ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. މާޅޮހަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ބަނދަރަށް ނިކުތް މީހަކާ ރައީސް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
14 އޯގަސްޓް 2025 - 12:36
އާބާދީ ކިތަންމެ ކުޑަ ރަށެއްގައި އުޅޭ މީހަކަށް ވިޔަސް ކޮންމެ ދިވެހި ރައްޔިތަކީ ވެސް ހަމަހަމަ އަދި މުހިއްމު ރައްޔިތެއް ކަމުގައި ބައްލަވާނެ ކަމަށާއި ހަމަހަމަކަމާ އެކު ހިދުމަތް ދެއްވާނެ ކަމުގެ ޔަގީންކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅުގެ ދަތުރު މިއަދު ނިންމަވާލައްވައިފި އެވެ.
މި މަހުގެ 11 ވަނަ ދުވަހު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، 500 އިން ދަށުގެ އާބާދީއެއް އޮންނަ މާޅޮހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ކުޑަރަށެއް، ބޮޑު ރަށެއް ތަފާތު ނުކުރުން ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް ހަމަހަމަ އަށް ކަންކަން ކޮށްދެއްވުން ކަމަށެވެ.
"އަޅުގަނޑުމެން މި ވިސްނަނީ ކުރިން އިސްކަން ނުދެވި ހުރި ކަންކަން ނިންމަން. އާބާދީއަކަށް ނުބަލަން. އާބާދީ ކިތަންމެ ކުޑަވިޔަސް އަޅުގަނޑަށް ކޮންމެ ދިވެހި ރައްޔިތެއް ހަމަހަމަ. ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަ ކަމާއެކު ކަންކަން ފުރިހަމަ ކޮށްދިނުމަކީ އަޅުގަނޑުގެ މައިގަނޑު ފަލްސަފާއަކީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މާޅޮހުގައި ކުރިއަށްދާ މަސައްކަތްތަކާއި ކުރިއަށް ހުރި މަސައްކަތްތަކުގެ ތަފްސީލްތައް ދެއްވުމަށް ފަހުގަ އެވެ. އެ ރަށުގައި މިއަދު ޕޮލިސް ޕޯސްޓެއްގެ ބިންގާ އަޅާފައި ވާއިރު ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ވެސް ހަފްތާއެއްހާ ދުވަސް ކުރިން ވަނީ ހަވާލުކޮށްފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ބ. އަތޮޅުގެ ރަށްތަކުގައި ބޭންކް އޮފް މޯލްޑިވްސް އިން ބެހެއްޓި އޭޓީއެމްތަކުގެ ހިދުމަތް ވެސް ފައްޓަވައިދެއްވާފައި ވާއިރު މިއީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވިދާޅުވި އެވެ.
ބ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ހިދުމަތް ފަށާފައި ވާއިރު މިއީ ފައިސާ ނެގުމަށް ބޮޑު ހަރަދެއް ކޮށްގެން ކުރަން ޖެހޭ ދަތުރުތަކަށް ނިމުން ގެނުވާނެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.
ބ. އަތޮޅުގެ ރަށްރަށުގައި ނިމިފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވައި އަދި އަލަށް އެކި މަޝްރޫއުތައް ފެށި މި ދަތުރުފުޅުގައި ރައީސް ވަނީ 13 ރަށަކަށް ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
14 August 2025
ވެރިކަމުގެ ހުވާ ކުރުމަށްފަހު ފައިންޕުޅު ބީއްސަވާލެއްވުމާއި އެކު "ހަމަހަމަ ހިދުމަތުގެ ޔަޤީންކަން ލިބޭނަމަ" ކ.މާލެ އާއި އައްޑު އާއި ދެމެދު ދުވާލަކު ހަތަރެއް ނުވަތަ 6 ފްލައިޓް އޮންނައިރު ކީއްވެގެންތޯ ކ.އަތޮޅުމާލެއާއި އައްޑު އާއި ދެމެދުހުރި "ތަފާތުކުރުމުގެ ހިދުމަތްތައް" ހަމަހަމަ ހިދުމަތަކަށް ބަދަލުކޮށްލަން ވެރިކަމަށް 1000 ދުވަސް ހޭދަވެގެން ދާއިރު ރާއްޖޭގެ އެންމެ ބިން ބޮޑު އަދި ކ.މާލެނަގާފައި ދެވަނައަށް އާބާދީ ބޮޑު އައްޑޫސިޓީއަށް ވަޑައި ނުގަންނަވަނީ؟!
