މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މީޑިއާ ބިލާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވަނީ.
28 އޯގަސްޓް 2025 - 20:17
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މިޑީއާ ކޮންޓްރޯލް ބިލް" ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިން ނޫސްވެރިންގެ ހިޔާލު ހޯދުމަށްޓަކައި އަންނަ ހޯމަ ދުވަހު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ކަމާ ގުޅޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފަށާފައިވާއިރު، ނޫސްވެރިންގެ ހިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން ހޯމަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ބާއްވަން އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
މަޖިލިހުގެ އިދާރާ އިން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، އެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާތަކަށެވެ. އެ ބައްދަލުވުމަށް ފުރުސަތު ދެނީ ކޮންމެ މީޑިއާއަކުން އެކަކަށް ކަމަށް ވާއިރު، ބައްދަލުވުމަށް ހާޒިރުވުމަށް ރަޖިސްޓްރޭޝަން ފޯމެއް ފުރަންޖެހެ އެވެ. ރަޖިސްޓްރޭޝަން ފޯމު ފުރުމުގެ ސުންގަޑިއަކީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10 އެވެ.
ހިޔާލު ތަފާތުވުން ބޮޑުވެފައިވާ މީޑިއާ ބިލް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން ކޮމިޓީން މިއަދު ފާސްކުރި އެވެ. އަދި ނޫސްވެރިންގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އެ ކޮމިޓީ އަށް ހާޒިރުކޮށް، ހިޔާލު ހޯދަން ވެސް މިއަދު ނިންމި އެވެ.
މީޑިއާ ބިލް ތައްޔާރު ކޮށްފައި ވަނީ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަދި ބޮޑެތި އަދަބުތަކެއް ހިމަނައިގެން ކަމަށް ވާތީ އޭގެ ކަންބޮޑުވުން ނޫސްވެރިން ގެންދަނީ ފާޅުކުރަމުންނެވެ. އެކަމަކު، ރައްޔިތުންގެ މަޖިލިހަށް އެ ބިލް އިއްޔެ ބަލައިގަތުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ ވެރިން ވެސް ވިދާޅުވެފައި ވަނީ ކޮމިޓީ މަރުހަލާގައި ބޭނުން އިސްލާހެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެ ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާނެ ކަމަށް ރައީސް މުއިއްޒު ވެސް މިއަދު ވިދާޅުވި އެވެ. އަދި ބިލުން ރައީސަށް ލިބިދޭ ބާރުތައް ވެސް ދޫކޮށްލައްވަން ވަނީ ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަނުކޮއި
29 August 2025
ޚިޔާލު ފާޅުކުރަން ބޭނުންވާ ބަޔަކު އަންނާނެ. ފުރުސަތު އެއޮތީ ދީފަ. އައުމާ ނައުމަކީ އެމީހުންގެ ނިންމުމެއް. އައިބަޔަކާ މަޝްވަރާކޮށްފަ ބިލުނިންމާ ފާސްކުރީމަނިމުނީ.
ސޮރީމީ
29 August 2025
ވެނުމަސް ވެނަށް ކާންދޭން އެ އުޅެނީ
ބޯކޮޓް ގްރޫޕް
29 August 2025
ނުދާނެ ތިތާކަށް ތިޔަ ނޫސްވެރިންނެއް. އެކަމަކު މިމީހުން މީ އެހެންމީހުންނަށް ކަންކަން ހަޖަމުނުވާތީ، މަޝްވަރާގެ މަތިން ކަންކަން ކުރަން ނޭނގޭތީ، ސުލްހަވެރިކޮށް ކަންކަން ހައްލުކުރަން ނޭނގޭތީ ޖޯކުޖަހާ، ފާޑުކިޔާ ލިޔެހަދާ މީހުން. ދިޔަޔަސް ޒުވާބުކޮށްފަ ފޫކަހާފަ ނިކުމެގެން އަންނާނެކަން ކަށަވަރު. ދެން މިމީހުން އެހެން މީހުުންނަށް ކިޔަންއޮތީ ކޮން ފާޑެއް؟
ސްކިޕަރ1
29 August 2025
މަކަރުވެރި ރޭވުމެއް
ސުހާދު
29 August 2025
އަބަދުވެސް ޔަގީންކަން އޮތް މީޑިއާގެ ހިޔާލުނެތި އެ ބިލު ފާސް ނުކުރާނެކަން، މިސަރުކާރުން އަޑުއަހާ އަމަލު ކުރާނެ
އަތަމާ
28 August 2025
ރީތިކޮށް ކުރެވެން އޮތްކަމެއްގަ ސަރުކާރުން ބޭކާރު ޕްރެޝަރުތަކެއް ލިބިގަންނަ ސަބަބެއް ނުވިސްނޭ. އެންމެ ފުރަތަމަވެސް މަޝްވަރާކުރާނެކަމަށް ބުނެ ނޫނީ އިސްލާހުތަކަށް ޖާގަ ދޭ ގޮތަށް ބިލު ހުށަހަޅާ ގޮތަށް ހެދިނަމަ ސަރުކާރުގެ އަގު ވެއްޓޭކަށް ނުޖެހުނީސް. އެންމެ ފަހުން ސަރުކާރު ދިފާއުކުރާނަމޭ ހިތާ އެހެރަ ޕީޖީ ލީޑަރު ދެއްކި ވާހަކައިން އިތުރަށް އަގުވެއްޓި ޕްރެޝަރ ބޮޑުވީ. ސަރުކާރު ތެރެއިން ބައިކޮޅަށްޖަހާ ގޯލު ގިނަ އިދިކޮޅުން ފޮނުވާ ހަމަލާއަށްވުރެ
ފުރޭތަ1
28 August 2025
"ނޫސްވެރިން" އެއްވެއުޅޭ ގަވައިދާ ޚިލާފަށް ހައިސެކިއުރިޓީ ޒޯނުގަ ތިބެވެންވެސް ޖެހޭ. މީދެން ބޮޑު ވަރު. ގާނޫނު ނުހިނގާ ބަޔަކު ތިބެގެން ނުވާނެ. އެކްޓިވިސްޓުން ނޫސްވެރިކަމުގެ ޓެގު ކަރަށް ވައްޓާލައިން ނުކުމެވިގެން ނުވާނެ. ކުރިން ފަހަރަކުވެސް ސަރުކާރުން ހުޅުވާލި ނޫސްވެރިކަމުގެ ސޮކޮލަޝިޕަށް ކުރިމަތިލާނެ ނޫސްވެރިއަކު ނުވި، ކޮންމެ ކޮންމެ މީހަކަށް ޓެގު އަޅައިން ނުކުމެވެންޏާ ކިޔަވާކަށް ވެސް ނުޖެހޭނެތާ.