އެޕަލް އެޕްސްޓޯރުން ރޯބްލޮކްސް އެޕް ހުޅުވާފައި: މި ގޭމިން ޕްލެޓްފޯމް އެތައް ގައުމެއްގައި ވަނީ މަނާކޮށްފައި. -- ފޮޓޯ: ގެޓީ އިމޭޖަސް
16 އޯގަސްޓް 2025 - 12:46
މަޝްހޫރު ގޭމް ޕްލެޓްފޯމް ރޯބްލޮކްސް އިން ކުޑަކުދިންނަށް ކުރިމަތިވާ ނޭދެވޭ ކަންކަމަށް ބަލައި ގަތަރުގައި އެ ޕްލެޓްފޯމް ބްލޮކް ކޮށްފި އެވެ.
ގަތަރުގައި އޮންލައިން އެޕް ސްޓޯރުތަކުން ރޯބްލޮކްސް ޑައުންލޯޑްކުރެވޭ ގޮތަށް އަދިވެސް ހުރި ނަމަވެސް ހޯމް ސްކްރީނުން ބޭރަށް ނުދެވި އަރަނީ "ނޯ ނެޓްވޯކް" ކަމަށެވެ. އަދި ގޭމުގެ ވެބް ވާޝަނަށް ވަންނަން އުޅުމުން "ދިސް ސައިޓް ކާންޓް ބީ ރީޗްޑް" ކަމަށް އަރަ އެވެ.
މިކަމާ ބެހޭ ގޮތުން ގަތަރުގެ ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް ވާހަކަ ދައްކައިފައެއް ނުވެ އެވެ. އެކަމަކު ގޭމު ބްލޮކް ވެފައި މި ވަނީ ރޯބްލޮކްސްގައި ކުޑަކުދިންނަށް ނޭދެވޭ ކަންކަން ހިމެނުމާއި ކުޑަކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ނޭދެވޭ ކަންކަން ކުރާ މީހުންނާ މުއާމަލާތުކުރެވޭ މައްސަލައިގައި ފިޔަވަޅު އަޅަން ގަތަރުގައި ގޮވާލާ އަޑު ގަދަވެފައި ވަނިކޮށެވެ.
ވާޗުއަލް ދުނިޔެތައް އުފައްދައި އެކްސްޕްލޯކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕްލެޓްފޯމެއް ކަމަށްވާ ރޮބްލޮކްސް އަށް ބެލެނިވެރިންގެ އިތުރުން އޮންލައިން ސޭފްޓީއަށް ވަކާލާތުކުރާ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެ މީހުން ބުނާ ގޮތުގައި ނުރަނގަޅު ކޮންޓެންޓާއި އެކްސްޕްލޮއިޓޭޝަންގެ ޝިކާރައަކަށް ކުދިން މީގެ ތެރެއިން ހުށަހެޅެ އެވެ. ޗައިނާ، ތުރުކީ އަދި އޮމާން ފަދަ ބައެއް ގައުމުތަކުން މިހާރު ވެސް ވަނީ އެ ޕްލެޓްފޯމް މަނާކޮށްފަ އެވެ.
ރޮބްލޮކްސް އަކީ ދުވާލެއްގެ މައްޗަށް 88.9 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ، އެންމެ ބޮޑު އޮންލައިން ގޭމިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ދުނިޔޭގެ ބޮޑެތި ބްރޭންޑްތަކުން ވެސް އަންނަނީ އެ ޕްލެޓްފޯމް ބޮޑެތި ކެމްޕެއިންތަކުގައި ބޭނުންކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަނީސައިޑްބޮންޑް
18 August 2025
ރޮބްލޮކްސް، ޓެލެގްރާމް، ޓިކްޓޮކް މީމިހާރު ރާއްޖޭގަވެސް ބްލޮކްކުރަންޖެހޭ އެޕްތަކެއް. ޓިކްޓޮކްގަ ބޮޑެތިސިންގާމީހުން ފާޅުގަ އަވަގުރާނަކޮވާ އޮރިޔާންވަނީ ތިޔަހެނެއްނޫން.
ދައުރު
16 August 2025
ރާއްޖޭގައި މަނާ ކޮށްފިއްޔާ މޑޕ ން ނުކުންނާނެ އެކަމާއި ދެކޮޅަށް . ވޭޕް މަނާ ކުރިމަވެސް އެމީހުންނަށް ކަމަކު ނުދިޔަ
ޞީތަ
16 August 2025
ކަލޭ ޖެހޭތަ އެމްޑީޕީ ނިކުމޭތޯނުނިކުމޭތޯ ބަލަން
ބިންބި ސަހަރު
17 August 2025
ވޭޕް މަނާކުރީމާ ސަރުކާރުން ސިޔާސީ މަގާމުދީފައި ބޭރުގައުމުތަކުގައި ބައިތިއްބާފަ ތިބޭ ޑިޕްލޮމެޓުން މި ގެންނަނީ ވޭޕް، މަނާކުރި ވަރު ބޮޑުކަމުން އެއްވެސް ފިޔަވަޅެއް އަޅާކަށް ނުކެރުނު، ޖުރިމަނާ ކޮށްލީމާ ނިމުނީ،
ޭއެމީޙަ
16 August 2025
ދިވެހި ރާއްޖޭގަވެސް މި ސައިޓް ވީ އެންމެ އަވަހަކަށް ބްލޮކްކުރުމަށް ގޮވާލަން. ގިނަ ކުދިން ސްކޫލުން އައިސްވެސް މިނޫންކަމެއް ނުކުރޭ
ދަނޑުން
16 August 2025
ރާއްޖޭގައިވެސް މަނާކުރަންވީ....
ޢަޒްނީމާ
16 August 2025
ދިވެހިރާއްޖޭގައި ވެސް މި ބުލޮކު ކުރަން ގޮވާލަން
ކޮރަލް
16 August 2025
ރާއްޖޭގަ މަނާ ކުރިތޯ އެވެ.؟ ބްލީ ކުރުން ވ ގިނަ އެވެ.