ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލިސް
16 އޯގަސްޓް 2025 - 20:00
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރާއިރު، އެމީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލް ވެސް އާންމުކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔަވާހިކަމުގެ ބިލުގައި މިހާރު ހިމަނާފައި ކަންކަމުގެ އިތުރުން، އެ ބިލުގައި ހިމަނަން އިތުރު އިސްލާހެއް ހުށަހަޅައިފަ އެވެ.
ކުޑޫ ހުށަހެޅުއްވީ ބޯހިޔާވަހިކަމުގެ ބިލުގެ 51 ވަނަ މާއްދާ ނުވަތަ ސޯޝަލް ހައުސިން ޕްރޮގްރާމަށް ކުރިމަތިލާ މީހުންގެ ލިސްޓު އާންމުކުރުމާ ބެހޭ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށެވެ.
އޭނާ ހުށަހެޅުއްވީ ގާނޫނުގައިވާ ގޮތުގެ މަތިން ސޯޝަލް ހައުސިން ޕްރޮގްރާމަކަށް ކުރިމަތިލުމަށް އެދި ހުށަހަޅާ އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓެއް ހައުސިން މިނިސްޓްރީން އާންމުކުރަން ޖެހޭ ގޮތަށް ހެދުމަށެވެ. އެ ލިސްޓުގައި ހިމެނެން ޖެހޭ ބައިތަކަކީ؛
1. ފުރިހަމަ ނަން
2. ދާއިމީ އެޑްރެސް
3. ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން، އަދި ޝަރުތު ހަމަނުވާނަމަ އޭގެ ސަބަބު
4. ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލް
ސަރުކާރުން މިހާރު އާންމުކުރާ، ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓް ލިބޭ މީހުންގެ ލިސްޓުތަކުގައި ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ޝަރުތު ހަމަނުވާ ސަބަބުން ބަޔާންކޮށްފައި ހުރެ އެވެ. އެކަމަކު، ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލް އާންމެއް ނުކުރެ އެވެ. ހަމައެކަނި އާންމުކުރަނީ ޕޮއިންޓް ލިބިފައިވާ އަދަދެވެ.
ބޯހިޔާވަހިކަމުގެ ބިލުގައި މި މާއްދާ ހިމަނަން ހުށަހެޅި އިރު، އެމްޑީޕީގެ އެންމެފަހުގެ ސަރުކާރުގެ "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ހުޅުމާލެ 2 އިން ދޭ ފްލެޓްތައް ލިބޭ މީހުން ކަނޑައެޅުމުގައި ޕޮއިންޓް ދިން ގޮތުގެ ތަފުސީލް އާންމުނުކޮށްގެން ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވި އެވެ. ހައްގު މިންވަރަށް ވުރެ މަދުން ޕޮއިންޓު ލިބުނު ކަމަށާއި ޝަރުތު ހަމަވެގެން ނުވާނެ ބަޔަކަށް ފްލެޓު ލިބުނު ކަމުގެ ޝަކުވާއެކު ގިނަ ބަޔަކު ހައުސިން މިނިސްޓްރީއަށް ގޮސް އިހުތިޖާޖު ވެސް ކުރި އެވެ.
ޕޮއިންޓް ދިނުމުގައި އުސޫލާ ހިލާފަށް އިތުރަށް ބައެއް މީހުންނަށް ޕޮއިންޓް ދީފައިވާކަން، މި 4،000 ފްލެޓުގެ ލިސްޓުގެ މައްސަލައާ ގުޅިގެން އޭސީސީން ކުރި ތަހުގީގުން ވެސް ހާމަވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޫދު މުހައްމަދު
17 August 2025
މިކަން ކޮށްގެން ނުވާނެ. މިމީހުންގެ ވެރިކަމުގައި ނުކުރި ކަމެއް މިއަދު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް.
އާދަމް މުހައްމަދު.
