ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ކޮރަޕްޝަނާ ގުޅުވައިގެން ޔާމީންގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް!

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީނު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ސަރުކާރުގެ ތެރޭގައި ބޮޑެތި ކޮރަޕްޝަންތަކާއި ވައްކަންތައް އޮތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

ފުރަތަމަ ފަހަރަށް ޕީއެންއެފްގެ އޮފީހުން ބޭރުގައި ބޭއްވި "ވޭކްއަޕް" ޖަލްސާގައި ޔާމީން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއް ވެސް ދިވެހިން ދެކެފައިވާ ކަމަށާއި އޭރު ފެނުނީ ފިނިފެންމަލާއި އަސުރު މަލުގެ ޖާދުވީ އަސަރު ކަމަށެވެ. އެކަމަކު ބަޔަކަށް އެ މަންޒަރު ބަލަން ކެތްނުވެގެން އެ އަސަރު ކަނޑުވާލައި ފަނޑުނޫ ކުލަ ގެނެސްފައިވާ ކަމަށް އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

ޕީއެެންސީއަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވި، ޅެން ބައިތުގައިވާ ގޮތުން، މި ސަރުކާރުން ގެނައީ ބަނޑުހައި ހޫނުކަމާއި ކޮރަޕްޝަނެވެ.

"ފަނޑުނޫކުލައިން ގެނުވައިފިއޭ ބަނޑުހައިކަމާއި ހައިހޫނުކަން،

ބަނޑުބޮޑުނުކޮށް ފައްކާވިޔޭ ވައުދާއި ކޮރަޕްޝަން ގައިގޯޅިކޮށް،"

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީނާއި ޕާޓީ ހިންގުމުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޔާމީން ވަނީ ބައެއް ކުންފުނިތަކުން ކުރަމުން އައި މަސައްކަތްތައް ބަދަލުކުރަމުންދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވެމްކޯ އިން ޓޫރިޒަމް ދާއިރާ އަށް ވަނުމާއި އެމްއޭސީއެލުން ކިއްލި ތެޅުމާއި ޖިމް ހެދުމުގެ މަސައްކަތްކުރާ ކަމަށް ވިދާޅުވެ އެއީ އެސްއޯއީތަކުގެ "ތްރެޑު ކެނޑުން" ކަމަށް ސިފަ ކުރެއްވި އެވެ. އަދި މަގު ހެދުމުގެ މަސައްކަތްކުރާ އާރުޑީސީ އަށް ހޮސްޕިޓަލު ތަރައްގީކުރަން ހަވާލުކުރުމުން ވެސް އެކަމަށް ފާޑުވިދާޅުވި އެވެ.

"ބޮޑު ސޯބު އެނބުރި ތްރެޑު ކެނޑުނީމަ ހުރިހާ ކުންފުނިތަކެއް މި ތްރެޑު ކެނޑިގެންދަނީ ދެއްތޯ. މިއީކީ އަޅުގަނޑުމެންގެ މުސްތަގުބަލަކަށް އޮތް އުފާވެރި ފާލެއް ނޫން އެއްގޮތަކަށް ވެސް."

ޔާމީން ވިދާޅުވީ މިއަދު ރާއްޖޭގައި ހިނގާ އެއްވެސް ތަނެއް ނެތް ކަމަށެވެ. ކޯޓުތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް ވެސް ކޮރަޕްޝަންގެ މައްސަލަތައް ހައްލު ކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވި އެވެ.

"މި ހުރިހާ ތުހުމަތުގެ ވާހަކަ އުޅޭއިރު ކީއްތޯ ވާނީ ޕްރޮސެކިއުޓާ ޖެނަރަލް، އޭނާގެ މައްޗަށް ލާޒިމުކުރާ ކަމެއް މިއީ ފުލުހުންނަށް އަންގަން، އޭސީސީއަށް އަންގަން، މިކަމުގެ ހަގީގަތް ބަލާބަލާށޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ސިއްރު ސިއްރުން އެސްޓީއާރެއް ނެރުނަސް ނުފުދޭ ކަމަށާއި އެއީ އެ އަށް ވުރެ ބޮޑު ވައްކަން ކަމަށެވެ. އެހެންވެ، މިހާރު ތޮށިގަނޑަކަށް ވެފައި ވަނީ ހަމައެކަނި ކުންފުނިތައް ނޫން ކަމަށާއި މުޅި ރާއްޖެ ވެސް ތޮށިގަނޑަކަށް ވެފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިއަދު ސިޔާސީ ލީޑަރުންނަށް ރައްޔިތުންގެ ހައްގުގައި ނުނިކުމެވޭނެ ކަމަށާއި އެ ހުރިހާ ބޭފުޅުން ތިބީ "ނަގޫ ފިތިފައި" ކަމަށެވެ. މިސާލެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނަންގަވައި ޔާމީން ވިދާޅުވީ ކޮންމެ ސަރުކާރެއް އަޔަސް ކާޑެއްދޫ އެއާޕޯޓަކީ ގާސިމްގެ ތަނެއް ކަމަށާއި އެއީ އޭނާއަށް "ލިޔުއްވާފައިވާ" ތަނެއް ކަމަށެވެ.

