ހައި ކޯޓް: އެ ކޯޓުގައި ކުރިއަށް ގެންދިޔަ، ޖިންސީ ގޯނާގެ މައްސަލައެއް ދައުލަތުން ވަނީ ހަ އަހަރު ފަހުން އަނބުރާ ގެންގޮސްފައި. -- ފޮޓޯ: މިހާރު
25 އޯގަސްޓް 2025 - 13:33
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް އުފުލި ދައުވާއެއް ސާބިތުނުވާ ކަމަށް ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން ކުރި ހުކުމެއް ދައުލަތުން އިސްތިއުނާފުކުރި ފަހުން އެއީ ދައުވާ ލިބިގަތުމުގެ ކުޅެދުންތެރިކަން ނެތް މީހެއް ކަމަށް މެޑިކަލް އެސެސްމަންޓަކުން ދެއްކުމުން ދައުވާ އަނބުރާ ގެންގޮސްފި އެވެ.
ހައި ކޯޓުން އާންމުކޮށްފައިވާ، ދައުވާ ފޯމު ބާތިލްކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ދައުލަތުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓަށް މި މަހުގެ ހަ ވަނަ ދުވަހު ސިޓީއެއް ފޮނުވައިފަ އެވެ.
މި ދައުވާއާ ގުޅޭ ހާދިސާ ހިނގީ ރާއްޖޭގެ ދެކުނު ރަށެއްގަ އެވެ. އެކަމަކު ރަށާއި ހުކުމްކުރި ކޯޓާއި މައްސަލަ ރައްދުވާ ފަރާތް ވެސް، މައްސަލައިގެ ބާވަތުން ހައި ކޯޓުން ވަނީ ސިއްރުކޮށްފަ އެވެ. އަދި މައްސަލައިގެ ބާވަތް ވެސް ސިއްރެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި މިއީ އުމުރުން 18 އަހަރު ނުވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން ފޮނުވި ސިޓީއާ ހަވާލާދީ ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ހާދިސާ ހިނގިތާ ހަ އަހަރު ވެފައި ވާތީ އާއި ހައި ކޯޓުން އަމުރުކޮށްގެން ހެދި މެޑިކަލް އެސެސްމަންޓުން، އެ މީހާ އަކީ ދައުވާ ލިބިގަތުމުގެ ކުޅެދުންތެރިކަން ހުރި މީހެއް ކަމަށް ނުފެންނާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވަނީ ކަމަށެވެ.
ދައުވާ ލިބުނު މީހާއަށް ބޭނުންވާ ފަރުވާގެ އިންތިޒާމް ހަމަޖައްސަން، އޭނާ އުޅޭ ރަށުގެ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ވެސް ބުނެފައިވާ ކަމަށް އެ ސިޓީގައިވާ ކަމަށް ކޯޓުގެ ރިޕޯޓްގައިވެ އެވެ.
އެހެންވެ، މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އަދި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާގެ އިއްތިފާގުން ވަނީ މައްސަލައިގެ ދައުވާ ފޯމު ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސްބުނަﷲ
26 August 2025
ޖިނާއީ މައްސަލަތައް މިހާރު ނިމެނީ ދެގޮތަކުން ، އެއްގޮތަކީ ގިނަދުވަސްވެގެން އަނބުރާ ގެންދިޔުން، އަނެއް ގޮތަކީ ގިނަދުވަސްވެެގެން ހެކިބަސް ނުލިބިގެން މައްސަލަ ސާބިތު ނުވުން،
ވާންޗޯ
25 August 2025
ރުބޭލް މިއާ ކޮންޓޯލް ކޮންޓޯލް
ޑރ ވާންޗޯ
25 August 2025
ކުއްޖާ ދުނިޔޭގަ އެބަހުރިބާ ނޫނީ އެމީހާ ނިޔާވީބާ؟. މައްސަލަ ދަންމާލީމަ ވާއެއްޗެއް ނުވާއެއްޗެއް، ނުވާއެއްޗެއް ވާއެއްޗެއް ކޯންޗެއް، ފަނޑިޔާރުންގެ އެކައުންޓް.....
ޖަވާހިރުލާލް ޕަކަޗޭ.
25 August 2025
ސަރީއަތްތައް އަހަރުތަކަކަށް ދަންމާލުމަކީ ކަޅުފޮތިގަނޑެއް ހުދުފޮތިކޮޅަކަށް ބަދަލުކޮށްލަން ކޯޓުތަކުން ކިހާވަރެއްގެ ފައިދާއެއްވާތީ ކުރާކަމެއްތޯ ބަލާނެ ކޮމިޓީއެއް ހަދާކަށްނުވޭތޯ؟.
ރުބޭލް މިއާ
25 August 2025
މިއީ މޮޅު ހަބަރެއްނު؟ ކޮންމެވެސްތާކު ކޮންމެވެސްމީހަކު ކޮންމެވެސް ކުއްޖަކަށް ކޮންމެވެސްގޮތަކުން ބެހިގެން މައްސަލަ ހުށަހެޅުމުން ކޮންމެވެސް ކޮންމެވެސް ރަށެއްގެ ކޯޓަކުން އެމައްސަލަ ސާބިތުނުވާކަމަށް ކަނޑައެޅި ވާހަކަ. ދެންއޮތީ ހައިކޯޓުން ބެލި ބެލުމުން ކޮންމެވެސް މީހެއްގެ ސިއްހަތު ރަނގަޅުނޫންކަމަށް ފެނުނު ކަމަށާއި އެހެންކަމުން ޕީޖީއިން މައްސަލ އަނބުރާގެންދިޔައީކަމަށް. ބްރޯ. މި އެންމެން ސަދޫމަށް ފޮނުވާ. ތިއޮތީ މިތާ ރައްޔިތުންގެ ފުރިހަމަ އިތުބާރު ޖުޑިޝަރީ
ކޮސްގޮވުން 2.0
25 August 2025
ކޮންތާކުތަ ސަދޫމް އޮތީ؟ އޭރަށްތާ ފޮނުވާލެވޭނީވެސް..
ދަނޭ
25 August 2025
ތަކުލީފު ލިބިގެންވާ ކޮންމެ މީހަކީ މުކައްލަފެއް. ޔައުނީ ކޮންމެ މުކައްލަފަކީ އެމީހަކު ކުރާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަންޖެހޭ މީހެއް. އެކަމަކު މުކައްލަފަކަށް ނުވާ މީހަކީ އެމީހަކު ކުރާކަމެއްގެ ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ އިލްތިޒާމް އޮތް މީހެއްނޫން. ބުއްދި ސަލާމަތުން ނެތްމީހާގެ މައްޗަަށް ނަމާދު ރޯދަ ޒަކާތް ހައްޖުވުމެއް ނެތް. އެހެނީ އެފަދަ މީހަކީ ތަކުލީފު ލިބިގެންވާ މީހެއްނޫން.