17 August 2025
އެމްޑީޕީ މީހުން ސުޕަރ މެޖޯރިޓީ އޮވެ މިކަން ނުކުރީ ކީއްވެ؟ ލަދު ކޮބާ؟
ފޫހި
17 August 2025
އެންމެ ގޯސްކޮށް ޕޮއިންޓް ދީގެ އެންމެ ބޮޑު ބޭއިންސާފުން ގޯތި ދިން ޕާޓީއަކީ އެމްޑީޕީ. ހުވާ ޕާޓީ އިސްމީހުންގެ ތިމާގެ މީހުންނާއި އެކްޓިވިސްޓުންނަށް ޕޮއިންޓް ދީފަ ހުރިގޮތް ހިތައް އެރުމުން ރުޅިގަނދަވޭ. އެއްވެސް ޕާޓީއަކުން އަދި މި ގައުމުގައި އިންސާފުން ބޯހިޔާވަހިކަން ނުދޭ. ވަރަށް ދެރަވާހަކައެއް މިބުނީ
އަންދަލޫސިޔާ
17 August 2025
ތިކަން ހާމަކުރާނަމޭ ކިޔައި އައި ސަރުކާރަށް 2 ވަނަ އަހަރު މި ހިނގަނީ. މިއީ ހުރިހާ ކަމެއް ރަނގަޅުކުރާނަމޭ، ހާމަކުރާނަމޭ ކިޔައި އައިސް އެކޮޅުކޮޅުން ހުރިހާކަމެެއް ކުރާ ސަރުކާރެއް.
ބދބދބޱބ
17 August 2025
ވ ރަނގަޅު . ކުރިން ސަރުކާރުގަ ޕޮއިންޓް ހަމަނުވެ ފްލެޓް ނުލިބުނު މީހުން މިސަރުކާރުންތިބީ މޮހާރި އެގްރީމެންޓްގަ ސޮއިކޮށްގެން
ޖެއްސު
17 August 2025
ކަލޭމެން ނިމިދިޔަ ސަރުކާރުގަ ކިހާރީތިކޮއް ޕޮއިންޓްދީގެން ލިބުނު މީހުން ހޮވީ. އަދި އަގު ބޮޑެތި ބިންތައް ބަހާލީ މާލޭ ރައްވެހިންނައް
އަފްރާސިޔާބު
17 August 2025
އޭސީސީގެ ތަހްގީގަކީ އޮޅުވާލާފައިވާ ތަހްގީގެއްކަންވަނީ ހާމަވެފައި. އެހެންވީމާ އޭސީސީގެ ތަޙުގީގާ ބެހޭ ވާހަކަ ލިއުމަކީ ރަނގަޅުކަމެއްނޫން.
އަބްދުއްރަހީމް
17 August 2025
ޚޮސް ކަމެއް ތިހާ ގިނަ މައުލޫމާތު އާއްމު ކުރުމަކީ. ސްކޭމް ކުރާ މީހުއްނަށް އޭރުން ވާނީ ރަނުގެ ފުރުސަތަކަށް.
އޮނަރަބްލް އަފީފު ދީދީ
17 August 2025
މާލޭމީހުންގެ ކަށީގައިހިފާފައިވާ ފުލެޓްވައްކަމާއި ފުލެޓަށް ދައްކާންޖެހޭ ފައިސާނުދެއްކުމުގެ މައްސަލައަށް ހައްލުހޯދަން ފުރަތަމަ ފުލެޓާއި ގޯތި ޓެކްސް ފްރީކޮށް އޭނާ މިލްކްކުރާ ދެވަނަ ފުލެޓާއި ބިމުން %50 ޓެކްސް އަދި އިތުރަށް ހޯދާ ކޮންމެ ފުލެޓަކާއި ބިމުން %100 ޓެކްސް ނަގާން ކަޑައަޅާ މިކަމުގެ ހައްލަކަށް ސޯޝަލް ހައުސިންގ ފުލެޓް ތަކަށް ދޮގުމައުލޫމާތު ދިނުމާއި އެފަދަކަމަކަށް އެހީތެރިވުމަކީ ޖިނާޢީ ކުށެއްކަމަށް ޤާނޫނުގައި ކަޑައަޅަން ޖެހިލުންވަނީ ކީއްވެގެންތޯ؟
ލޮއްލަ
17 August 2025
ޕޮއިންޓެއްނޫނޭ ދޮން ކަލޯ.. ފުލެޓު ލިބުނު މީހުނަން އެމީހުންގެ ޕެންޝަން ފަންޑުގަ ހުރި ފައިސާ އެލިބުނު ފުލެޓަކަށް ޚަރަދުކުރަން ނެގޭނެ ގޮތެއް ހަމަޖައްސަބަލަަ. ކާކަށްތަ ޔަގީންވަނީ ރިޓަޔާމަންޓާ ހިސާބަށް ދިރި ހުންނާނެކަމެއް.؟ ވަންނާނެ ތަނެއް ނެތިގެން މިއުޅެނީ. މިވެރިން ކަމަކީ މުސާރަކޮޅުންވެސް ޖަރީމާ ހިންގުން.