ޕީއެންއެފުން ރޭ ބޭއްވި "ވޭކްއަޕް" ޖަލްސާގައި ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު ހިންގަން އުޅެއުޅެ ނުހިންގިގެން އެތަން އެންމެ ފަހުން ސަރުކާރާ ހަވާލުވީ 30 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މާފުކޮށްފައި ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

"ކޮން ކަހަލަ ލަދު ހުތުރު ކަމެއްތޯ މިއީ. ސަރުކާރުން އެ އެއާޕޯޓުގަނޑާ ހަވާލުވެފައި އަދި ދައުލަތަށް ވަންނަން އޮތް ޓެކްސް ފައިސާގެ 30 މިލިއަން ޑޮލަރު އެ މާފުކޮށްދިނީ. ދެން މީގެ ތެރޭގައި ކޮރަޕްޝަން އެކުނުލެވޭނެތޯ. މީގެ ތެރޭގައި ކޮންމެވެސް މީހަކު ލޯންޑާކުރާނެ މަނީ ދެއްތޯ،" ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ ލީޑަރުންނަށް ނިކުމެ އެބަ އޮތްތޯ ވާހަކަ ދެއްކެން."

އެ ޖަލްސާގައި ޔާމީން ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެއީ ކައުންސިލުތަކުގެ ބާރުކަނޑުވާލުން ކަމަށް ޔާމީން ވެސް ސިފަ ކުރެއްވި އެވެ.

48 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 4%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖާނޭ

26 August 2025

ޔާމީނު ކޮންމެފަދަ ވާހަކައެއް ދެއްކިޔަސް ގަބޫލުކުރާނެމީހަކު ގަބޫލުކުރާނެ. ނުކުރާނެމީހަކު ނުކުރާނެ. މިހާރު ތިޔައުޅުއްވަނީ ވެރިކަމާހެދި މަރަށްތެޅޭހެން ތެޅުއްވިތެޅުއްވި. އިންޓަވިއުތަކުގަ ކިތަންމެވަރަކަށް ވީގޮތް ވިދާޅު ވިޔަސް އެކަންކަން ހިނގިގޮތް އެނގޭމީހުންނަށް އެނގޭނެ. ހަގީގަތަކީ، އޮޅުވައިލެވޭނެ އެއްޗެއްނޫން. އެހެން މީހުންނާދިމާއަށް އެއްޗެއްވިދާޅުވާވަރަށްވުރެ ނުބައިކޮށް ކަންކަން ކޮށްފަހުރީމަ ރައްޔިތުންވެސް ބަލައިނުގަތީ. ކަންތައްތަކެއް ނުކުރެއެކޭނޫން

The name is already taken The name is available. Register?

ވާހަކަ

23 August 2025

ޔާމީނައް ނުދެއްކޭނެ ފައިސާ ނޫން ވާހަކައެއް

The name is already taken The name is available. Register?

ަސދފ

23 August 2025

ޔާމިން ވާހަކަ ދައްކާކަށް ރީއްޗެެއްނޫން..

The name is already taken The name is available. Register?

raajje

23 August 2025

ދަށްކާވާހަކަ މީހުން ބަލައިގަނެއަޑުއަހާނީ ނުވަތަ ގަބޫލުކުރާނީ އެމީހެއްގެ ކޮންމެވެސް އުރެއްޕެއްހުރެގެން، މާނައަކީ އެމީހަކީ އެބުނާކަމަކުން މިސާލަކަށް ވައްކަމާ ކޮރަޕުޝަނުގެ ވާހަކަދަށްކާނަމަ އެވާހަކަދާށްކާ މީހަކީ ވައްކަމާ ކޮރަޕުޝަނުން ސަލާމަތްވެ ބަރީއަވެގެންވާމީހަކަށްވާންޖެހޭ! ޔާމިނުތީ އެފަދަމީހެއްތަ؟ ސާބިތުނުހިފޭ ވާހަކަދަށްކައިގެން މީހުންގެ ބޮލަށްއެރެވުނުޒަމާން މިހާރުގޮސްސި، މިހާރުވެސް މަދުބަޔަކު ތިޔަފަދަ ވާހަކަތައް އަޑުއަހާފާނެ، މެޖޯރިޓީއަޑެއްނާހާނެ

The name is already taken The name is available. Register?

