ބޮޑުތަކުރުފާނު މަގުގައި ޕާކުކުރުން މަނާކަން އަންގައިދިނުމަށް ފުލުހުން ބެރިކޭޑު ބަހައްޓައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
19 ޖޫން 2025 - 13:37
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ވެސް ފުލުހުން ފަށައިފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާލޭގެ މަގުތަކުގައި ދަތުރުފަތުރުކުރުމަށާއި ހިނގާވެބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބު ކުުރުމަށް އެ އިދާރާއިން މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.
އެ މަސައްކަތުގެ ދަށުން، ހިތިގަސް މަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ (ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދު) ހަމައަށް، ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ދުއްވާ މީހުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދިނެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި އޮތް ސަރަހައްދުގެ އެއްވެސް ހިސާބެއްގައި ވެހިކަލް ޕާކުކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް، އާޓިފިޝަލް ބީޗު ސަރަހައްދާއި ސަލްމާން މިސްކިތް ހުންނަ ސަރަހައްދުގައި ވެހިކަލް ޕާކުކުރުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ.
ބޮޑުތަކުރުފާނު މަގުގައި ޕާކުކުރުން މަނާކަން އަންގައިދިނުމަށް ފުލުހުން ކޯނު ޖަހައި ޓޭޕު ދަމައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ މަގުގައި ޕާކުކުރުން މަނާކަން އަންގައި ދިނުމަށް ފުލުހުން މިހާރު ވަނީ ކޯނު ޖަހައި ޓޭޕު ދަމައިފަ އެވެ. އަދި ބައެއް ހިސާބުތަކުގައި ބެރިކޭޑު ވެސް ވަނީ ބަހައްޓައިފަ އެވެ.
ފުލުހުން ބުނީ އެ ސަރަހައްދުން ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ.
ޓޯކުރާ ވެހިކަލްތައް ފުލުހުން ދޫކުރަނީ 750ރ. ގެ ޖޫރިމަނާއާ އެކު، ކުރިން ކޮށްފައި ހުރި ވެހިކަލްގެ އެހެން ޖޫރިމަނާތަކާއި ނުދައްކާ ހުރި އަހަރީ ފީތައް ވެސް ދައްކައި ހަލާސް ކުރުމުންނެވެ.
ގަވާއިދާ ހިލާފަށް މަޖީދީ މަގުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން މިދިޔަ ހަފުތާގައި ފަށާފައިވެ އެވެ. މަޖީދީ މަގަކީ ވެސް ވެހިކަލް ޕާކުކުރުން މަނާ މަގެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިކަލ
22 June 2025
ޕާރކިންގ ބިލްޑިންގ އެއް އަޅާނެ ގޮތް އިނގޭ މީހެއް މި ސަރުކާރުގައި ނެތީ...؟
ކޯންޕޮލިސް
19 June 2025
ވެސްޓްޕާރކް ހުންނަނީ ބޮޑުތަކުރުފާނު މަގުގައެއްނޫންތަ؟ އެތާ އަބަދުމެ އޮންނަނީ ޑަބަލް ޕާކިންގ އިން ފުރިބާރުވެފަ. ޕޮލިސްޓޭޝަން ކުރިމަތިންލާފަ ބަސްދަތުރުކުރަނީ. އިރުކޮޅަކުން އޮންނާނެ ލަބާނުލެވިފަ ކަންމަތީ ޕާރކްކޮށްފަ ހުންނަ ކާރުތަކާ ލޮރީތަކުން ބްލޮކްވެފަ
ޕާކިން
19 June 2025
ހުރިހާ މަގަކުން ހުރިހާ ވެހިކަލެއް ނަގާފަ ގާދޫކޮލަށް އަޅާލާ. ނިމުނީ. ޕާކުކުރާނެ އެއްޗއް ނުހުންނާނެ އޭރުން. މުޅި މާލެ ގްރީން މާލެ އަކަށް ބަދަލުވީ.
