އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ގޮސް ތިބި ބަޔަކު: ޑެންގީ އާއި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނޭ.-- މިހާރު ފައިލް ފޮޓޯ
12 އޯގަސްޓް 2025 - 11:09
ޑެންގީ ހުމާއި ބޭރަށް ހިންގުން މި ދުވަސްވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ޖޫން މަހުގެ ތެރޭގައި ޑެންގީ ހުމުގެ 168 ކޭހެއް ރިޕޯޓުކުރި އެވެ. އަދި ޖުލައި މަހުގެ ތެރޭގައި ޑެންގީ ޖެހިގެން ރިޕޯޓުކުރި އަދަދު ހުރީ 188ގަ އެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު މަދު އަދެދެކެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ޖޫން މަހުގެ ތެރޭގައި ބޭރަށް ހިންގުން ޖެހިގެން 3،946 ކޭސް ރިޕޯޓުކުރިއިރު ޖުލައި މަހު 5،528 ކޭސް ރިޕޯޓްކުރި އެވެ.
އެޗްޕީއޭ އިން ބުނީ އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު 33،156 ކޭސް ރިޕޯޓުކުރި ކަމަށެވެ. ޖުލައި މަހު 30،705 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ.
އެ އެޖެންސީން ބުނީ މިދިޔަ މަހު ޑެންގީ ހުން އެންމެ ގިނައީ އއ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ކ. އަތޮޅުގައި ކަމަށެވެ. އަދި ވައިރަލް ހުން އެންމެ ގިނައީ އއ. އަތޮޅާއި ކ. އަތޮޅާއި ލ. އަތޮޅުގަ އެވެ. ބޭރަށް ހިންގުމުގެ ބަލި އެންމެ ގިނައީ މާލެ އާއި ފ. އަތޮޅުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
12 August 2025
ބަލި ހާލަތުގަ ތިބި ހުރިހާ މީހުންނަށް އަވަސް ޝިފާއަކަށް އެދެން.