ކަލޮޔާނު

22 August 2025

އަޅެ ޔާމީނު ތިބޭފުޅާ ވެރިކަމާއި ހެދި ތިވަރަށް ތިއުޅެނީ ރައްޔިތުންނާއި ހެދި ނުދިގެންތަ ނޫނީ ދޫވެއްސަށް ވަންނަ އެފައިސާ މިފައިސާ މަދުވެގެންތޯ؟

The name is already taken The name is available. Register?

ޔާންޒީ

22 August 2025

އަޅުގަޑު ހަމަ ތެދަށް މިދަންނަވަނީ ޔާމީނުގެ އަމިއްލަޔަށް ދައްކާ ގިނަވާހަކަ ނިސްބަތް އެންމެ ބޮޑަށް ވާނީ އޭނަޔަށް ކަމަށް އަޅުގަޑަށް ހިތާ ރޫހުން ގަބޫލުކުރެވޭ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 August 2025

ކ.މާލޭގެއިތުރަށް ތުރާކުނުން އައްޑުއަށްހިމެނޭ އެހެންރަށްތަކުގެ ރައްޔިތުންގެ ތާއީދު PNF ޕާޓީއަށް ހޯދަން ބޭނުންނަމަ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ ކޮންމެ ރީޖަނެއްގައި ދާއިރާގެ ރައްޔިތުން އިންތިޙާބު ކުރާ ޤަވަރު ނަރަކު ހުންނަވައިގެން ވެރިކަންކުރާ Federal Parliamentary System ރާއްޖެއަށް މުހިންމުކަމަށް މަނިކުފާނު ވަކާލާތުކުރައްވަންވީ ނޫންތޯ؟

The name is already taken The name is available. Register?

ފުރޭތަ1

22 August 2025

ކޮންމެ ގެއަކަށް ގަވަރުނަރެއް ލައިގެން މިކަންވާނީ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 August 2025

މަރަށް ފުރާނައަށް ބެލުމެއްނެތި 30 އަހަރުގެ ވެރިކަން ބަދަލުކޮށް ދިވެހިން ހޯދައިގަތް މަލްޓިޕާޓީ ޑެމޮކްރަޓިކް ނިޒާމާއި އިސްލާޙްކުރި ޤާނޫނުއަސާސީގެދަށުން އިންތިޙާބުކުރި ހުރިހާ ރައީސުންނާއި، މަޖިލިސް އަދި ޤާނޫނުއަސާސީގެ ބަލަދުވެރިކަން އެފަރާތާއި ޙަވާލުކުރެވުނު ދައުލަތުގެ އެންމެޙާއްސަބާރު ސްޕްރިމްކޯޓާއި، އުއްތަމަ ފަނޑިޔާރުންވެސް ކަންކުރެއްވިގޮތް ނޭގޭ ދިވެއްސަކު ނެތް. އެހެންކަމުން "މާޒީގައި ކަންވީގޮތްކިޔާނުދީ މުސްތަޤްބަލަށް ކަންކުރާންވީގޮތް" ކިޔާދެއްވާ.

The name is already taken The name is available. Register?

ޝަހެން ޝާހު

22 August 2025

ޕީއެންސީގެ އެބުނާ ކަރަފުޝަނު މީހުން ރޭގައި ނިދާފައި ވަނީ ބޭސް ކައިގެން ކަމަށްވޭ.

The name is already taken The name is available. Register?

ޖަމީ

22 August 2025

ޔާމީނު ކީ މިރާއްޖޭގައި އުފެދުނު އެއްމެ ސާފު މީހާ ތޯ އަމިއްލަ ނަފުސާސުވާކުކޮށްލާ

The name is already taken The name is available. Register?

ޝާހާ މުހައްމަދު

22 August 2025

މީ ދެން ރައީސް މުއިއްޒް ދެކެ ޒާތީ ވިޔަސް ބޮޑުވަރު. ހަމަ ގައުމުވެސް މިސަރުކާރުގަ ތިބުނާ ބޮޑެތި ވައްކަމެއް ނުހިގާ. މީ ޔާމީން ހެން އެމްއެމްޕީއާރްސީ ދަވާލި އުސޫލުން ހިންގާނެ ވެރިކަމެއް ނޫން. ސޮރީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454