12 August 2025
ނުކުރާނެ އެކަމެއް؟