18 އޯގަސްޓް 2025 - 19:37
ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓުގައި ހިމެނޭ މީހަކު ޝަރުތު ހަމަނުވާ ކަމަށް ހައުސިން މިނިސްޓްރީން ފަހުން ކަނޑައެޅުމުން މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ކުރީގެ ސަރުކާރުގެ ލިސްޓަށް ފްލެޓް ދޭން ނިންމައި އެއްބަސްވުންތަކުގައި ސޮއިކުރަން ފެށިއިރު، ހައުސިން މިނިސްޓްރީން ބުނެފައި ވަނީ، އެހެން ސްކީމްތަކެކޭ އެއްގޮތަށް ސޮއިކުރުމުގެ މަރުހަލާގައި ބަލަން ޖެހޭ ކަންކަމަށް ބަލާއިރު ޝަރުތު ހަމަނުވާކަން ކަށަވަރުވާ މީހުން ލިސްޓުން އުނިކުރެވޭނެ ކަމަށެވެ.
ފްލެޓު ލިސްޓުން ނަން އުނިކުރި މީހާގެ ދިފާއުގައި ކޯޓަށް މައްސަލަ ހުށަހެޅި ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ނޫސްވެރިންނަށް ވިދާޅުވީ އެ މައްސަލަ ހުށަހެޅީ ފްލެޓް ލިސްޓު މިހާރު އޮތް ގޮތުން އެތައް ބައެއްގެ ހައްގުތައް ގެއްލޭތީ ކަމަށެވެ.
ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި އޭނާ އެދުނީ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އެ އަމުރުގައި އެދިފައި އޮތީ އޭނާގެ މުވައްކިލަށް ލިބޭނެ ކަމަށް ލިސްޓުގައި ކަނޑައެޅި ފްލެޓު އެހެން މީހަކާ ހަވާލު ކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށެވެ.
މި މައްސަލާގައި ނިޝާންއާ އެކު ވާހަކަ ދައްކަވަމުން، މާލޭ ސިޓީ ކައުންސިލުގެ މެމްބަރު ސައިފް ފާތިހު ވިދާޅުވީ އެގޮތަށް ދިމާވެފައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ކޯޓަށް ވައްދައި ހައްގު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާނުކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމު ކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ލިސްޓު އޮއްވައި ދެވަނަ ލިސްޓަކަށް ނުދެވޭނެ ކަމަށް ބުނެ ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން މި ސަރުކާރުން ނިންމީ ނޮވެމްބަރު 2023 ގެ ލިސްޓަށް ފްލެޓް ދިނުމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4،000 ފްލެޓު ލިބޭ މީހުންނާ އެކު ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އަންނަނީ އެގްރިމެންޓުގައި ސޮއިކުރަމުންނެވެ. މިދިޔަ ހަފުތާގެ ނިޔަލަށް 1،200 މީހުންނާ އެކު ސޮއިކޮށްފައިވާ ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަރުތާފެން
19 August 2025
ތިޔަ އެމްޑީޕީ ވެރިކަމުގައި މަށަށް ލިބިފައިއޮތް ހިޔާފުލެޓް ފެލާލައި ފެންފޮދަކާ ނުލައި ދިރުވާލީ. އެ ހޯދާދޭން ކޯޓުތަކުން މާ އައުލާކަން ބޮޑު. ބޭނުން ބަޔަކަށް ހިލޭ ގޯއްޗާ ފުލެޓްތައްް ބަހާލުމުން ދިވެހިރައްޔިތުން ޤައުމަށްޓަކައި ހޭދަކުރަން އޮތް ހިތް ބަދަލުވެ މިހާރު އެންމެ ކުޑަމިނުން އެއްވެސް ފުލެޓަކަށް މަހު ކުލިވެސް ނުދައްކާ...ކޯޓްތަކުން މިކަންތައްތައް ބަލައިދިނުން އެދެން.
