ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
18 ޑިސެމްބަރ 2025 - 16:01
އެ މަނިކުފާނަށް ޖަލު ހުކުމެއް އައުމަކީ ނެތް ގޮތެއް ކަމަށާއި ގާނޫނީ ހަމަތަކުގެ ތެރޭގައި "ގައިގައި އަތްލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން އެހެން ވިދާޅުވީ، "ރީސެޓް" ގެ ނަމުގައި އެ މަނިކުފާނުގެ ޕީއެންއެފުން އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި އާންމު މީހަކު ކުރި ސުވާލެއްހެ ޖަވާބުގަ އެވެ.
ޔާމީން ވިދާޅުވީ ގާނޫނާ އެއްގޮތަށް، އިންސާފުވެރި ޝަރުއީ ހަމަތަކުގެ މަތިން އެ މަނިކުފާނުގެ "ގައިގައި އަތްލެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ" ކަމަށެވެ.
ޔާމީން މި މޭރުމުން ވާހަކަފުޅު ދެއްކެވީ 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންއެފްގެ ފަރާތުން ދެވަނަ ބޭފުޅަކު ނެރެން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރައްވާނެ ގޮތަކާ ބެހޭ ގޮތުން މީހަކު ސުވާލު ކުރުމުންނެވެ. ރާއްޖޭގައި ކަންހިނގާ ގޮތުން ޔާމީނަށް ފުރުސަތު ލިބިވަޑައިގެންފާނެ ކަމަށް ހީނުވާ ކަމަށް ވެސް ސުވާލުކުރި މީހާ ބުންޏެވެ.
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ރައީސަށް ފުރުސަތު ނުލިބުމުގެ [ސަބަބުތަކުގެ] ތެރޭގައި ހިމެނޭނެ ރައީސް މަރުވެގެން ދިއުން، ރައީސް ބުއްދި ފަސްވެގެން ދިއުން، ރައީސް މަގާމަށް ކުފޫ ހަމަނުވެގެން ދިއުން، މިކަހަލަ ހާލަތެއްގައި ރައީސް ހުރިއްޔާ އެ ރައީސަކާ ދޭތެރޭގައި ތިޔަ ބޭފުޅުން އުއްމީދު ވެސް ކުރައްވާނެ ކަމެއް ނެތެެއްނުންތޯ؟" އެ ސުވާލަށް ފުރަތަ ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވި އެވެ.
އެ އަށް ފަހު ޔާމީން އެދިވަޑައިގަތީ، ސުވާލުކުރި މީހާ އަހަން ބޭނުންވަނީ އެ މަނިކުފާނަށް "ޖަލު ހުކުމެއް އަތުވެދާނެތޯ" ކަމަށް ވަންޏާ އެ ސުވާލު ސީދާ ކުރާށެވެ. ނަމަވެސް ސުވާލު ތަކުރާރުކުރުމުގެ ފުރުސަތު ނުދެއްވައި ޔާމީން ވިދާޅުވީ ޖަލު ހުކުމެއް އަންނާނެ ގޮތެއް ނެތް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޖަލު ހުކުމެއް އަންނާނެ ގޮތަކީ ނެތް ގޮތެއް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، މި ސަރުކާރުން ވެސް އެ މަނިކުފާނު ޖަލަށް ލާން ބޭނުން ނަމަ ލާންވީ ކަމަށާއި އެކަމަކު އެއީ "ހައްދަވާނެ އެންމެ ބޮޑު ގޯސް" ކަމަށެވެ.
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އިބްރާހިމް މުހައްމަދު ސޯލިހު އަދި އެއީ އަޅުގަނޑުމެންގެ ފިކުރާ ތަފާތު ފިކުރެއްގައި ހުރެގެން ބޮޑު އަވަށްޓެރި ގައުމެއްގެ އެހީ ލިބިގެން، ފައިސާ ލިބިގެން ވެރިކަމުގައި ހުރެގެން އަޅުގަނޑު ޖަލު ބައިންދައިގެން އޭނާ ހީކުރީ އޭނާ އަށް ރިޔާސީ އިންތިހާބުގައި ދެވަނަ ބުރެއް ލިބޭނެ ކަމަށް. ކޮންތާކުތޯ ވީ؟ ﷲ ގެ ތަގުދީރު ﷲ ގެ ނިންމެވުން މާ ވަރުގަދަ،" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ޖަލަށްލި ޔާމީން ވިދާޅުވި އެވެ.