އަލި
20 June 2025
ބިލްޑިންގ ތައްވެސް ތާޅާލާފަ ގާދޫކޮލަށް އަޅާލާ. އޭރަށް މާބޮޑަށް ގްރީންވާނެ.
ރާވެރިބެ
19 June 2025
ދެން ސަރުކާރުން ކުރަންވީ ކަމަކީ ސައިކަލާ ކާރުފަދަ އުޅަދު ވިއްކާ ފިހާރަތަކާ ކުނުފުނިތަކުން %500 ޓެކްސް ނަގަންވީ. މިފަދަ ޓެކްސް ކޮންމެ މަހަކު ނަގަން ފަށަނިކޮށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބޭނެ. ލުއި ނުލިބޭނަމަ ޓްރަމްޕް ހަދާހެން އަނެއްކާ ޓެކްސް އެތަށް ސަތޭކަ % ބޮޑުކޮށްލާނީ. އަދި ވަޒީރުން ފަދަ ސަރުކާރުން ކާރު ދެއްވާފަ ތިބި ހުރިހާ ބޭފުޅުން އަތުން ކާރު އަތުލާފަ ރެލީ ބައިސްކަލް ދޭންވީ. ސިްހަތަށް ގެއްލުންވަނީ ހަމަ އެކަނި ވޭޕަކުން ނޫން.
ސައިކަލާއިކާރަކީ ޢާންމު އުނދަގުލެއް
19 June 2025
މާލެއާއި ހުޅުމާލޭގައި ކާރާއި ސައިކަލު ހިތުހުރިގޮތަކަށް ޕާކް ކުރަނީ. ސްޓިކާ ޖަހާކަށް ނުކެރެ. ދިރިއުޅުމަށް އުނދަގޫ. އަޅާލަންކެރޭނެ މީހަކު ނެތް. އެމްބިއުލަންސް ވަދެވޭ މަގުތައް މަދު. ފަޔަރު ލޮރީ އަށް ވަދެވޭނެ މަގުތައް ވަރަށް މަދު. ގިނަގިނައިން ކަންތައްތައް/ހާދިސާތައް ހިނގަންވީ. އޭރުން މިދިވެހިންނަށް ވިސްނޭނީ.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
19 June 2025
މިސަރުކާރުން ރައްޔިތަކަށް ހެޔޮ އެދޭނެތަ؟؟ މިއީ ސީދާ ރައްޔިތުން އަތުން ޓެކްސް ފައިސާ ފެލައިގެން އެ ތަޅާ ބުރުވާ ބައެއް ތިބި ސަރުކާރެއް. މިވަރު ބައެއް ރައްޔިތުންނަށް ހެޔޮ ހިތުން އަމިއްލަ ފައިދާއަށް ނޫނީ ކަމެއްކޮށްދޭނެތަ؟؟
ޖައިސާމް
19 June 2025
މައްސަލަ އެންމެނަށް އިނގޭ. މައްސަލައަކީ ތަނަށް ކެތް ނުވާ ވަރަށް އުޅަނދު ރެޖިސްޓްރީ ކުރަމުން އައުން. އެކަން ހުއްޓުވުމުގެ ގަޓެއް އެއްވެސް ސަރުކާރަކު ނެތް.
