ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
09 އޮކްޓޯބަރ 2025 - 20:20
ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އިިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުން ޓައީ ނާޅުއްވައި މަޖިލިހުގެ ޖަލްސާތަކަށް ވަޑައިގަންނަވަން މި ފަހުން ފެއްޓެވުމާ ގުޅިގެން، ޓައީ އެޅުއްވުމަކީ މަޖުބޫރު ކަމަކަށް ނުވާ ގޮތަށް މަޖިލިހުގެ ގަވާއިދުގައި ހިމަނަން އާންމު ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.
މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ވަޑައިގަންނަވާއިރު، އެ ބޭފުޅުން ހެދުން އަޅުއްވަންވީ ގޮތުގެ އުސޫލު، މަޖިލީހުގެ ގަވައިދުގެ ޖަދުވަލެއްގެ ގޮތުގައި ހިމެނުމަށް އާއްމު ކޮމިޓީން އިއްޔެ ފާސްކުރީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެންނެވެ.
އެކަމަކު، މި އިސްލާހު މަޖިލީހުގެ ގަވާއިދުގައި ހިމެނޭނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.
މަޖިލީހުގެ މެންބަރުންގެ ރަސްމީ ހެދުމަކީ ކޮބައިކަން ގަވާއިދުގައި ކަނޑައަޅަން މަޖިލިހުގެ ރައީސް އަބްދުއްރަހީމް ހުށަހެޅުއްވީ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރުން ހާޒިރު ނުކުރާތީ ކުރައްވާ އިހުތިޖާޖެއްގެ ގޮތުގައި އެމްޑީޕީގެ ތިން މެންބަރަކު ޓައީ އެޅުއްވުން ހުއްޓަވައިލެއްވުމުންނެވެ.
އެއީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ނަމަވެސް ކުޑޫ ފަހުން ވަނީ އޭނާގެ ނިންމުން ބަދަލުކުރައްވައި ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައީ އަޅުއްވަން ފައްޓަވައިފަ އެވެ.
މަޖިލިހުގެ ރައީސްގެ ހުށަހެޅުއްވުން ދިރާސާކުރުމަށް ފަހު ގަވާއިދަށް އިތުރުކުރަން އާއްމުކޮމިޓީން އެކުލަވައިލި ޖަދުވަލުގައި ރަސްމީ ހެދުމުގެ ގޮތުގައި ކަނޑައަޅާފައި އޮތީ ހަތަރު ބާވަތެއްގެ ހެދުމެވެ.
● ކޯޓުފަޓުލޫނު.
● ގައުމީހެދުން/ ދިވެހި ސަގާފީހެދުން.
● ގަމީހާއި ޓައީ އާއި ފަޓުލޫނު.
● ދިވެހިރާއްޖޭގައި ހެދުން އެޅުމުގެ އާއްމު އަދަބާ ހިލާފު ނުވާ ގޮތަށް ހުންނަ ރަސްމީ ހެދުން.
ރަސްމީ ހެދުމުގެ ގޮތުގައި ގަމީހާއި ޓައީ އާއި ފަޓުލޫނު ގަވާއިދުގައި ބަޔާންކޮށްފައި އޮތް ނަމަވެސް ރާއްޖޭގެ އާއްމު އަދަބާ ހިލާފު ނުވާ ގޮތަށް ހުންނަ ރަސްމީ ހެދުން ކަމަށް އޮތުމުން، އެއީ ޓައީ ނާޅައި ހަމަ އަތްދިގު ގަމީސް ލާފައި ދަށަށް ޖަހައި، ބޫޓަށް އެރުން ކަމަށް މާނަ ކުރެވެ އެވެ.
މަޖިލީހުގެ ގަވާއިދުގެ "ޖަދުވަލު 5"ގެ ގޮތުގައި ގަވާއިދަށް އިތުރު ކުރަން އާއްމު ކޮމިޓީން ފާސްކުރި ޖަދުވަލުގައި، މެންބަރުން މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަންނަވާއިރު، އެޅުން ހުއްދަ ނޫން ހެދުންތައް ހިމަނާފައިވީ ނަމަވެސް ޓައީ އެޅުމުގެ ވާހަކައެއް ނެތެވެ.
1 - ހަންގަނޑު ފާޅުވާ ފަދަ ތުނި ހެދުން.
2 - ވަކި ޖަމާއަތަކަށް ނުވަތަ ވަކި ކަމަކަށް ނިސްބަތްވާ ބެޖެއް ނުވަތަ ނިޝާނެއް ޖަހާފައި ހުންނަ ހެދުން.
3 - އަހުލާގީ ގޮތުން އެކަށީގެންނުވާ ހުތުރު ބަސް، އިބާރާތް، ކުރެހުން، ކާޓޫނު، ފޮޓޯ ޖަހާފައި ހުންނަ ހެދުން.
4 - އެއްވެސް ބާވަތެއްގެ ޖީންސް.
5- ގިނަ ޖީބުލާފައި ހުންނަ ކުރު އަދި ދިގު ހަރުވާޅު.
6 - ޓީޝާޓް ނުވަތަ ޓީޝާޓް ފޮތިން ފަހާފައި ހުންނަ ހެދުން.
7 - ފެންފައިވާނާއި ޓެނިސް އަދި ޖޮގިން ޝޫޒް
އާއްމު ކޮމިޓީން ފާސްކުރި އިސްލާހުގައިވާ ގޮތުން ހެދުން އެޅުމުގެ ގަވާއިދާ ހިލާފުވާ މެންބަރުންނަށް ފިޔަވަޅު އަޅާނީ މަޖިލީހުގެ ގަވައިދުގެ 71 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށެވެ.