ޔާމީން މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ދައުވާކުރާ ދެ މައްސަލައެއް އަދި ނުނިމި އެބަ އޮތެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނާއި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ ދިގު ޖަލު ހުކުމެއް އަންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމާތ
19 December 2025
ޖަލު ޙުކުމަކީ އެމީހަކު ބޭނުމިއްޔާ ދޭ އެެއްޗެއްތަ؟ ހަމައަހާލީ
ނަންނުކިޔާ
18 December 2025
މިީނަ ވެސް ހީކުރި ދެވަނަ ދައުރެއް ލިބޭނެ ކަމަށް.. ރާއްޖޭގެ ހުރިހާ ރަށެއް ޕިންކު ކޮށްގެން.. ސިނަމާލެ ބުރިޖު އެއްކޮޅުން އަނެއްކޮޅަށް ޕިންކު ކޮށްގެން.. އެކަމަކު ދިޔައީ ޗޮކުން..އަދި އަޅުގަނޑުމެން އެހަނދާން ވެސް އެބަހުރި..
އަދިވެސ
18 December 2025
މިދެން މާމޮޅު މީހެކޯ ރައީސް ރައީސް ވެގެން އަންމޮޅޯ ހެދިގެން. މީނަ މިޤައުމު ހަލަބޮލިކުރަން އުޅެހެން ހީވަނީ. މިއޮތީ ބޮރުކަމެއް
ޖަރީން
18 December 2025
ޔާމީނަށް މި ގައުމު ހިންގޭނެ.
ބުނަން
18 December 2025
އަހަރެން އަޖައިބުވަނީ މެންދުރުގެ އިރުހެން ރައްޔަތުންނަށް އެގޭ ކަންކަމުގަވެސް މި ސިޔާސީ މީހުން މިހިރަ ދައްކާލާ ވާހަކައިން ސަރިޔަތަކީ މިގައުމުގައި އެއިރެއްގަ ވެެރިކަމުގަ ހުންނަ މީހަކަށް ކޮށްދޭ އެއްޗެއްކަން އެންމެންދަނޭ
ޒިންދާބާދު
18 December 2025
ރައީސް ޔާންޓޭ ޒިންދާބާދު
ރެޓޭ
18 December 2025
މިތާގައި އިންސާފުވެރި އަދުލުވެރި ނިޒާމެއް އޮތްނަމަ ޔާމީނާއި އެތައްބައިވަރު ސިޔާސީ މީހުން ތިބެންޖެހޭނީ ތޭރިތަކުގެ ތެރޭ ހުރަގޭގައި.
ގު އިއް ޓޭ
18 December 2025
ތަރުޖަމާ!!މަނިކުފާނު ވަނީ ޖަަލު ހުކުމް އައުމުގެ ކުރީގައި އެ ހުކުމްތަކެއް ޖަލު ކޮޅުގައި އެޑުވާންސް އަށް ތަންފީޒު ކޮށްފައި؟ އެހެންވީމާ ދެން ހުކުމެއް އައެއްކަމަކު ޖަލު ކޮޅަށް ވަޑައިގަންނަވާކަށް ނުޖެހޭނެ.
ކަނޮޅި
18 December 2025
މަނިކުފާނު ތިވިދާޅުވަނީ ހަމަ ރަނގަޅަށް މަނިކުފާނަށް ހައްޤު މިންވަރަކީ ހަމަ ޖަލު ގޮޅި
ކޮރަލް
18 December 2025
ޔާމީން ދެކެ ޖެހިލުން ވެ އެވެ . އޭނަ ކުރި ކަންކަން ފެންނާން އެބަ ހުއްޓެވެ . ކުޑަހަރަދަކުން ބްރިޖް ވެސް ހެދީ އެވެ .