މަގު ހެދުމުގެ މަސައްކަތަށް މާލެއިން ބަންދުކުރާނެ ސަރަހައްދު.
17 އޯގަސްޓް 2025 - 23:17
މާލޭގައި ވަށައިގެން އޮންނަަ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށް އެމްއެމްއޭ ކައިރިން އެ މަގުގެ އެެއްފަޅި ބަންދުކޮށް، އެ ސަރަހައްދުގެ ފަޅު ވެސް ބަންދުކުރަން ނިންމައިފި އެވެ.
މާދަމާ އިން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ފަޅި ބަންދު ކުރާނެ އެވެ.
އެ އިއުލާނާ އެކު، އާންމުކުރި ޗާޓުގައިވާ ގޮތުން ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ބަންދުވާނެ އެވެ. އަދި ގިނަ އަދަދެއްގެ އަތޮޅު ފެރީތައް ވެސް ވަންނަ އެ ސަރަހައްދުގެ ފަޅު ކުރިއަށް އޮތް ދުވަސްތަކުގައި ބަންދު ވާނެ ކަން ކައުންސިލުގެ ޗާޓުން ދައްކަ އެވެ.
ކާރޫބާރޫ ބޮޑުވާ ވަގުތުތަކުގައި މަސް މާރުކޭޓު ސަރަހައްދުގެ މަގު ވެސް ޓްރެފިކަށް ބަންދު ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރުވޭދާ
18 August 2025
މިކަން ހުއްޓުވަން ޖެހޭ. މިއުޅެނީ ކޮރަޕްޝަނެއް ހިންގަން.
އަސްލަމް ވަހީދު
18 August 2025
ސަރުކާރުން މިކަން ކުރަން އުޅޭތީ އާދަމަށް ހަޖަމް ނުވީ ދޯ؟ މިއުޅެނީ ލާރި ގަޑެއް ކާލަން ކަމަށް ވަރަށް ބޮޑަށް ބެލެވޭ.
އެޑްމުންޑޯ
18 August 2025
5 މަސް ދުވަހަށް ބަންދުކޮށްގެންވިއަސް ތިހަދާތަނެއް ރަގަޅަށް ހެދޯތޯ ބަލާދީބަލަ ، މަގެއްހަދާ ނުނިމެނީސް އަނެއްކޮޅުން މިއޮންނަނީ މަރާމާތު ކުރަންޖެހިފައި ، ކޮރޮޕްޝަނާއި ފަސާދައިން އެއްފަރާތަކަށްޖެހި ބައިނާޅާގޮތަށް ތިއިން މަގެއްނުހެދޭނެތޯ ؟؟؟؟
އޮއްޓަރު
18 August 2025
މަގު ހަދަންޔާ ތިތާ ތާރު އަޅާބަލަ
ފޭސް3
18 August 2025
އަތޮޅުތަކުން ތިސަރަހައްދަށް އަންނަ މީހުން ވަގުތީ ގޮތުން ހުޅުމާލެއަށް ލެފޭގޮތް ހަދަން ވީނު، ގިނަ މީހުން މިހާރު އުޅެނީވެސް ފޭސް 2 ގައި، މާލެއައިސް 100 ރުފިޔާ ދީފައި ފޭސް 2 އަށް ދިޔުމަށްވުރެ ރަނގަޅުވާނެ.
2025
18 August 2025
ޜޯދައިގެފަހުން ސަރުކާރުން އިއުލާނުކުރި މަގު ހެދުންވީ ހިސާބުނޭގޭދޯ.....ބޮއިހަލަކި
މޫކޭ
18 August 2025
ތިހާ ކުޑަ ތަންކޮޅެއްހަދަން ހާދަ ގިނަދުވަހަކަށޭ ތިކަހަލަ ގިނަބަޔަކު ބޭނުންކުރާ ސަަރަހައްދެއް ތިޔަ ބަންދުކުރަނީ...
ފޮޓޯމޭރު
18 August 2025
މަހަކުދެފަހަރު އިންތިހާބެއް ބާއްވާނެނަމަ ހާދަކަމެއް ރަނގަޅުވީހޭ މަހިތަށްއަރަނީ.
ާހަމީކް
18 August 2025
މާފަށް އެދިގެން ނިމޭނެ ކަމެއްނޫން..އަތޮޅުތަކުން އައިސްގޮސް ހަދާ މީހުނަށް ލަފާފުރޭނެ ގޮތް ދައްކަންޖެހޭ..ރަސްމީކަންކަމަށް ތިޔަ ސަރަހައްދު ބަންދުކުރީމަވެސް ރައްޔިތުން އުޅޭ ހާލު އިނގޭނު.
ކޮރަލް
18 August 2025
ރައީސް އޮފީސް ކުރިމަތީން ބޮޑު ސަރަހައްދެއް އާއްމުންނަށް ބޭނުން ނުކުރެވޭ ގޮތަށް ވަނީ ދީފަ އެވެ. އަނެއް ކާ ބޮޑު ފާލަން އޮންނަ ސަރަހައްދު އެއް ކޮށް ނަގައިފި އެވެ. މާލެ އަކީ ކުޑަ ތަނެކެވެ. ރާއްޖޭގެ ހުރިހާ ރަށަކުން މާލެ އަށް މީހުން ކަނޑު މަގުން އަންނަ އިރު އެމީހުންނަށް ޖާގަ ދޭން ވާނެ އެވެ. ފަސޭހަ ކޮށްދޭން ވާނެ އެވެ. ރަށްރަށުން މާލެ އަންނަ މީހުން ވަނީ ބިކަ ކޮށްފަ އެވެ. ބޯތުން ނޫނީ ދޯނިން ، ލޯންޗުން މާލެ ފޭބެނީ ވ ހާލުންނެވެ. ފަސޭހަ ކޮށްދޭން ވީ އެވެ.