ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓް: އެ އެއާޕޯޓް ތަރައްގީކުރަން އައިލެންޑް އޭވިއޭޝަނާ ހަވާލުކުރަން ވަނީ ނިންމައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
13 އޯގަސްޓް 2025 - 22:32
ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރަން އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ދަރަވަންދޫ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު ޑޮމެސްޓިކް އެއާޕޯޓަށްވި ނަމަވެސް، އެތަން ތަރައްގީކުރުމަށް އެއާޕޯޓު ހުޅުވި ފަހުން މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެއާޕޯޓުތައް ތަރައްގީކުރުމަށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ދަރަވަންދޫ އެއާޕޯޓު ވެސް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ދަރަވަންދޫ އެއާޕޯޓަށް އިންވެސްޓުކޮށްފައިވާ ކުންފުންޏާއެކު މަޝްވަރާކޮށް، އެ ކުންފުނީގެ އަތުން އެއާޕޯޓު ނަގައި އައިލެންޑް އޭވިއޭޝަނާ އެތަން ހަވާލުކޮށް، ސަރުކާރުން ބޭނުންވާ ފެންވަރަށް ތަރައްގީކޮށް، އޮޕަރޭޓުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުން މިތަނަށް އިންވެސްޓުކޮށް ޑިވެލޮޕްކޮށްފައިވާ ފަރާތާއެކު މަޝްވަރާ ކުރިއަށް ގެންދާނަން. ގެންގޮސް އެ ފަރާތާ އެކީގައި، ދެ ފަރާތަށް އެއްބަސްވެވޭ ފަދަ އެއްބަސްވުމަކަށް އައިސް އެ އެއާޕޯޓު އެ ފަރާތުން ނަގައި އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އައިލެންޑް އޭވިއޭޝަނުން އެތަން ސަރުކާރުން ބޭނުންވާ ފެންވަރަށް، ރައްޔިތުން ބޭނުންވާ ފެންވަރަށް ތަރައްގީކޮށް އޮޕަރޭޓްކުރުމަށް ހަވާލުކުރުމަށް ސަރުކާރުން ނިންމާފައިވާ ވާހަކަ އަޅުގަނޑު އިއުލާންކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގަވައިދާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ 13 އަހަރު ކުރިން 2012 ގައި ހުޅުވި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ހެދި ތަނެކެވެ. އެ އެއާޕޯޓް މިހާރު ވެސް އޮޕަރޭޓްކުރަނީ އައިލެންޑް އޭވިއޭޝަނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަހުދު.
15 August 2025
އައިލެންޑް އޭވިއޭޝަން ހިންގަންް އެހެން ބަޔަކާއި ހަވާލުކުރަން ފެނޭ.
ބެއްަޔާގެ ދަރި
14 August 2025
މި ދައްކާ ވާހަކައެއް ދޯ، ބަލަ އެ އެއާޕޯޓަކީ މިހާރު ވެސް އައިލެންޑް އޭވިއޭޞަނުން ހިންގާ ތަނެއް. އެ ތަން ކޯސްޓްލައިނުން ހެދީ ރިސޯޓް ހަދަން ރަެއް ދިނުމުގެ ބަދަލުގައި. ދެން ރިސޯޓް ހަދަން ރަށް ދިން އިރު ވެފައި އޮތް އެއްބަސްވުމުަގއި އޮންނާނެ ކަންކުރަންވީ ގޮތް. އެ ތަން މަރާމާތުކޮށްގެން ބެލެހެއްޓުމާއި ތަރައްގީކުރުން ނުހިމެނޭ ނަމަ ތަރައްގީ ކުރުމަށް ފަހު އެ މީހުންގެ ޒިންމާ އެއް ނެތީ ކަމަށް ބަލަންޖެހޭނީ.
