ބިއޮންޑް އެއާލައިނުން މިއަދު ރާއްޖެ އައި ޓޫރިސްޓުންތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ހިދުމަތް ދެނީ.---ފޮޓޯ: އެމްއޭސީއެލް
16 އޯގަސްޓް 2025 - 15:01
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލުން މި މަހުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނަކަށް ހިދުމަތް ދޭން ފަށާނެ ކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ. އެކަމަކު، އެ އެއާލައިންތަކުގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް މިދިޔަ ޖުލައި މަހު 26 ގައި ހުޅުވި އާ ޓާމިނަލުން މިހާރު އަންނަނީ ތިން އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެއީ މޯލްޑިވިއަން އާއި ޔޫއޭއީގެ ބަޖެޓް އެއާލައިން އެއާ އަރަބިއާގެ އިތުރުން ލަގްޒަރީ އެއާލައިނެއް ކަމަށްވާ ބިއޮންޑް އެވެ.
ބިއޮންޑް އެއާލައިނަށް ހިދުމަތް ދޭން ފެށީ މިއަދު އެވެ. އެ އެއާލައިނަކީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއާލައިން ވެސް ވެ އެވެ
ބިއޮންޑް އެއާލައިނަކީ ރާއްޖޭގެ ސިމްޑީ ގުރޫޕާއި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ގުޅިގެން އުފައްދާފައި އަރަބެކްސްގެ އިންވެސްޓްމަންޓެކެވެ.
ބިއޮންޑް އެއާލައިނުން މިއަދު ރާއްޖެ އައި ޓޫރިސްޓުންތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައި.---ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލް އިން ބުނީ އެކަން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވަނީ ބިއޮންޑްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، ބިއޮންޑުން ފުރި 43 ފަސިންޖަރުންނަށް ހަދިޔާ ދީފައި ކަމަށެވެ. އަދި އާ ޓާމިނަލް ކަމަށްވާ، ޓާމިނަލް 1 އަށް ކައިރި ކުރި ބިއޮންޑްގެ ފުރަތަމަ މަތިންދާބޯޓު، ބީ4091 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 35 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް އެ އެކުންފުނިން ބުންޏެވެެ.
Welcome to T1, @BeondAirlines 🎉 A
— Velana Airport (@VelanaAirport) August 16, 2025
ribbon-cutting ceremony marked
the start of Beond’s flights from
Velana’s new Terminal 1.#VelanaAirport #VelanaT1 pic.twitter.com/oHVxImyfEN
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަން ފެށުމުގެ ކުރިން، އަންނަ މަހުގެ ނިޔަލަށް އެ އެއާޕޯޓު ބޭނުންކުރާ 34 އެއާލައިންގެ ހިދުމަތް ވެސް އާ ޓާމިނަލަށް ބަދަލުކުރުމެވެ.
މީގެ ނުވަ އަހަރު ކުރިން ހަދަން ފެށި އާ ޓާމިނަލަށް 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. އާ ޓާމިނަލް ހުޅުވާފައި ވަނީ އެންމެ ޒަމާނީ އޭވިއޭޝަން ހިދުމަތްތަކާ އެކު އެވެ. އެ ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢާންމު މީހާ
17 August 2025
އެއަރލައިން ބަދަލުކުރީމަ ނިމުނީތަ.. އެތަނުގައި ކޮސްޓާ ކޮފީގެ ސްޓޯލްއެއް ނޫނީ ނެތް ކާނެ ބޯނެ އެއްޗެއް ލިބޭނެ ތަނެއް. ޖުމްލަ އެ ޓާރމިނަލްގައި އިނީ އަދި ދެ ސްޓޯލް ހުޅުވާފަ.. ހަމަ ކޮންމެ ދުވަހަކު ސުރުޚީ ޖަހަން އެ ވާހަކަ އެބަ ލިޔޭ. ނޫސްވެރިން ގޮސް ބަލާބަލަ އެތަނުގެ ކަންތައް ހުރި ގޮތް
ޑެބީ
17 August 2025
ރިބަން ހުސްވެގެން ގިނަ ތަންތަން ނުހުޅުވިގެން އުޅެނީ. ކޮންމެ ތަނެއް ހުޅުވިޔަސް އެބަޖެހޭނު ރަސްމިއްޔާތު ބާއްވާފަ ރިބަން ކަނޑަން
ޙަބަރޭ
17 August 2025
އައު ޓާމިނަލް ....
