ރައީސް އޮފީސް: އެންއައިސީ އާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ކުރިމަތިލާން އެ އޮފީހުން ވަނީ ހުޅުވާލައިފައި.-- ފޮޓޯ: މިހާރު
20 އޯގަސްޓް 2025 - 19:14
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ އެންއައިސީގެ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް އާ މެމްބަރަކު ހޯދަނީ އެ ޓްރައިބިއުނަލްގެ ރައީސްކަމުގައި އެންމެ ފަހުން ހުންނެވި އަބްދުލްޣަނީ މުހައްމަދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި އެމަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވާފައި ވާތީ އެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ މިހާރު ވަނީ އައްޔަން ކުރައްވައިފަ އެވެ.
އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު، ރައީސެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އޮންނާނެ އެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުން ހުށަހަޅަން ޖެހޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޚިމް
20 August 2025
ޓެކްސް އެޕީލަށް އައްޔަންކުރާނީ ބާކީ އޮތް މުއްދަތަށް. ޢެންމެ ދެ މަސް އޮތީ ބާކީ. ކާކު ކުރިމަތިލާނީ ތިޔަށް
ޓްރައި
21 August 2025
އެއީ މިހާރު ބަދަލުކުރަންޖެހޭ ކަމެއް. ދެ ޓްރައިބިއުނަލް އޮންނައިރު ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ސަރުކާރު ކުންފުނިތައް ގޮތަށް ރައީސް ބޭނުން ބަޔަކު އައްޔަންކުރާ ތަނެއް. ޓެކްސް އެޕީލްއަށް މަޖިލީހުން ގޮތް ނިންމަނީ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގަ އައްޔަން ކުރާ ވަގުތުން ދައުރު ގުނަނީ. އެއްހަމަކުރަންޖެހޭ ކަމެއް ހަރުދަނާ އުސޫލަކުން ހިންގަންބޭނުންވަންޏާ