ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
15 ސެޕްޓެމްބަރ 2025 - 16:26
ވަޒީރުންނާ ސުވާލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަމަލުކުރައްވާ ކަމަށް ތުހުމަތުކުރައްވައި އިހުތިޖާޖުކުރުމުގެ ގޮތުން، އިދިކޮޅު އެމްޑީޕީގެ ތިން މެންބަރަކު ޓައީ އެޅުން ހުއްޓާލައްވައިފި އެވެ.
ޓައީ ނާޅައި މިއަދު ޖަލްސާއަށް ވަޑައިގަތީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
އެ ތިން މެންބަރުން ޓައީ ނާޅުއްވައި ވަޑައިގެން ތިއްބެވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެ މެންބަރުންނަށް ނަސޭހަތް ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކަކީ މެންބަރުންގެ ރަސްމީ މަސައްކަތަށް ވާތީ އާއްމުކޮށް މެންބަރުން ވަޑައިގަންނަވާނީ ރަސްމީ ހެދުމުގައި ކަމަށެވެ. އެއީ މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި ޓައީ އަޅުއްވައިގެން ވަޑައިގަތުމެވެ.
"އެހެން ނަމަވެސް މިއަދު ބައެއް މެންބަރުން ޓައީ ނާޅުއްވައި ވަޑައިގެން ތިއްބެވީމާ އަޅުގަނޑު ހަމަ ދަންނަވާލަން އެހެން ނަހައްދަވާށޭ، އަޅުގަނޑުމެންގެ މަޖިލީހުގެ އިއްޒަތާއި ގަދަރާ ކަރާމަތާ ހިފެހެއްޓެވުމަކީ ހުރިހާ މެންބަރުންގެ މައްޗަށް އޮތް ލާޒިމް ކަމެކޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޓައީ ނާޅުއްވައި ވަޑައިގެންނެވި ސަބަބާ ބެހޭ ގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު "މިހާރު" އަށް މިއަދު ވިދާޅުވީ އޭނާ ހިމެނިވަޑައިގަންނަވަ ގޮތުން ތިން މެންބަރުން ޓައީ ނާޅުއްވައި ވަޑައިގަތީ މަޖިލީހުގެ ރައީސް މަޖިލީހުގެ ގަވައިދަށް އަމަލުނުކުރައްވާތީ އެކަމާ އިހުތިޖާޖް ކުރެއްވުމުގެ ގޮތުން ކަމަށެވެ.
"މަޖިލީހުގެ ގަވައިދުގެ 83 ވަނަ މާއްދާއާ ހިލާފަށް ރައީސް ގެންދަވަނީ އަމަލުކުރައްވަމުން، އެހެންވެ އަޅުގަނޑުމެން ދެން މަޖިލީހަށް ދާނީ ޓައީ ނާޅައި،" ފިއްޓޭ ވިދާޅުވި އެވެ.
މަޖިލީހުގެ 83 ވަނަ މާއްދާގައި އޮތީ މަޖިލީހުގެ މެންބަރުން ވަޒީރުންނާ ސުވާލުކުރުމުގެ އުސޫލުތަކެވެ.
ފިއްޓޭ ވިދާޅުވި ގޮތުގައި މަޖިލިހުގެ ޖަލްސާތަކަށް ހާޒިރުވާން ވަކި ޑްރެސް ކޯޑެއް ނެތެވެ. އެކަމަކު މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވާންޖެހޭނީ ޓައީ އަޅައިގެން، ރަސްމީ ހެދުމުގައި ކަމަށް އޮންނަ ކަމަށާއި އެކަމަކު ކޮމިޓީތަކަށް ހާޒިރުވާއިރު ނުރަސްމީ ހެދުމުގައި މެންބަރުން ތިއްބެވުމަކީ އާންމު ކަމަކަށް ވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަނދަރަބޮލި
17 September 2025
ޓައީ ބޭލުންފަދަ ބޮޑެތި އަމަލު ކުރާތީ ވ ހިތާމަކޮށް ކުއްވެރިކުރަން. ނަޑާވެ އަވަގުރާނަ ގޮވިޔަސް ޓައީ އަޅަންވާނެ އިއްޒަތްތެރި މެމްބަރުން. ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން.
އާފް
17 September 2025
އެމްޑީޕީ އަކީ މިގައުމައް ޖެހުނު ބޮޑުމުސީބާތެއް
ހައްސާންް
16 September 2025
މަޖިލީހުގެ ހުރުމަތް ކަނޑާލަން އެމްޑީޕީ ޖެހިލުމެއްނުވާނެ. އެއީ އެކަމުގެ މާހިރުން.
އައްމަޓީ
16 September 2025
މަޖިލީހުގެ ރަސްމީ ހެދުމުގައި ޓައީ ހިމެނޭނަމަ، އަޅަންޖެހޭނެ. އެސޮރުމެން އެހެންއުޅޭނެ، މަގުމަތިން ގެނައި ބަޔަކު ޓައީއެއްނޫން ގަމީސްބާލައިގެންވެސް އަދި އުޅޭމަންޒަރު ފެންނާނެ
އަލީ ބުނީ
15 September 2025
ޓައި ވިއްކާމީހުންގެ ހައްގައް މިހާރު ތިއަރައި ގަންނަނީ.
ރިއްޕެ
15 September 2025
ތިވެސް އިހުތިޖާޖެއްތަ؟ މީޑިޔާ އަށް އެރީމަ މަޤްޞަދު ޙާޞިލުވެއްޖެދޯ
ފަލި
15 September 2025
ޓައީ ނާޅާ އުޅުމަކީ ދުނިޔޭގެ ހުރިހާތަނެއްގަވެސް މިހާރު އާންމުވަމުންދާ ކަމެއް. ނެތެމުންދާކަމެއް ދިރުވަން ކީއްކުރަންތޯ އުޅުންވަނީ.
ޖިމްކޮ
15 September 2025
ބޮޑުވެގެން އައިގޮތްކަށް އުޅެންދަސްވެފައި ހުންނާނީ ރަގަޅުވާނީ މުޅިގައިގަ ރީދޫއުގުޅައިގެން އައީމަ އަދި ދާއިރު ދެތިން ކާށި ހިފައިގެންދާތި ކާށިފަޅަން
ކައްދަގެ އާދަނު
15 September 2025
ހެދުން އެޅުމާ ބެހޭ ގަވާއިދެއް މިވަގުތު ނެތިއްޖާ ތީގެ އެއްޗެއް މިވަގުތު ހަދަން އެބަޖެހޭ. އަދި އެގޮތަށް ހެދުން ނާޅާ ބަސްނާހާ ކުދިންގެ މުސާރައިން ދުވަހަކަށް ޖެހޭ އަދަދުން ދެބައި ކުޅަ އެއްބައިގެ ޖޫރިމަނާއެއް ދައްކަން އަންގައި މުސާރަ ކަނޑަން ފެށީމަ ތިޔަކަން ހުއްޓިދާނެ. ތިޔަ ހުރީ މާ ބޮޑު ކަންކަމެއް ނޫން.
ކުނިގޮނޑު
15 September 2025
ޓައި ބާލާފަ ރީނދޫ އަޅައިގެން ކައްކާފަ އޮތް މާނިޔަ މަހެއް ކަރުގަ އެލުވައިގެން ދާންވީ.