މާލޭގެ މަގުތަކުގައި ހުރި ބާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރަނީ.-- ފޮޓޯ: ޕޮލިސް
16 އޯގަސްޓް 2025 - 20:50
މާލޭގެ މަގުތަކުގައި ހުރި 200 އަށް ވުރެ ގިނަ ބާ ވެހިކަލް ފުލުހުން މިއަދު ނަގައިފި އެވެ.
ފުލުހުން މިރޭ ބުނީ މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާ ގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމަށް މިއަދު ކުރި މަސައްކަތުން 208 އުޅަނދެއް މަގުތަކުން ނަގާފައިވާ ކަމަށެވެ.
މަގުތަކުން މިއަދު ނެގީ 168 ސައިކަލާއި ހަތަރު ފުރޮޅުލީ 40 އުޅަނދު ކަމަށް ފުލުހުން ބުންޏެވެ.
މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށްގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް، ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާ ގުޅިގެން ދަނީ ކުރަމުން. pic.twitter.com/D5arvVNzYA
— Maldives Police (@PoliceMv) August 16, 2025
މާލޭގެ މަގުތަކުން މިއަދު ބާ އުޅަނދުތައް ނެގީ ފުލުހުންނާއި މާލޭ ސިޓީ ކައުންސިލާއި ޕަބްލިކް ވޯކްސް މިނިސްޓްރީ ގުޅިގެންނެވެ.
މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމާއި ބާ އުޅަނދުތައް ނަގައި ނައްތާލުމުގެ މަސައްކަތް ފުލުހުން ދޭތެރެއިން ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މީދޯވާގޮތް
17 August 2025
ރައްޔިތުންގެ ޒިންމާދާރުކަން މިހާ ކުޑަ ގައުމެއްގައި ގާނޫނު ތަންފީޛު ކުރާ ފަރާތްތަކަށް އެކަށީގެންވާ ބާރެއް ނުދީ ކަންކަން ހައްލެއް ނުވާނެ. ފުލުހުން ކުރާ ކޮންމެ ކަމެއްގައި ފުލުހުން ވަނީ ބަދުނާމު. ގާނޫނާ ޚިލާފުވާ މީހާއަށް ލިބެނީ އިތުރު މަންފާ. ގާނޫނާ ޚިލާފަށް ޕާކުކުރީ ކީއްވެތޯ ސުވާލުކުރާނެ އެއްވެސް ފަރާތެއް ނުހުރޭ. އެކަމަކު އެ ވެހިކަލު ފުލުހުން ނެގީމަ ފުލުހުން ޒިންމާދާރު ކުރުވާނެ ފަރާތްތައް ބައިވަރުއެބަހުރި. ބަދަލުވެސް ދޭންޖެހޭ.
އަނެއްބަދުނާމުފުލުހުންނަށް
17 August 2025
މަގުތަކުން ވެހިކަލް ނަގައިގެން ގެންގޮސް އެތަކެތި ރައްކާތެރި ގޮތުގައި ބަހައްޓާނެ ތަނެއް ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ފުލުހުންގެ ތެރޭގައި ނުހުރޭ. މިކަމުގެ ޒިންމާ މުޅި ސަރުކާރުން ނަގަންޖެހޭނެ. ވެހިކަލަށް ލިބޭ ގެއްލުންތަކުގެ ސަބަބުން އަބަދުވެސް ފުލުހުން ބަދުނާމުވަނީ. އެއްޗެއްގައި ރޮނގެއް އެޅިފަ އިނަސް ވެރިފަރާތުން ބޭނުންވަނީ ބަދަލު. ގާނޫނާޚިލާފުވެގެން ނަގާ ނެގުމަށް ލިބޭ ގެއްލުމަށް ފުލުހުން ޒިންމާވާން ނުޖެހޭގޮތަށް ގާނޫނު ހަދަންޖެހޭ.
ފރ2345
17 August 2025
މަގަކުން ވެލިފުކެއް ވަރުވެސް މަދުވިހެން ހީވެސްނުވޭ
ޒުއިމްު
17 August 2025
ވެހިކަލް ފްރީ ރަށަކަށް މާލެ ހަދަން އެބަޖެހޭ
ސައިކު
17 August 2025
އޭ މަގޭ ސައިކު ނުނަގާތި ބާ ކޮށް ހުއްޓަސް މަ ލޯބިން ގެންގުޅެ ސައިކެއް އެއީ
އިންޑިޔާއިން
17 August 2025
އިންޑިޔާއަށް ބޭސްފަރުވާއަށް ދިޔައީމަ މުދާކޮޅު ސަރުކާރުން މި ފޭރިގަންނަނީ. ދެން ކިހިނެއް މިގައުމުގަ އުޅޭނީ؟
ކޮނޅުބުން
18 August 2025
މުދާ ކޮޅު ރަށް މެދަށް ދޫކޮއްފަ ދިޔައިމަ ކޮންމެވެސް ބަޔަަކު ހަވާލުވާނެ.