ޑެބީ
17 August 2025
އެހަތަރު އެއާލައިންގެ ނަން ނުބުނެވިގެން މިއުޅެނީ ކީއްވެއޭ؟ އެވެސް ސިއްރުކުރަންޖެހޭ ކަމެއްތަ؟
ރަސް-މިޔާތު
17 August 2025
ތިތާނގައި ބާރަށް ފޮޑިއެއް ޖެހިޔަސް ރަސްމިޔާތެއް ބާއްވައި ރިބަންކަނޑާ ގޮތަށް ހަމަޖައްސާ. އަދި އެއާލައިނޭ ކިޔާފައި ތިގެންދަނީ ބަޖެޓު އެއާލައިންތައް ފަދަ ޚިދުމަތެއް ދޭންނުޖެހޭ ނުވަތަ ހާލަކުން ދަތުރެއް ކުރާކަހަލަ އެއާލައިންތައް. މިދާރޭޓުން ދާނަމަ ތިތަން ހުޅުވައި ނިމޭއިރު 2-3 ހާސް ރަސްމިޔާތު ބާއްވަންޖެހޭނެ.
އެމެރިކާ
16 August 2025
ދިވެހި ރާއްޖޭގެ އެމްމެގިނަ މުސްސަދިން ތިބީ އައްޑޫގަ އެމީހުން އައްޑޫގަ ތަރައްގީޔަ އެއްކަމެއްވެސް ނުކުރޭ ގާމަތީ ރަށެކޭ ކިޔާފަ.
ޑެބީ
17 August 2025
އޭގެން އެއްވެސް މަހުޖަނަކު އައްޑޫގައި ދިރިއުޅޭތަ؟
އޮނަރަބްލް އަފީފު ދީދީ
16 August 2025
މައުމޫނުގެ ވެރިކަމަށް ފަހު ތިތަނުގެ ބިން ހިއްކުމާއި، ފިއުލްފާމް، ކާގޯ ޓާމިނަލް، އިތުރު ރަންވޭ އެއް، ކޮންޓްރޯލް ޓަވަރ، މަގު ހެދުން، ޓާމިނަލް، އަދި ފަޔަރ ޓްރަކް އާއި އިތުރު އެހެނިހެން ކަންކަމަށާއި ހަވާ އަރުވާ ޑްރޯން ދުއްވުމަށް ވޭތުވެދިޔަ 17 އަހަރު ގާތް ގަނޑަކަށް 25 ބިލިޔަން ޑޮލަރ ޙަރަދު ކޮށްފި. މިއީ ލަންކާ އާއި އިންޑިޔާގެ އެންމެ ބޮޑެތި އެއަރޕޯޓް ތަކާއި މެލޭޝިޔާ އަދި ތައިލެންޑްގެ އެއަރޕޯޓް ތަރައްޤީ ކުރަންވެސް ނުކުރާވަރުގެ ހޭދައެއް.
މާލޭމީހާ
16 August 2025
ކޮން ބެހޭކަމެއް. ހަޖަމް އައްޑޫ މީހާ
ކަރަންކާ
16 August 2025
މާލޭގެ އެއްވެސް ތާކު ތާރުނާޅާ އޮތްއިރު، އައްޑޫގެ ބޮޑެތި މަގުތަކުގައި ތާރުއަޅާ ލިންކުރޯޑު ހަދާ ހުރިހާ ކަމެއްކުރި އިރުވެސް ރާއްޖޭގެ އެއްވެސް ބަޔަކު ނޫޅޭ ހޭބަލިވެ އައްޑޫއޭ ކިޔާ އިންސާފެއްނޫނޭ ބުނެ. މުޅިމާލޭގައި އައްޑޫ މީހުން. ބޮޑެތި ހުރިހާ ވިޔަފާތިތަކެއްބަލާ އުޅޭނީ ކޮންމެވެސް އައްޑޫ އާއިލާއެއް ފަންޑުކުރަން. ކަލޭ ވެއްޖެނުން އެ އެންމެން ގަދަކަމުން އައްޑޫއަށް ގެންދަން. ހެޔޮނުވާނެ
ހަޖާމްބެ
17 August 2025
ޢެންމެ ފުރަތަމަ ތާރުއަޅައިގެން އައްޑޫގެ މަގުތައް ހެދީ ސަރުކާރަކުން ނޫން.
އިސްމާލި
17 August 2025
ކުރިން އަފީފަކީ އޮއްޓަރު ހުރި ކޮމެންޓު ކުރި މީހެއް. މި ފަހުން އަފީފުގެ ބަލި ހާލަތު މާ ބޮޑަށް ގޯސްވެއްޖެ ހެން ހީވޭ. ތިޔަ ކަމަށް ބޭސް ނުކޮއްފި ނަމަ ހަޔާތް ވަރަށް އުނދަގޫ ވާނެ/