ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު ޝަރަފް. --ފޮޓޯ: ނިޝާން އަލީ/ މިހާރު
24 މާޗް 2017 - 20:19
ޓީމުގެ ޒުވާން ކުޅުންތެރިންނަށް ޕްރެޝަރާ ކުރިމަތިނުލެވޭތީ، ބަދަލުގައި އަރުވާ ސީނިއާ ކުޅުންތެރިންނަށް ވެސް އެކަން ނުވަންޏާ ދެން އެކަމުގެ ޒިންމާ އޭނާ ނަގާ ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ބުނެފިި އެވެ.
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ކިރްގިސްތާން އަތުން އަދި މިރޭ ނޭޕާލް އަތުން ބަލިވީ ވެސް ނިންމަން ލިބުނު ފުުރުސަތުގެ ބޭނުން ނުހިފިގެންނެވެ. ހާއްސަކޮށް ތަޖުރިބާކާރު ބައެއް ކުޅުންތެރިންނަށް ވަނީ ނިންމަން ލިބުނު ފުުރުސަތުތަކުގައި ގޯސްތަކެއް ހެދިފަ އެވެ.
ކޯޗު ޝަރަފް ބުނީ މުޅި ޓީމު ބަރޯސާވަނީ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ކޯޓްމަތީގައި ނިންމާ ނިންމުންތަކަށް ކަމަށާއި އެކަމަކު ބަޓިސް އަށް ވުރެ، ޒުވާން ސެޓަރު ހުސެއިން ވިޝާމް (ބުޅިކޭ) ސްޕީޑް ރަނގަޅުވެފައި ޓެކްނިކަލީ މޮޅުކަމަށެވެ. އެކަމަކު ވިޝާމްގެ މައްސަލައަކީ މެޗުގެ ޕްރެޝަރު ގަޑީގައި ރަނގަޅަށް ނިންމުންތައް ނުނިންމުން ކަމަށް އޭނާ ބުންޏެވެ.
"އެހެންވެ ވިޝާމަށް ނުވާ ކަންތައް ކުރަން ބަޓިސް އަޅުގަނޑުމެން މި އަރުވަނީ. ދެން ބަޓިސް އަރާ އޭނާ އަށް އެ ޕްރެޝަރު ހޭންޑްލް ނުކުރެވެންޏާ، އެއީ އަޅުގަނޑުގެ މައްސަލައެއް ކަމަށް އަޅުގަނޑު މިބަލަނީ. ބަޓިސް އަށް އެ ޕްރެޝަރު ހެންޑްލްކުރާނެ ގޮތެއް ނެތް އަޅުގަނޑަށް ދައްކައިދެވިފައިއެއް،" ޝަރަފް ބުންޏެވެ.
ޝަރަފް ބުނީ ދެ މެޗުގައި ވެސް ރާއްޖެ ކުޅުނީ ޕްރެޝަރުގައި ކަމަށާއި އެކަމަކު ޓީމުގައި ތިބި ސީނިއާ މުހިއްމު ކުޅުންތެރިންނަށް އެ ޕްރެޝަރާ ކުރިމަތިލާނެ ގޮތެއް ހޯދައިދިނުމުގައި، އޭނާ އަށް އޭނާގެ ދައުރު ފުރިހަމައަށް އަދާކުރެވިފައިނުވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އެހެން ބުނަން ޖެހުނު ސަބަބަކީ، ކޮންމެ ގޮތެއް ވިޔަސް ރާއްޖޭގައި ކުޅުނީމާ އަޅުގަނޑުމެން މި ބަލަމުން އައީ އަދި އުއްމީދުކުރަމުން އައީ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ އެޑްވާންޓޭޖެއް ކަމަށް. އެ އެޑްވާންޓޭޖް، އެޑްވާންޓޭޖެއްގެ ގޮތުގައި ނުފެނު. ސަޕޯޓަރުން ވަރަށް ހިތްވަރުކުރި. އެކަމަކު އަޅުގަނޑުމެންނަށް އެ ޕްރެޝަރު ހެންޑްލްނުކުރެވުނީ. ނިންމަން ލިބުނު ސެޓުތަކުގައި ވެސް ކޮންމެ ސެޓެއް ނިންމަން ލިބޭއިރު އެގަޑީގައި ކުދިކުދި މިސްޓޭކްސް ހެދެނީ. އެންމެ ކީ ޕްލޭޔާސް އަތުން މިސްޓޭކް ހެދެނީ،" ޝަރަފް ބުންޏެވެ.
