ޚަބަރު / ޒަކާތް

ޒަކާތު ބިލާއި ޓެކްސް ނެގުމާ ގުޅުވާތީ މުނީޒާގެ ޖަވާބު: ހޭލުންތެރިކަން ނެތީ

ޒަކާތާ ގުޅޭ އެންމެ އަސާސީ ކަންކަމަށް ވެސް ދިވެހިން ހޭލުންތެރި ކުރަންޖެހޭ ކަމަށް މުނީޒާ ވިދާޅުވި.

ޒަކާތު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން މުނީޒާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

23 އޯގަސްޓް 2025 - 13:47

49 comments

ރާއްޖެއަކީ ޓެކްސްގެ މުޖުތަމައެއް ގާއިމްކޮށްފައިވާ އަދި ޓެކްސްއާ ގުޅޭ ގާނޫނުތަކަށް މިހާރު ވެސް އަމަލުކުރާ ގައުމަކަށް ވާއިރު ޒަކާތުގެ ގާނޫނެއް ހަދައި ޒަކާތް ދިނުން ފުޅާކުރާތީ ޓެކްސްއާ ގުޅުވައިގެން ސުވާލު އުފައްދަނީ އަދިވެސް ދިވެހިންގެ މެދުގައި ހޭލުންތެރިކަން ނެތުމުން ކަމަށް މެލޭޝިއާގެ އިންސެފް ޔުނިވާސިޓީގެ ޑީން ޑރ. އާއިޝަތު މުނިޒާ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ޒަކާތު އިންޓަނޭޝަނަލް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ޒަކާތާ ގުޅޭ ބިލެއް ސަރުކާރުން ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާއިރު، ގިނަ ބަޔަކު އުފައްދާ އެއް ސުވާލަކީ ސަރުކާރަށް ޓެކްސް ދައްކަމުން އައި ނަމަވެސް، ޒަކާތު ފަންޑުގެ ނިޒާމުގެ ތެރެއިން އިންވެސްޓް ކޮށްގެން ފަގީރުންނާއި މިސްކީނުންނަށް ޒަކާތް ބެހުމުގެ ކަންކަން ފުޅާކުރަން ސަރުކާރުން މަސައްކަތް ކުރާތީ އެވެެ. އެކި ނަންނަމުގައި ސަރުކާރަށް ޓެކްސް ނަގަނީ ރައްޔިތުންނަށް ހިދުމަތްތައް ދީ، މުޖުތަމައު މުއްސަނދި ކުރަން ކަމަށް ވާއިރު ޒަކާތުގެ ފައިސާ އިން އިންވެސްޓް ކުރާ ގޮތާ މެދު ސުވާލު އުފައްދާ މީހުން ވަރަށް ގިނަ އެވެ.

ޓެކްސްއާ ގުޅޭ ގާނޫނުތަކަކީ އިންސާނުން އުފައްދާފައިވާ ޒިންމާއެއްކަން. ޒަކާތަކީ އިލާހީ ވާޖިބެއްކަން. ޓެކްސް އިން ސަރުކާރުތައް ދެމެހެއްޓޭ. ނަމަވެސް ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭ،"--- މުނީޒާ

އިސްލާމިކް ފައިނޭންސިން ދާއިރާގައި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުނީޒާ ވަނީ ޒަކާތު ކޮންފަރެންސްގައި އެ ސުވާލުތަކަށް ކޮންމެވެސް ވަރަކަށް މިއަދު ޖަވާބު ދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ، ޓެކްސްއާ ގުޅޭ ގާނޫނުތަކަށް ރާއްޖޭގައި އަމަލު ކުރާއިރު ވެސް ޒަކާތާ ބެހޭ ހާއްސަ ގާނޫނެއް ހަދާތީ ސުވާލު އުފެއްދުމުން ދޭހަވަނީ އަދިވެސް ދިވެހިން ހޭލުންތެރިކަން އިތުރު ކުރަން ޖެހިފައިވާ ކަން ކަމަށެވެ.

މިއަދު ފެށި ޒަކާތު އިންޓަނޭޝަނަލް ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޝަހީމާއި މުނީޒާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މުނީޒާ ވިދާޅުވީ، ދިވެހިންނަށް ތަކުރާރުކޮށް ވިސްނައި ދޭން ޖެހެނީ ޒަކާތަކީ ހަމައެކަނި ޓެކްސް ނެގުމުގެ އެހެން ގޮތެއް ނޫން ކަމަށެވެ.

"... ޓެކްސްއާ ގުޅޭ ގާނޫނުތަކަކީ އިންސާނުން އުފައްދާފައިވާ ޒިންމާއެއްކަން. ޒަކާތަކީ އިލާހީ ވާޖިބެއްކަން. ޓެކްސް އިން ސަރުކާރުތައް ދެމެހެއްޓޭ. ނަމަވެސް ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭ،" ޓެކްސް އާއި ޒަކާތުގެ ގާނޫނުގެ ތަފާތު ދައްކަވަމުން މުނީޒާ ވިދާޅުވި އެވެ.