ކަމަކު ނުދޭ
14 August 2025
ތިކަމެއް ނުވާނެ.... މިހާރުވެސް އެބަ ފެނޭ ޑެއިސް 8 މަރުކާ 3 ބޯޓު ޕާކު ކޮށްފަ އޮންނަތަން. އިނޖިނޭރުން ބޮޑަށް ތިބި މީހުން ބަދަލުކޮށްގެން ނޫނީ ހިޔެއްނުވޭ އަވައްޓެރިޔާ އަށް ހިންދެމިލެވޭނެހެން. އެތާ ސްޓާފުން އަބަދު ކޮފީ އަކަށް އަރައިފިއްޔާ ދައްކަނީ މި ވެރިންގެ ގޯސް ވާހަކަ
ޗޮޕް
14 August 2025
އައިލެންޑް އޭވިއޭޝަނުން ހިންގާ ހަމަ އެކަނި ފައިދާވާ އެއަރޕޯޓް. ނުބުންޔަސް މަރާމާތު ކުރަން ޖެހޭ. ނުވަންޔާ ފެނަކަ އާ ހަވާލު ކޮށްގެންވެސް ކުރަން ލަސްވެފަ އޮތީ. ދެން ހަދާ އިރު މަތިން ފެންނަ އިރު މަންތާ އެއްގެ ސިފަވާގޮތަށް ޓާމިނަލް ހަދަން އެދެން.
ކާޑެއްދޫގަސް
14 August 2025
ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަގަން މަޝްވަރާ ކުރާތާ އެތައް ދުވަހެއް. ރައްޔިތުންނަށް އޮޅުވާލުމާއި މަކަރުހެދުން ކަމަކީ. މި ދެތިން ދުވަހު މުޅިގައުމުގެ ބަޖެޓުން ކުރެވޭހާ ކަންކަން ބ އަތޮޅަށް އެއޮށް ވައުދުވަނީ. ދެން މިވީ އަނެއް ފޮތް ޗާޕްކުރަން. ރައްޔިތުން މިތިބެނީ -/15 އާފަލެއް ކާލަ ކާލަ.
މުސްނިދު
14 August 2025
ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންގެ ބުނާ ގޮތަށް ކަންކަން ކުރާތީ ނިކަން އުފާވެއްޖެ. މީ ރައްޔިތުން އެއްމެ ބޭނުން އެއްކަންތައް
ޒުހުނަތް މުހައްމަދު
14 August 2025
ގައުމު ތަރައްގީ ކުރަން ބާރަށް މެކުހަށް ޖަހާފަ މިއޮތީ. ބަރާބަރު
ހަލީލާ
14 August 2025
އެވެސް ހަރުދަނާކަމެއް ނެތް!!
2025
14 August 2025
މީ ހަމަ ލޯކަނު ކައުންސިލްއަށް އަޅާ ހެޑިންތަކެއެއް...... ބޮއިހަލަކި
އޮނަރަބްލް އަފީފު ދީދީ
14 August 2025
ކޮންމެފަހަރަކު ވެސް ދައުލަތް ކަޅާކޮށްލަން ބޭނުންވީމާ ކޮންމެވެސް އާގޮތެއްހޯދައިގެން ޚަޒާނާގެ ތަޅު ނައްޓާލައިގެން ތިޖޫރީގެ ތެރެއަށް އަތްބޭނުން ވެރިކަންތަކުގެ ފަރާތުން އާދައަކަށް ހަދައިފި. މިކަން ބަދަލު ކުރުމަށްޓަކާ ރާއްޖޭގައި މިއޮތް "ރިޔާސީ ނިޒާމަކަށް ވެސް ނުފުދޭ ޚުދުމުޚުތާރު ވެރިކަންތަކުގެ ސިފަ އެކުލެވިގެންވާ އަދި އެގޮތަށް ވެރިކަން ހިންގަމުންދާ" ނިޒާމް ބަދަލުކޮށް ފެޑަރަލް ޕާލަމެންޓަރީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ފުރޮޅާލަން ދިވެހިން ތެދުވާންޖެހޭ.