އޮނަރަބްލް އަފީފު ދީދީ
14 August 2025
ވޯޓްހޯދަން ވަޢުދުވި ކޯއްޓޭ ބުރިޖް މަސައްކަތް ވަޢުދާއި އެއްގޮތަށް ވެރިކަމުގެ ފުރަތަމަ އަހަރު ނުފެއްޓުނުކަމަށް ވިޔަސް، ވިލިގިލި ހުޅުވުމާއި ޗައިނާ އެގްޒިމް ބޭންކް ލޯނު ހަމަޖެހި ޗައިނާ ކުންފުންޏަކާއި ޚަވާލުކޮށްފަައިވާ ހަންކެޑެ ޕްރޮޖެކްޓް "ޚަލާލު ޓްއަރިޒަމް އޭ ކިޔާފައި ހަންކަޑުވާލި ކަމަށްވިޔަސް" އަދި އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަދަމުންދިޔަ އައްޑޫ މަގުގެ ދެވަނަ ފޭސް ހުއްޓުވާލިކަމަށް ވިޔަސް އައްޑޫ ދަތުރަށް ފަހުވެސް ހަމަހަމަ އޭ ބުނެވިދާނެ.
ކަޑަކޮޅެއް ޖަހާލީދޯ.
14 August 2025
އެންމެ އާބާދީ ބޮޑެތި ހިސާބުތަކުގަ ކަރަންޓް 24ގަޑިއިރު ނުކެނޑި ދެވޭތޯ ބަލާބަލަ.
އޮނަރަބްލް އަފީފު ދީދީ
14 August 2025
ހަމަހަމަ ވުމަކީ ދުވާލަކު 4 ގަނޑިއިރު ކަރަންޓްނެތި ތިބުންނަމަ، ނަރުދަނާ ޗަކަ ވަޅު ލޮލަށް ފެންނަގޮތަށް ރަށުތެރޭގައި މަތިނަގާފައި ބެހެއްޓުންނަމަ، ސާފުބޯފެނުން ދަބަރުކުލަ ފެނުންނަމަ، އަދި ގޭގެއަށް ކަރަންޓްލުމަށް މަގުމަތީގައިއަޅާ ކޭބަލަށް ރައްޔިތުމީހާ އަގުދައްކަން ޖެހުންނަމަ، ކ.މާލޭމީހާއަށް މޯލްޑިވިއަން ގައި އިންޑިޔާ، މެލޭޝިޔާ އަށް ދެކޮޅު ދަތުރުކުރެވޭ އަގަށް ކ.މާލެ އިން އައްޑުއަށް ކުރާދަތުރުގެ އެއްކޮޅު އަގަށް ނެގުން ނަމަ، މާލެއާއި އައްޑޫވެސް ހަމަހަމަ.
އޭޓީއެމް2.0
14 August 2025
އޭޓީއެމް ހުޅުވާނިމުނީތޯ؟
އަފްރާސިޔާބު
14 August 2025
ރައްޔިތުންގެ ފަޅިއާއި ބީރަށްވެހިންގެ ފަޅި ހަމަހަމަވީތޯ؟ ކޮން ރައްޔިތަކަށްތޯ މަނިކުފާނު ވެރިކަން ތިކޮށްދެނީ. ދިވިެހީންނަށްތ؟ ބަންގާޅު މީހުންނަށްތޯ؟ އިންޑިއާ، ސްރީލަންކާގެ މީހުންނަށްތޯ؟ ބަންގާޅު ފަޅި، ލަންކާ ފަޅި، އިންޑިޔާ ފަޅި، މިހެން ކިޔާ ފަޅިފަޅިތޯ؟ މީގައި މުހިންމީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އެއް ބެހެއްޓުމެއްނޫން. އޭޓީއެމުން ދިވެހިން ނަގާ ފައިސާ ގިނަވުން. މިހާރުވެސް ހުރި އޭޓީއެމްގައި ރުފިޔާ ނެތިގެން ހުންނަނީ ޚިދުމަތް މެދުކެނޑިފައި.
ޝައުކަތް
14 August 2025
ވައުދުވެލެއްވި ގޮތައް އެއްވެސް ރަށެއް ބާކީނުކޮށް ހުރިހާ ރަށަކަށް ޒިޔާރަތް ކުރާ ހަމަ އެކަނި ރައީސް. ރައީސް މައުމޫން ޒަމާނުންސުރެ ވެރިން ނާރާ ރަށްތަކަށް ރައީސް މުއިއްޒު މިވަނީ ޒިޔާރަތްކޮށް އެ ރައްޔިތުންގެ ހާލުބަލާ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ ކަމުގެ ޔަގީންކަންވެސް ދީފަ
ދިއްދޫމީހާ
14 August 2025
ބ. ދަތުރުން ހާމަވީ ވަރަށް އަވަހަށް ޤައުމީ ޔުނިވާސިޓީން ކަތީބްކަމުގެ ކޯސް ލެވެލް1 ފައްޓާނެކަން..
އާމިންދީ
14 August 2025
އަނެއްފަޅިއޭ ގޮވާފަ މިހާރު ކޮންހަމަހަމަކަމެކޭ .