"ޓެކްސްގެ ގާނޫނުތަކަކީ އިންސާނުން ހަދާފައިވާ ގާނޫނުތަކެއް. ޒަކާތަކީ ގުރުއާނުގައި ބަޔާން ކުރައްވާފައިވާ، ލިބޭ ވަރު، ގިންތިތަކެއް ސާބިތުކަމާ އެކު ބަޔާން ކުރައްވާފައިވާ އިލާހީ ގޮތުން ލާޒިމް ކުރާ އެއްޗެއް."

މުނީޒާ ވިދާޅުވިގޮތުގައި، ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ހިންގަން ވަކިން ހާއްސަ ގާނޫނެއް ބޭނުންވަނީ އެހެން ވެގެންނެވެ. ނަމަވެސް އޭނާ ވިދާޅުވީ، ހަމައެކަނި ގާނޫނެއް ހަދައިގެން ފަރުޖެއްސެން ވެސް ނެތް ކަަމަށެވެ. އެގޮތުން ޒަކާތް ނެގުމާ ގުޅޭ ކަންކަން ބެލެހެއްޓުމަށް އާ ވިސްނުންތަކަށް ދާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މިއަދު ފެށި ޒަކާތު ކޮންފަރެންސްގެ ބައެއް ބައިވެރިން.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"މިހާރުގެ އާންމު އުސޫލަކީ ޒަކާތުގެ ފައިސާ އޭގެ ބެހެނިވެރިންނަށް އެއްފަހަރު ބޭނުން ކުރެވޭ ގޮތަށް ޖަމާކޮށްދިނުން. އެހެންކަމުން ޒަކާތުގެ ފައިސާ ބެލެވެނީ ކުރު މުއްދަތަކަށް މީހަކަށް ހޯދައިދޭ ތަސައްލީއެއްގެ ގޮތަށް. އެކަމަކު، ޒަކާތަކީ އެ އަށް ވުރެ ބޮޑު މަގުސަދެއް ހާސިލް ކުރެވޭނެ ފަދަ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އިންސްޓްރޫމަންޓެއް،" މުނީޒާ ވިދާޅުވި އެވެ.

"ޒަކާތަކީ ހަމައެކަނި އެއް ދުވަހުގެ ބޭނުންތައް ފުއްދައިދޭން މީހުންނަށް ދޭ ފައިސާއެއް ނޫން. އެއީ މީހެއްގެ ދިރިއުޅުން ފަގީރުކަމުން މުއްސަނދިކަމަށް އަދި މިއަދު ޒަކާތުގެ ފައިސާ ބަރޯސާވާ މީހާއަކީ މާދަމާ ޒަކާތް ދައްކާ މީހަކަށް ބަދަލު ކޮށްލެވޭނެ އެއްޗެއް."

ރާއްޖޭގައި ޒަކާތާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާކޮށް، އަދި ޒަމާނީ ކުރުމަށް ވެސް މުނީޒާގެ ވާހަކައިގައި ހުށަހެޅުންތަކެއް ހުށަހެޅުއްވި އެވެ. އެއީ:

● ޓެކްނޮލީގެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފުން

● ޒަކާތާ ގުޅޭ ކަންކަން ޑިޖިޓަލް ކުރުން. އޮންލައިން ޕޯޓަލްތަކާއި މޮބައިލް އެޕްތަކާއި ޑިޖިޓަލް ވޮލެޓްތަކުގެ ޒަރީއާ އިން ޒަކާތް ޖަމާކުރާ ފަރާތްތަތަކަށް ފައިދާ ލިބޭ. މިސާލަކަށް ބްލޮކް ޗެއިން ފަދަ ޓެކްނޮލޮޖީގެ އެހީގައި ދެފުށް ފެންނަ ނިޒާމެއް ގާއިމް ކުރެވިދާނެ.

● ގޭބީސީތަކުގެ ފަގީރުކަން ރިއަލް ޓައިމްގައި ބެލުމަށް އިންޓަނެޓް އޮފް ތިންގްސް ނުވަތަ އައިއޯޓީ ބޭނުންކުރުން. އޭރުން އެންމެ ބޭނުންވާ މީހާ އަށް ޒަކާތް ފޯރުކޮށްދެވޭނެ.

● ޒަކާތާ މެދު އާންމުން ހޭލުންތެރިކުރުމަށް އިތުރު ކެމްޕެއިންތަކެއް ފެށުން. ޒަކާތާ ގުޅޭ އެންމެ އަސާސީ ކަންކަމަށް ވެސް ދިވެހިން ހޭލުންތެރި ކުރަންޖެހޭ.