އޮނަރަބްލް އަފީފު ދީދީ
19 August 2025
އަޅުގަނޑަށް އިގޭ ކ.މާލޭ އެންމެމީހެއްގެ ވާހަކަ ބުނެކާނަން. އޭނާއަކީ މިސަރުކާރުގެ ވަރަށް ބާރުގަދަ ބޭފުޅެއް. އޭނާގެ މަންމައާއި ބައްޕައަށް ކ.މާލޭއިން ބިން އޮތްއިރު އެތަންތަންވަނީ 10 ބުރިއަށް އިމާރާތްކޮށްފަ. މިދެމީހުންވެސް ވަންނާނެތަނެއް ނެތްކަމަށް ފޯމްހުށަހަޅައި ޔާމީނުދައުރުގައި 2 މީހުނަށްވެސް ސޯޝަލް ފުލެޓް ލިބުނު. ދެމީހުންގެހުރި ހަމަ އެކަނި ފިރިހެންދަރި ވަނީ ހުޅުމާލެއިން Panther House ގަނެފައި. އެކަމަކު "ޝަރުތު ހަމަވެގެން" ފަޔާ އަށްވެސް ގޯތި ލިބުނު.
ހުޝާމް.
19 August 2025
ކޮން ފަޔާ އެއްތަ ؟ ފަޔާ އަކީ އެމްޑީޕީ ސަރުކާރު އިކޮނޮމިކް މިނިސްޓަރ ތަ ؟
ދޮންދައްތަ.
19 August 2025
އަފިފު ތިވަރު ހިތްވަރު ހުރިނަމަ ކިއްވެ އޭނާގެ ނަން ބުނަން ޖެހިލުންވަނީ ؟ އަނެއްކާ ތިމާގެ މީހެއްވީމާ ސިއްރު ކުރަނީތަ ؟
މުލޭ
19 August 2025
ތި މީހާގެ ނަމެއް ވެސް ނެތްތަ.
އޮނަރަބްލް އަފީފު ދީދީ
19 August 2025
ވަގު ފުލެޓް މައްސަލައިގައި ކ.މާލޭ މީހުންނާއި އެރަށު ސަރުކާރުގެ ފަރާތުން ހަމަ އެކަނި "މާލޭގައި 15 އަހަރު ދިރިއުޅުނު ކަމަށް ލިއުން ހޯދައި އެފަދަ ލިއުން ހުށަހަޅާފައިވާ ފަރާތް ތައް ބަދުނާމް ވާގޮތަށް" ވާހަކަ ފަތުރަމުން ދާއިރު "ވަންނާނެ ތަނެއް ނެތް ކަމަށް ބުނެ ދޮގު މައުލޫމާތު ދީގެން" ފުލެޓަށް ޝަރުތު ހަމަކޮށްގެން ތިބި ކ.މާލޭ މީހުންގެ ވާހަކަ ނުދައްކަނީ ކީއްވެގެންތޯ؟ އިބްރާހިމްގެ 4000 މީހުންގެ ލިސްޓްގެ %80 މީހުންނަކީ ގައިމު ކ.މާލޭގެ ރަށްވެހިން ނޫންތޯ.
އޮނަރަބްލް އަފީފު ދީދީ
19 August 2025
އަޅުގަނޑަށް އިގޭ ކ.މާލޭ އެންމެމީހެއްގެ ވާހަކަ ބުނެކާނަން. އޭނާއަކީ މިސަރުކާރުގެ ވަރަށް ބާރުގަދަ ބޭފުޅެއް. އޭނާގެ މަންމައާއި ބައްޕައަށް ކ.މާލޭއިން ބިން އޮތްއިރު އެތަންތަންވަނީ 10 ބުރިއަށް އިމާރާތްކޮށްފަ. މިދެމީހުންވެސް ވަންނާނެތަނެއް ނެތްކަމަށް ފޯމްހުށަހަޅައި ޔާމީނުދައުރުގައި 2 މީހުނަށްވެސް ސޯޝަލް ފުލެޓް ލިބުނު. ދެމީހުންގެހުރި ހަމަ އެކަނި ފިރިހެންދަރި ވަނީ ހުޅުމާލެއިން Panther House ގަނެފައި. އެކަމަކު "ޝަރުތު ހަމަވެގެން" ފަޔާ އަށްވެސް ގޯތި ލިބުނު.