އެ މާއްދާގައި ގިނަ އަދަބުތަކެއް ހުރި އިރު އެންމެ ބޮޑު އަދަބަކަށް އޮތީ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވުމުން މަހުރޫމު ކުރުމެވެ.
އިސްލާހުގައިވާ ގޮތުން ހެދުން އެޅުމުގެ މި ގަވާއިދަށް، ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރާ، މެންބަރުން ނޫން މީހުން ވެސް އަމަލުކުރަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތުއްތުބެ
11 October 2025
ގަމީސްވެސް ނުލާ ދާގޮތަށް ފާސްކުރަންވީ ނުން.
ކޮރަލް
10 October 2025
އެއްޗެއް ފާސް ކުރާ އިރު މަޖްލީހުން ފެންނަނީ 40 އެވެ . ފުރަތަމަ ހާޒިރީ ރަނގަޅު ކުރަން ވީ އެވެ .ފައިސާ ހަލާލު ކުރަން ވީ އެވެ .
މުލޭ
10 October 2025
ސޯޓު ލައިގެން ދާގޮތަށް ހަދަން ފެންނަނީ. މިތިބީ ހަމަ "ޢިއްޒަތްތެރިން". ބޭނުން ގޮތަކަށް އުޅެވޭނެ މިމީހުންނަށް.
އަމްދު
10 October 2025
ސޯޓު ލާ ގޮތައް ފާސްކޮއްލިނަމަ. ޢަހަރެމެންނަވެސް ފަސޭހަ ނޫން ސިވިލް ސާވިސްގަ ޓައީ އަޅާގެން ދާކައް.
ކޮން
10 October 2025
މެންބަރު ކަމަށް ކުރިމަތިލެވޭނެ ޝަރުތު ކަނޑައެޅިއްޔާ މާ ތާހިރުވާނެ.
ށސ11
10 October 2025
ސިވިލްސާވަންޓުން ބެގީޖަހަން މަޖުބޫރުކުރުން ހުއްޓާލަބަލ. ފިރިހެނުންނަށް ގަމީސް ބެގީނުކޮށްލެވެންވާނެ. އަނހެނުންވެސް މިތިބެނީ ގަވާއިދަކަށްނޫން. އެމީހުން މިހާރު ގިނައިން ބެގީމިޖަހަނީ. ކާފަރުންކޮޕީނުކޮށް މުސްލިމުން ހެދުންއަޅަން ޖެހޭގޮތަށް އެޅިމަނިމުނީ
ކޮންވާހަކައެއް
10 October 2025
ބެގީ ޖެހުމާއި އިސްލާމްދީނާ އޮތީ ކޮން ގުޅުމެއް؟؟
ބަކަރިބޭސް
11 October 2025
ބެގީ ނުޖަހާ ކޮނޑުކެނޑިޔާ މުންޑު ނުވަތަ ސޯޓު ރަގަޅުދޯ؟
ނޭޗަރޕާކް
11 October 2025
ށސ11 ކަހަލަމީހުންނަށް ކަމުނުދާ ކަމެއްވެއްޖެއްޔާ އެވާނީ އިސްލާމްދީނާއި ޚިލާފްކަމަކަށް. އެމީހުންނަށްކަމުދާނީ އަފްގާނިސްތާނު މީހުންއަޅާހެދުން. މިހާރުވެސް އަތުގައި އޮންނާނީ ކާފަރަކު ހަދައިފައޮތް ފޯނެއް.
ކީކޭ ބުނާނީ
10 October 2025
ތި ގޮތަށް ރައްޔިތުންނަށް ފަސޭހަވާނެހެން ބަދަލްކޮށްލަން ޖެހޭ ބަޔެއް ވަންވޭތަށްވެޒް އެބަހުރި. ބޭނުމީ ފަސޭހަ މާހައުލެއް ވެއްޓެއް ބިނާކުރުން ނޫންތޯ. ތިގޮތަށް މީހުންގެ އިހްސާސްތަށް ވެރިންނަށް އިނގޭނަމަ ހާދަކަމެއް ރަނގަޅުވާނޭ.
ޑރ ވާންޗޯ
10 October 2025
ބަންގާޅީ ކަޑަތަކުގަވެސް ޓައީއެޅުން ލާޒިމެއްނޫން. ބޭނުމިއްޔާ އަޅައިގެން އަޔަސްއޯކޭ.
އައްޑޫ މޭޔަރ އަފީފުދީދީ
10 October 2025
މަށަށް ފެންނަނީ ކަލޭމެން ގަންޖިފަރާހާ މުންޑާ ހުސްފައިގައި ދާން.
ކޮންމެ ހެދުމެއްލިޔަސް ބަރަހަނާކަން ނުފިލާނެ ތިމީހުންގެ
09 October 2025
އަހަރެން ހީކުރީ މިވެރިން ހުދު ގަމީސް ލާންޖެހޭގޮތަށް އުޞޫލުގަ އޮވެގެންކަމަށް ހުދުގަމީސް މާވަރަކަށް މި ލަނީ.. ފަސްބައި ސާފުކަމާ ނަޒާހަތްތެރިކަމާ މައުޞޫމް ކަން ދައްކަން ތޯ ހުދު ލަނީ