● ގައުމީ ތަރައްގީގެ ސްޓްރެޓެޖީތަކުގައި ޒަކާތުގެ ވާހަކަތައް ހިމެނުން

● ޒަކާތާ ގުޅޭ ކަންކަމަށް މީހުން ތަމްރީންކޮށް އިންވެސްޓް ކުރުން

މިއަދުގެ ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ފަގީރުންނާއި މިސްކީނުންނަށް ޒަކާތުގެ ފަންޑުން އެހީތެރިކަން ދެވޭނެ ގޮތުގެ އިތުރު މަޝްވަރާތައް ފަށައި އެ ކަމާ ގުޅޭ ހާއްސަ ކަރުދާހެއް ކެބިނެޓަށް ހުށަހަޅަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

ޒަކާތު ބިލާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެ ބިލް ފަރުމާކުރީ "ދުނިޔޭގައި އެންމެ ފަހުގެ އިލްމީ ތަޖުރިބާގެ މައްޗަށް" ކަމަށެވެ. ޒަކާތާ ބެހޭ ބިލްގައި އިދާރީ މެނޭޖުމަންޓާއި ޝަރުއީ ހަމަތައް ގުޅިލާމެހިފައި ވުމާއި އިންވެސްޓުމަންޓުތަކަށް ފުރުސަތު ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެއީ ޒަކާތާ ބެހޭ އެހެން ގާނޫނުގައި ނެތް ސިފައެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޒަކާތާ ގުޅޭ ކަންތައްތަކުގައި ރާއްޖެއަކީ ދުނިޔޭގަައި އެންމެ ލީޑިން ގައުމަށް ވުމަކީ އަމާޒެއް ކަމަށާއި އެ ކަމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށް މިއަދުގެ ކޮންފަރެންސްގައި ޝަހީމް ވިދާޅުވި އެވެ.

49 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 13%
icon angry icon angry 33%
icon wow icon wow 7%
icon inlove icon inlove 27%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޑަކަޑަ1

25 August 2025

ކަމަނާމެންނާ ޚިޔާލު ތަފާތު ވަންޏާ، ސުވާލު އުފައްދަންޏާ، އެ ނޭނގެނީ، ނުވަތަ ހޭލުންތެރިކަން ކުޑައީ.

The name is already taken The name is available. Register?

ހަސަން ދީ

24 August 2025

ރައްޔިތުންގެ ޓެކްސް ފައިސާ އިން ސަރުކާރުން ދިވެހިނަށް ސްކޮލާރޝިޕް ދޭ. ޙިލޭ ތައުލީމް އަދި ބޭސްފަރުވާ ލިބޭ. ދެން ޒަކާތް ދެއްކީމަ އެފައިސާއިން އަނެއްކާ މިކަންތަކަށް ހަރަދު ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ. ޒަކާތް އޭގެ ހައްގުވެރިންނަށް ދީ.

The name is already taken The name is available. Register?

އައްލާ ބެއްޔާ

24 August 2025

އިސްލާމްދީނުގައި 5 ރުކުން އޮންނަ އިރު ހަމަ އެކަނި ޒަކާތާއި ހެދި މިވަރަށް މި އުޅެނީ މިކަމުން ބަޔަކަށް ވާ ފައިދާ ބޮޑުކަމުން. މިހާރު ޒަކާތުން ފަގީރުންނަށް ވުރެ ގިނައިން ލިބެނީ މުއްސަދިންނަށް. ޒަކާތުގެ ބޮޑުބައި ދަނީ އެކި ކަހަލަ ވޯކްޝްޕް ސެމިނަރ ބާއްވަން ދެން އެކި ކަހަލަ ތަޖުރިބާ ހޯދަން އެކި ގައުމުތަކަށް ދަތުރުކުރުމަށް. ގާނުނު ހަދައިގެން ނަމާދު ގަޑިއަށް ވިޔަފާރިތައް ބަންދުކޮށް މިސްކިތަށް ނުދާ މީހުންނަށް އަދަބު ނުދެނީ އެކަމުން ފައިދާ އެއް ނުލިބޭތީ..؟؟

The name is already taken The name is available. Register?

ފަގީރު

24 August 2025

"ފަހުގެ" އިލްމުވެރިންނޭވެ. ޒަކާތުގެ ފައިސާއިން ބަޔަކުމީހުން ޖަހާ ސަކަރާތަށް ދިވެހި އާއްމުރައްޔިތުން ވަރަށް ހޭލުން ތެރިއެވެ.. ޒަކާތުގެ ލޭބަލް ޖަހައިގެން ތިކުރާ އަދި ކުރަން ތިއުޅޭ ކަންތަކަށް ވަރަށްވެސް ދިވެހީން ހޭލުންތެރި އެވެ. އިލްމުވެރީން ކަމަކަށް ފެންބޮވައިގެން ތިބިވަރުން ރޭކާނުލަނީއެވެ.

