ދިވެހި ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފުގެ އައްޑަނަ، އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުއާ ރައީސް މުއިއްޒު މިއަދު ހަވާލު ކޮށްދެއްވަނީ
24 އޯގަސްޓް 2025 - 11:19
ދިވެހި ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފު ހއ. އުތީމު ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފި އެވެ.
ގައުމީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އުތީމުގެ ރައްޔިތުންނަށް ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފުގެ އައްޑަނަ ރައީސް ހަވާލުކޮށްދެއްވީ އެ ރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ޝަރަފު އެރުއްވުމަށް ރައީސް ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓުމަށް އުތީމުގެ ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެކަމަށް ދޭ އަހައްމިއްޔަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ. އަދި އެރަށު ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކު އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރުވެފައި ވާތީ އެވެ.
President Dr @MMuizzu and First Lady @sajidhaamohamed arrive in HA. Utheemu to officiate the National Day 1447 celebrations. Their visit encompasses a series of engagements, including the inauguration of the Boduthakurufaanu Monumental Gate and the official National Day… pic.twitter.com/nj7Mn5pgYP
— The President's Office (@presidencymv) August 24, 2025
ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރަނީ ޕޯޗްގީޒުންގެ އަތް ދަށުން ރާއްޖެ ސަލާމަތްކުރުމަށް އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ކުރެއްވި ޖިހާދުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. އުތީމަކީ ބޮޑުތަކުރުފާނުގެ އުފަން ރަށެވެ.
މުހައްމަދު ތަކުރުފާނަކީ އުތީމު ހުސައިން ހަތީބުގެ ހަތަރު ބޭކަލުންގެ ތެރެއިން އެއް ބޭކަލެވެ. އުތީމުގައި ހުންނަ އުތީމު ގަނޑުވަރަކީ އެ ހަތަރު ބެއިންގެ އާއިލީ ގެކޮޅެވެ.
އެ ގެކޮޅަށް ތާރީހީ ގޮތުންނާއި ގައުމީ ގޮތުން ހާއްސަ އަހައްމިއްޔަތު ކަމެއް ދެނީ އެ ތަކުރުފާނުގެ ތިން ބޭކަލުން ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެ މިނިވަންކުރުމަށް ކުރެއްވި ކާމިޔާބު ޖިހާދުގެ ސަބަބުންނެވެ. އެއީ މުހައްމަދު ތަކުރުފާނުގެ އިތުރުން ހަސަން ތަކުރުފާނު އަދި އަލި ތަކުރުފާނުގެ ސަބަބުންނެވެ.
އުތީމު ތިންބެއިންގެ އެ ޖިހާދުގެ މަތިވެރި ހަނދާނުގައި ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނީލަމް ހަލީމް
25 August 2025
މިކަން ކޮށްގެން މިގައުމުގެ މީހުން އުއްމީދު އައުވާނީ. އެކަތި ގަޑަކަށް ވެގެން މަސައްކަތް ކުރާނީ.
އިފާދުﷲ
25 August 2025
މަރުހަބާ އުތީމު ރައްޔިތުން. ފުލީ ޑިސާވް
ސަމަން34
24 August 2025
މާފުށީ ރައްޔެތުންނަށް ޖަލު ބެލެހެއްޓުމުގެ ސަރަފުވެރި އެވޯޑް، އަދި ގުރައިދޫ ރައްޔެތުންނަށް ހާއްސަ އެހީ އަށް ހިދުމަތް ކުރުމުގެ ސަރަފްވެރި އެވޯޑް ދޭން ފެނޭ!
މެހެމާނެއް
24 August 2025
ދެން ކީއްކުރަން ގަނޑުވަރު ބަލަހައްޓަން މުވައްޒަފުން ލާފަ ތިބެނީ. ރައްޔިތުންގެ ބަލާތަނެއްގަ. ސަރުކާރުން އިއުލާން ކޮށްގެން މަރާމާތު ކުރަނީ ވެސް.
އެޗް އެމް
24 August 2025
އުތީމުދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އުތީމަށް.
ޢުއްމު
24 August 2025
ރަށު ކޮންމެ މީހަކަށް ފައްޓަރު ބައެއް ދިންތަ؟
ކެނެޑީ
24 August 2025
ހެހެހެ
ވާންޗޯ
24 August 2025
ހިޔާލީ ވާހަކައެއް އެއީ
ނަނަނަ
24 August 2025
މީ ކޮން ސަކަރާތެއް މިޖަހަނީ؟