ޒުވާން ކުޅުންތެރިޔާ ވިޝާމް މިއަދުގައި މެޗުގައި ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ޝަރަފް ބުނީ ފަހު ގަޑީގައި ކުރަން ޖެހޭ ކަންތައް ކުރުމުގައި ދަތިތަކެއް ދިމާވަނީ ހާސްވެ ތެޅިފޮޅެގަނެވޭތީ ކަމަށާއި އެކަން ރަނގަޅުކުރަން ކޯޗުން ބުންޏަސް، ޓްރެއިނިން ހެދިޔަސް، މިއަދު ވެސް އެ ހާލަތުގައި ދިމާވީ ހަމަ އެހެން ކަމަށެވެ.
ޝަރަފް ބުނީ އޭނާގެ ސިލެކްޝަނާ މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށާއި ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) ބެންޗުގައި ބެހެއްޓިއިރު، އޭނާގެ މަގާމަށް މިހާރު ކުޅޭ ހަސަން ނިލާމް ކޮންމެ މެޗެއްގައި ވެސް ވަރަށް ރަނގަޅަށް ޕާފޯމްކުރާ ކަމަށެވެ. އަދި ސިލެކްޝަނާ މެދު ޓީމުގެ ތެރޭގައި ވެސް އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ޝަރަފް ބުންޏެވެ.
ޒުވާނުންގެ މަރުކަޒުގެ ކޯޓުގެ އުދާސްކަމާއި ހޫނުގެ އަސަރުކުރިތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޝަރަފް ބުނީ ހޫނުގަދަ ކަމަށާއި އެކަމަކު އެއީ އުޒުރެއް ނޫން ކަމަށެވެ.
"ހޫނުގަދަ، ހޫނުގަދަ. އެކަމުގައި ޝައްކުކަމެއް ނެތް. އެކަމަކު މާހައުލުގެ ވާހަކަ ދައްކައި އެއީ އުޒުރަކަށް ހަދާކަށް ނެތިން. މިތަނަށް އަޅުގަނޑުމެން ފަރިތަ އެކަމަކު، އެއް ދުވަހަށް ވުރެ އަނެއް ދުވަސް ހޫނުގަދަވަމުން އަންނަނީ. ސަބަބަކީ މިތަނުގައި ހުރި ވެންޓިލޭޝަން ސިސްޓަމް މަސައްކަތްނުކުރާތީ. އިއްޔެ މަސައްކަތް ކުރި ވަރަށް މިއަދު ނުކުރޭ. މާދަމާ މިވަރަށް ނުކުރާނެ. އެއީ އެކަން އޮތްގޮތް އެކަމަކު ހޫނުގަދަވެގެނެއް ނޫން އަޅުގަނޑުމެން ބަލިވަނީ،" ޝަރަފް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓްގެ ބަފާ
25 March 2017
ފޮޓޯގަ ކޯޗްގެ ފޭސް އެކްސްޕްރެޝަން ހުރިގޮތެއް. ލޮލް
ރަދީފް
25 March 2017
''ސަބަބަކީ މިތަނުގައި ހުރި ވެންޓިލޭޝަން ސިސްޓަމް މަސައްކަތްނުކުރާތީ. އިއްޔެ މަސައްކަތް ކުރި ވަރަށް މިއަދު ނުކުރޭ. މާދަމާ މިވަރަށް ނުކުރާނެ.'' މިހާވަރުތަނެއްގަ މިމެޗްތައްކުޅެން އިންތިޒާމްކުރާ ފަރާތްތަކުން ނިންމުންއެއީ ހިތާމަހުރިކަމެއް. ވ.ވެދުން
ހަސަން
25 March 2017
ސަރވިސްއިން އެތައް ޕޮއިންޓެއް ނަގާލި. ތިމާމެންނަށް ޝޮޓްސަރވިސް ކުރަން ނޭނގޭއިރު ތިމާމެންނަށް އެނގޭގޮތަކަށް ސަރވިސް ކުރިއްޔާ ވާނީ ކީއް؟ ނޭޕާލް ޓީމުންވެސް ނޫޅޭ ޝޮޓްސަރވިސް ކޮށްގެން ޕޮއިންޓް ހޯދާކަށް. އެމީހުންވެސް ކުރީ އާދައިގެ ސަރވިސްތަކެއް. ކޯޗަށް ނޭނގުނު އެގޮތަށް ކުޅުންތެރިން ގާތުގައި ބުނެލަންވެސް. އެވަރުގެ މީހުން ކޯޗުންނަށް މިތިބެނީ. ތަކުރާރުކޮށް އެކުށްތައް ކުރަމުން ގެންދާއިރުވެސް އެކަން ރަނގަޅުކުރަން ބުނެލާކަށް ކޯޗަކަށް ނޭނގުނު.