އަޒީބެ
19 August 2025
އުސޫލުގައި ކުރީން ނުހިމެނޭ ކަންކަން މިހާރުގެ ހައުސިންއިން ވަނީ އިތުރުކޮށް ބަޔަކު މަހްރޫމު ކޮށްފައި، އުސޫލެއް އޮވެމެ، އޭގެ ދަށުން ކަމެއް ކަނޑައެޅުމަށް ފަހުން އެކަމެއް ނިމި، އޭގެ މާފަހުން ވަކި މަޤްސަދެއް ޙާޞިލުކުމަށް ކުރީގެ އުސޫލުގައި ނުހިމެނޭ ކަންކަން އިތުރު ނުކުރެވޭނެ ކަމީ، ގާނޫނީ އަދި ޑިމޮކްރެޓިކް ހަމަ ތަކުން ބަލާއިރު ކުރެވޭނެ ކަމެއް ނޫން. ނަމަވެސް، މި ސަރުކާރުން އެކަން އެގޮތަށް ކޮށްފި، އަދި އެހިނދަށް ޝަރުޡުހަމަވާމީހުން ކަޓުވައިފި.
ފުލެޓު ބަސް
19 August 2025
ވަކީލުން ބޭކަރު މަސައްކަތް ނުކޮށް އެބުނާ މީހާ ސަރުތު ފުރިހަމަ ވޭތޯ ރަގަޅަށް ބަލާލުން މުހިންމު.މިހެން މިބުނީ އެތަށް ބައެއް ހުރީގޯސް ކޮށް ކަން އެބަބުނޭ އެއީ ކަމެއް ވީމަ.ހައްގޭ ކިޔާ އިރު އަންނަ ކުއްލި ހުއްވަރަކުން އަނެއް ބަޔަކު ގޯސް ކޮށްގެން ލިބޭނެ އެއްޗެއް ނުން.
ފޫހި
19 August 2025
ތިޔަ ނިޝާނަކީ ފައްކާ ރޯނު އެދުރެއް. ތިޔަ ކޯޓަށް މައްސަލަ ހުށަހެޅި މީހުންގެ ޝަރުޠުތައް ވަކިވަކިން ބަލާފަ އެމީހުންނަށް ޖަވާބުދޭން ދައުލަތަށް ގޮވާލަން. ސަބަބަކީ ތިޔަ ކޯޓަށް ދިޔަ ގިނަ މީހުންނަކީ ވިނަރެސް ނުވަތަ ހިޔާ ލިބިފަ ތިބި މީހުން އިބޫ ބަލަންވާވަރަށް ނުބަލާ އެމީހުންނަށް ފްލެޓްގެ ލިޔުންދިނީ. ލިޔުންދީފަ އޮތަސް އެކަކަށް ދެ ފްލެޓް ދޭކަށްނުޖެހޭ.
އިންސާފުކޮބާ
19 August 2025
ގައިމުވެސް އަހަރެމެން ރަށުން ފުލެޓު ލިބިފަ ތިބި ގިނަ މީހުން ޝަރުތު ހަމައެއްނުވާނެ. ގިނަ މީހުންގެ އަނބި ދަރިން ދިރިއުޅެނީ ރަށުގަ އަދި ދެން ހުރި މީހުންގެ އަނބި ދަރިން މާލޭގަ އުޅޭތާ 15 ފަނަރަ އަހަރު ނުވޭ. ޢެމީހުންނަށް ލިބެންޔާ އަހަރެމެނަށް ވެސް ޝަރުތު ހަމަވާނެ.
ބުއްދި
18 August 2025
ކޮންމެވެސް ކުއްޖަކު ބަލާލަދެއްޗޭ ކައުންސިލަރު އަދި ގާނޫނީ ވަކީލު ހުވާ ކުރިތޯ، ފަހަރެއްގައި ހުވާކުރިތަނުގައި ހަމަ އަޅާވެސް ނުލާ ހުރެދާނެ،