The name is already taken The name is available. Register?

ފުޅާ

24 August 2025

މިދެމީހުން މިފަހަރު ޒަކާތް ރަނގަޅަށް ފުޅާކޮއްލާނެހެން އެބަހީވޭ..

The name is already taken The name is available. Register?

ސަލީމު އިދުރީސް

24 August 2025

އެ އަހަރަކު ނަގާ ހުރިހާ ފައިސާ ފަގީރުނައް ބަހާލާނަމަ ފަގީރުން ނުތިބޭނެ އެކަމަކު އެފާއިސާއިން ފަންޑު ހަދައިގެން ވިއަފާރި ކުރަނީ! މިގައުގަ ކޮންމެވެސް އެއްނިސާމެއް އޮނަންވެޖެނޫން ސޯސަލިޒަމް ވިއާސޯލިޒަމް ކެޕުޓަލުޒަމް ވިއާ ކެޕުޓަލުޒަމް އަދި ތިބުނާ މަތިން ބާވާލެއްވި ނިޒާމު ކަމައް ވިއަސް އެނިޒާމު ގާއިމުކޮއްބަލަ! މިވަރުން ދަންޏާ މާދަމާ ފެންނާނީ ދީނީ ފުލުހުލުސް ތާރަފުކޮއް ޒަކާތް ދެއްކުމައް ރައްތުންގައިގަ ހަންމުށި އަޅާތަން

The name is already taken The name is available. Register?

އަންދާ ގާނޫނު

24 August 2025

ބަންގި ގޮވީމަ މިސްކިތު ކުރިމަތީގަހުންނަ ކެފޭގަ ކޮފީބޯން އެތިބެނީ ނަމާދަކީ ވާޖިބެކަން ނޭގޭމީހުންނެނޫން.އެމީހުން މިސްކިތައްނުވަދެ އެތިބެނީކީއްވެތޯ ބަލާނެބަޔަކު ގާނޫނުން ކަޑައަޅަންޖެހޭބާ..މުދަލުޒަކާތް ގާނޫނުގަލިޔެގެންނަގާފަ ސަރުކާރުން ވިޔަފާރިކޮއްފަ ބެހެނިވެރިންނަކީ ކޮންބައެއްކަން ކަޑައަޅާ އެބަޔަކަށް ޒަކާތް އިންސާފުން ބެހޭނެކަމުގެ ޔަގީންކަން މިއަދު ރައްޔިތުންނަކަނެތް.ސަރުކާރުން ޒަކާތްކާލާނީ ނޫނީ އެމީހުން ސިޔާސީބޭނުމަށް ޒަކާތްބޭނުންކޮއްލާނީ.

The name is already taken The name is available. Register?

ސުލްތާން

24 August 2025

ޒަކާތް، އިންކަމް ޓެކްސް، ޖީ އެސްޓީ، ޓާރިފް، ފީސް،.... ފެލާލަނީ ..މުދަލު ޒަކާތުގެ ވާހަކަ ދައްކާއިރު އޭގެ އެންމެ ބެހެނި ވެރިއެއްގެ ވާހަކަ ދައްކަނީ hamaekani ފަޤީރުންގެ vaahaka. ޥަރަށް ބޮޑު އޮޅުވާލުމެއް .

The name is already taken The name is available. Register?

މަރީޔަ

23 August 2025

ފުރަތަމަ ގައުމުގެ ރައީސް އަދި އިސްލާމީ ވަޒީރު އިސްލާހު ކުރޭ! ދެން ކަމަނާ މައްޝޫރުކަން ހޯދަން ތިޔަ ބައްވާ ހަފުލާތަކާއި ހޯދާ ހަނދާނީ ފިލާތަށް މަދުކޮށް ފޮތްކިޔުން ގިނަކުރޭ! އިލްމަކީ ފޮތް ނުކިޔާ ހަމަ ހުރެފަ ލިބޭ އެއްޗެއް ނޫން

The name is already taken The name is available. Register?

މުދައްރިސާ

23 August 2025

ޒަކާތު ފަންޑުން މިފަހަރު ރިޓަޔަރމަންޓު އޭޖްގައި ތިބޭ މީހުންނަށް ކިޔަވަން ސްކޯލަރޝިޕް ދީފައި އެބަހުރީ. ޒަކާތުގެ ފައިސާ އެކި ކަންކަމަށް ހޭދަކުރާއިރު ދެފުށް ފެންނާނެ ގޮތަކަށް މިކަން ކުރަންޖެހޭނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454