މޭނ
25 March 2017
ބަދަލު ގެނނަނ ޖެހޭ ވަގުތު ކޯޗު އެ ބަދަލު ގެނނަ ނޭގޭ
މާހިރު
25 March 2017
އެންމެ ފުރަތަމަ ކަމަކީ މުބާރާތުގެ ޗެމްޕިއަންކަމަކީ ވަރަށް ފަސޭހައިން ލިބިދާނެ އެއްޗެއްކަން ވިސްނިފައި އޮތުމެވެ. މެޗުތަކުގައިވެސް ރަނގަޅު އެޓޭކެއް ކުރެވުމުން އިދިކޮޅު ކޯޓުގައި ފެނުޖެހުމުގެ ކުރިން ޕޮއިންޓް ކަށަވަރުވެގެން އުޅޭހެން ހީވާފަހަރު ވަރަށްގިނައިން ފެނިފައި އެބަހުއްޓެވެ. މެޗު ރޭވުމުގައި ސެޓަރުގެ ދައުރު ބޮޑުއިރު ފެނުނީ އެކަން ނުވެގެންދިޔަތަނެވެ. ދެން ރިސީވްތައް ދިޔައީ ދަށްކޮށެވެ. އެންމެ މުޙިއްމު ވަގުތު ތަކުގައިވެސް ސާވިސް މިސްކޮށްލަނީއެވެ. ހަޤީޤަތުގައި ނޭޕާލުން ރާއްޖެ ބަލިކުރީ މާމޮޅު ކުޅުންތަކެއް ކުޅެގެންނޫނެވެ. މިމެޗު ބަލާފައިވީހާދެރައެއް މީގެކުރިން ދުވަހަކުވެސް ވޮލީމެޗެއް ބަލައިގެން ނުވެއެވެ.
ހަސަން
25 March 2017
އިސްތިއުފާ ދީފަ ގެއަށް ދޭބަލަ. ޒިންމަ ނަގަމޭ ބުންޏަސް ކަމަކު ނުދާނެ.
އަލީ
25 March 2017
ހަގީގަތަކީ ކުޅުންތެރިންނަށްވުރެން އިތުރު އެއްޗެއް ބުނެދެވޭނެ ފެންވަރުގެ ކޯޗެއް ހުރެގެން އެކުޅުންތެރިންނަށް ތަފާތެއް ދެއްކޭނީ. ބަޓިސްމެން ލޯންގޭމެން ދެންވެސް ޓީމުގައި ތިބި ތަޖުރިބާކާރު އެހެން ކުޅުންތެރިންނަށްވުރެން މިހާރު ޓީމުގެ ކޯޗަށްވެސް އަދި ރާއްޖޭގެ ވޮލީ އެހެން ކޯޗުންނަށްވެސް ވަކި އިތުރަށް އެނގޭ އެއްޗެއް ނެތް އަދި ލިބިފައިވާ ތަޖުރިބާއެއްވެސްނެތް. ވީއިރު އެބުނާ ކުޅުންތެރިން ޕްރެޝަރނަގާނެ ގޮތެއް ކޯޗު ކިހިނެތް ބުނެދޭނީ ؟ ގަބޫލުކުރަންވީ ހަގީގަތަކީ ނަތީޖާ ނެރެވޭ ފެންވަރުގެ ބައިނަލް އަގުވާމީ ފެންވަރުގެ ކޯޗެއް މުހިންމުކަން. ނޫނީ ހަމަ ކޮންމެފަހަރަކު "ޒިންމާ ނަގަން" މިހެން ބުނެ ނިންމާލަން ޖެހޭނީ. ހިތާމައިގެ ކޮޅެއް މެދެއް ނެތް.
ދޮޮގު
24 March 2017
ޒިންމާނެގުމަކީ އެމެޗު އަނބުރާލިބުންތަ ނޫނީ އެމެޗު އލުން ކުޅެން ޖެހުންތަ ނޫނީޔަ ޗެންޕިޔަން ޓީމަށް ލިބޭވަރަށް ސަރަފު ލާރިދެނީތަ ކޮންގޮތަކުންތަ ޒިންމާނަގަނީ ހައިރާންވޭ ކުޑަކޮން
ޖާރިޔާ އަހުމަދު ދީދީ
24 March 2017
ބަލިވީމަ ގޯސް މިވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވި މީހާ. ސަޅި
ޢެހެން
24 March 2017
ޒިންމާ ނެގުމުގެ އެންމެ މޮޅު ގޮތަކީ އިސްތިއުފާ ދިނުން..