ރުންކުރު
19 June 2025
ރައްޔިތުންނަށް ކިރިޔާވެސް އުނދަގުލެއް ކުރެވެންޏާ ކުރާތި!! ޕާކު ކުރާނެ ތަންތަން ނެތަސް ވަރިހަމަ
ރާވެރިބެ
19 June 2025
ޕކު ކުރާނެ ތަންތަން ދެއްކުމަކީ ގާނޫނު އަސާސީގަ ލިޔެފަ އޮތް އަސާސީ ހައްގެއްތަ؟ މި އުޅެނީ ބޯހިޔާވެހިކަން ހޯދަ ނުދެވިގެން. ދާ ތަނަކަށް ގޮސް ފަށް ޖަހާލައިގެން އެތެރެ އަށް ވެެއްދޭނެ ވެހިކަލް ގަނޭ. ނޫނީ ގޭގަ ސިޓިން ރޫމްގަ ޕާކުކުރޭ. މަގުމަތީ އަބަދު ޕާކު ކުރުން ހުއްޓުވަންޖެހޭ. ބައެއް މީހުން ކާރެެއްގެ އިތުރުން 3 ސައިކަލް އެބަ ގެންގުޅޭ. މާލޭ ޓްރެފިކް މައްސަލަ އަކީ މިހާރު އާންމު އުދަގުލެއްގެ އިތުރުން ފުރާނައަށް ނުރައްކަލެއް. ހުރިހާ ބޮޑެތި މަގު ހުސް ކުރޭ!
ހާސަރު
19 June 2025
ޕާކްކުރެވެނިކޮށްނިމުނީދޯ!؟ ހިގާނެތަނެއް ދުއްވާނެ ތަނެއް ނެތަސް! ގޯޅިއެޅެންނެތަސް! މިއަށް ވުރެބޮޑު އުދަގުލެއް މި މާލޭގައި އެބައޮތްތަ!؟
ގަރާޖްސިޓީ
19 June 2025
ކޮބާ ރަޖިސްޓާރޑް ގަރާޖް؟ މުޅި މާލެ ފުރާލާފައި މިއޮތީ ފްރީ ޕާރކިންގއިން..ހިތުން މިއުޅެނީ ސިންގަޕޫރުގަޔޯލަ
ފަންވަތް
19 June 2025
މީވެސް ގައުމެކެވެ. ހުޅުމާލެ ހެދީ މާލެ ތޮއްޖެހުން ކުޑަކުރެވޭނެ ގޮތްތަކަށް ވަރުވާއެއް ހޯދާށެވެ. އެހެންނަމެސް ތަރައްގީވެފައިވާ ޒަމާނީ ސިޓީތަކުގެ ކުލަވަރެއް ނުޖެއްސުނެވެ. ހުސްތަންކޮޅެއް އޮތިއްޔާ ފްލެޓެއް އަޅަނީއެވެ. ނޫނީ ގޯތި ދެނީއެވެ. ވެހިކަލަކީ މިޒަމާނުގައި ޒަރޫރީ އެއްޗެކެވެ. ޢެ ބަހައްޓާނެ ތަންތަން ޖެހޭނީ ހަދާށެވެ. އިމާރަތްތަކުގެ ތިރީގައި ފިހާރަތައް ހަދައިގެން ހައްލެއް ނުލިބޭނެއެވެ. ޓޯ ކުރިއަސް އެއްލާލިއަސް އަސްލު މައްސަލަ އޮތްތާ އޮތީއެވެ.
އިލޮށި
19 June 2025
ދުއްވާ އެއްޗެހި ގަންނަންވާނީ ގަރާޖުކުރާނެ ތަންތަން ހުރި މީހުން. ދުއްވާ އެއްޗެހި މަގުމަތީގައި ގަރާޖުކޮށްފައި ބެހެއްޓެންޏާ އަހަރެންގެ ދޮންނަމެޝިނާއި އައިސްއަލަމާރިފަދަ ތަކެތިވެސް މަގުމަތީގައި ބެހެއްޓެންވާނެ. ކޮންމެގެއެއް ދިހަފަނަރަ ބުރިއަށް ނަގާލާއިރު ބޭސްމަންޓު ނަމަވެސް ގަރާޖުކުރަން ބަހައްޓަންވީނު. އެކަމަކު އެތަންވެސް ލައްކައިން ކުއްޔަށް ދެނީ. ހުރިހާ ތަކުލީފެއް އެހެންމީހުންނަށް.
ތުއްތު ކަލޯ
19 June 2025
ބަރާބަރު! އެހެނޫންވާނީ ޕާކުކޮށްފައި ގޮސް ތިބެނީ ޖީއެމްސީ އަށް ލާރި ދޭން