މަސްދޯންޏެއްގައި މަސްވެރިން މަސް ބާނަނީ.-- ފޮޓޯ: ދިވެހި މަސްވެރިން
17 އޯގަސްޓް 2025 - 14:24
ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމުގެ ދާއިރާ އަށް ޒުވާނުން ނެރުމަށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
އެއީ "ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓު" ގެ ދަށުން ތިން މަސް ދުވަހުގެ މުއްދަތަށް ވޯލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ ހިންގާ ތަމްރީނު ކޯހެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މަސްވެރިކަމަށް އަލަށް ނުކުންނަން ބޭނުންވާ ފަސް ޒުވާނަކަށް އެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ފުރުސަތު ދީ، އެލަވަންސެއް ވެސް ދޭނެ ކަމަށެވެ.
އޭގެ ބޭނުމަކީ އެ މިނިސްޓްރީން ބުނިގޮތުގައި، ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށްޓަކައި ބޭނުންވާ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ފަހި ކޮށްދިނުމެވެ.
މަސްވެރިކަމާ ބެހޭ ފަންނީ މައުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް މިނިސްޓްރީން ބުންނެވެ.
އޭގެ ތެރޭގައި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބު އުސް ކެޔޮޅުންގެ ފަރާތުން މި އެ ޕްރޮގްރާމްގެ ބައިވެރިވާ ޒުވާނުންނަށް ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހު 30 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ކޯހުގައި ބައިވެރިވާން އެދޭ މީހުން ފޯމު ފުރިހަމަ ކުރުމަށް ފަހު އައިޑީ ކާޑުގެ ކޮޕީއާ އެކު އީމެއިލު ކުރަން މިނިސްޓްރީން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަންޑޭ
17 August 2025
އެންމެ ފަސް ޒުވާނަކަށް. ނަމަކަށް ތިކަން ނުކުރިއްޔާ ރަނގަޅުވާނީ.
އޮނަރަބްލް އަފީފު ދީދީ
17 August 2025
ބޭރުން ދަނޑު ވެރިކަމަށް ދިން އެހީ މާލޭ މީހުންގެ ގެގެ ޓެރަސް މަތީގައި ދަނޑު ހައްދާށޭ ކިޔާފައި ބަހާލިގޮތަށް ތިޔަ ކޯސް ވެސް ހިންގަންވާނީ މާތް ވެގެންވާ މުޤައްދަސް ރަށްކޮޅުގައި ނުވަތަ އެ ސަރަޙައްދުގައި. އޭރުން މަސްވެރިކަމުގެ އެއްވެސް ޙަރަކާތެއްނެތް އަދި އަމުދުން މަސް ދޯންޏެއް މަސް ވެރިކަން ކުރާ ކެޔޮޅަކު ވެސް ނެތް އައްޑުއާއި ހުވަދޫ ފަދަ ރަށްރަށުން ފުރައިގެން ގޮސް ތިރަށު މީހެއްގެ ގޭގެ ކޮޓަރި އެއް ކުައްޔަށް ހިފައިގެން ހުރެ ތިޔަ ކޯސް ފުރިހަމަ ކުރެވޭނީ.
ބިންދާސް
17 August 2025
މާތްކަމޯ،، ސަރުކާރުގެ އިސްވެރިންނަށް ހީވަނީތޯ ޒުވާނުން މަހަށް ނުގޮސްގެން އުޅެނީ މަސްވެރިކަން ކުރަންނޭގޭތީ ކަމަށް، ބަލަ ޒުވާނުންގެ ތެރެއިން މަސްވެރިކަމަށް ދާންތިބި ހުރިހާ އެންމެންނަށް އެކި ފެންވަރުގެ މަސައްކަތެއް ކުރަންނުޖެހޭ ވަޒީފާ ސަރުކާރުގެ ކުންފުނިތަކުން ދެންޏާ އެއްވެސް މީހަކު މަސްވެރިކަން ކުރަންދާން ބޭނުމެއްނުވާނެ، ރަށުގައި ހުރެގެން އެއްވެސް މަސައްކަތެއް ނުކޮށް 10 ނުވަތަ 15 ހާސް ރުފިޔާ ލިބޭނަމަ ކާކު ދުވާލު ހަތަރުދަމު އަވީގަ އުޅޭނީ،
ކޮރަލް
17 August 2025
މަސްވެރި ކަމުގަ ބިދޭސީންގެ ނުފޫޒު ގަދަ ވެ ދިވެހީންނަށް ވަޒީފާ ނުލިބެނީ އެވެ. ރިސޯޓް ތަކުގަ ވެސް ވަނީ އެހެންނެވެ. ޕްރޮފެޝަނަލް ގިނަ މީހުން އަންނާނީ ވަގު ސެޓްފިކެޓް ގައެވެ. ބަންގްލަދޭޝް މަސައްކަތު މީހުން އަންނާނީ އެޗް އާރު އަށް ދެތިން ހާސް ޑޮލަރު ދީފަ އެވެ. ދެް މިމީހުނާ ދިވެހީންނަށް ވާދަ ކުރެވޭނެ ގޮތެއް ބުނެ ބަލާށެވެ.
ހަސަންދި
17 August 2025
ކޮން މެއިލް އަކަށްތޯ މެއިލް ކުރަންވީ؟ މެއިލްވެސް ޖައްސަވާލެއްވިނަމަދޯ؟؟