ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި. --ފައިލް ފޮޓޯ: މިހާރު
29 އޯގަސްޓް 2025 - 08:35
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ފަސް ގައުމު ވެސް ލައްކައެއް ހުރަސްކޮށްފައިވާ ކަމަށް ޓޫރިޒަމްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް، މި ލިސްޓަށް އެންމެ ފަހުން އިތުރުވެފައިވަނީ ޖަރުމަނެވެ.
މިގޮތުން، މިދިޔަ އަހަރާ އަޅާބަލާއިރު 6.9 ޕަސެންޓުގެ ކުރިއެރުމަކާއެކު، ޖުމްލަ 101،081 ޖަރުމަނު ޓޫރިސްޓުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
އޭގެކުރިން، ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް އަދި އިޓަލީން ވަނީ އެއް ލައްކަ ޓޫރިސްޓުން ހަމަކޮށްފަ އެވެ.
އެ ލިސްޓުގެ އެއްވަނައިގައި އޮތް ޗައިނާއިން މިހާތަނަށް 231،337 ޓޫރިސްޓުން ވަނީ ރާއްޖެއަށް އައިސްފަ އެވެ.
ތަފާސްހިސާބުތަައް ދައްކާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1،468،740 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު، 9.3 ޕަސެންޓުގެ ކުރިއެރުމެކެވެ.
ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް، ފާއިތުވި ތިން މަހާ އަޅާބަލާއިރު، މި މަހުގެ މިހާތަނަށް ވަނީ އިތުރުވެފަ އެވެ. މިގޮތުން، މި މަހުގެ މިހާތަނަށް އެވަރެޖުކޮށް ދުވާލަކު 6،440 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރެ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އައުމުގެ ރެކޯޑު މުގުރާލަން ސަރުކާރުން ވަނީ އަމާޒުހިފައިފަ އެވެ.
މިގޮތުން، މި އަހަރުގެ ނިޔަލަށް 2.3 މިލިއަން ޓޫރިސްޓުން ހަމަކުރަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިސްވެ ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަގަތްފާނު
29 August 2025
މިހިސާބު ފަޅުރަށްތައް ވިއްކާފަ ފައިސާކޮޅު ޖަމާކޮށްފަހުރީ ކ.މާލެއަށް، ދެން މަހުޖަނުން އެތާގަ ރިސޯޓު ހިންގަހިންގާފަ ފައިސާދައްކަނީ ކ.މާލެއަށް. މިރަށަށް ލިބުނީ އޭޓީއެމް މެސިނުގަނޑެއް.
ސަލީމު އިދުރީސް
29 August 2025
މިއަރު އުރަހަ ކަޑާފަ މިއަރުތައް ކަޑައްއެއްލާތަނާ މިއަރު އުރަހަތައް އަވީލައިފަ ހުންނަތަން ސޯސަލު މީޑިއާގަ ދައުރުވާން ފެށީމަ ޖަރުމަން ސުއިޒަލެންޑު އޮސްޓުރިއާ ފަދަ ގައުމު ތަކުގެ މާކެޓައް އަސަރުރާނެ ކަމީ ސައްކެއް ހުރި ކަމެއްނޫން!
އަކްމެޑް
29 August 2025
މިޔަރުގެ މަސްވެރިކަމުން ރާއްޖެއަށް ލިބޭނީ ފައިދާއަށްވުރެ ބޮޑަށް ގެއްލުން.
ވިސްނާށޭ
29 August 2025
ޓޫރިސްޓުން އަތުން ލިބޭ ޓެކްސްފައިސާ އާއި ފީތައް ޚަރަދުކުރަން ޖެހޭނީ އެ ޚަރަދު ކުރާ ފައިސާ އިން ދެކޮޅު ޖެހި އިންވެސްޓް ކުރި ފައިސާ އަނބުރާ 3 އަހަރު ތެރޭ ލިބޭ ތަންތަނަށޭ އެގޮތުން ބަލާއިރު ޓޫރިޒަމް އިން ލިބޭ ހުރިހާ ޓެކްސް ފައިސާ އެއް މާލެ ސަރަހައްދަށާއި މާލެ އަށާއި ހުޅުލެ އަށް އިންވެސްޓް ކުރިނަމަ މިއަދު ރާއްޖޭގެ އިގްތިސާދު އެއީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އިގްތިސާދު ތަކާއި ވާދަކުރާނެ އިގްތިސާދު ތަކޭ މާލެ ސަރަހައްދުގައި ރާއްޖޭގެ އެންމެން އުޅެންވީ
ވޮޗްމޭން
29 August 2025
ޓޫރިޒަމްގެ އެއެވެސް މަންފާއެއް ދިވެހި އާންމު ރައްޔަތުންނަށް ނުކުރޭ.. ރޭޓްގައި ޑޮލަރެއް ލިބެނީ ނޫން. އަނެއްކާ ރޭޓްގައި ލިބެން އޮތް ޑޮލަރު ކޮޅުވެސް މާލެތެރޭ މިހިރަ "ލައިސަންސް" މަނީ އެކްސްޖޭންޖްތަންތަނުން ޓޫރިސްޓުންގެ އަތުން އެ ޑޮލަރު މާރުކުރަނީ 19.9 ރުފިޔާއަށް ދިވެހި މީހާ ގަންނަން މި ޖެހެނީ 20.10 ރުފިޔާއަށް. މިކަން ހުއްޓުވަންޖެހޭ.. ޓޫރިސްޓުން ފައިސާ މާރުކުރަންޖެހޭނީ ބޭންކް އިން އަދި ކަނޑައަޅާފައިވާ 15.42 ރުފިޔާގެ ރޭޓްގައި.
ސަމޫލް
29 August 2025
އެވަރަަަށް ޑޮލަރ ވަންނައިރު ވާކަމެއް ހަރާމް.
ސޭކޫ
29 August 2025
ރާއްޖެއަށް ވަންނަ ކޮންމެ 100 ޑޮލަރަކަށް ސަރުކާރަށް ލިބެނީ އެންމެ 0.8 ޑޮލަރުކަމަށް ތަފާތު ހިސާބުތަކުން ދައްކާ
އަލިހުރަސް ކަނޑު ތެރެއިން
29 August 2025
2.3 މިލިއަން ޓުއަރިސްޓުންގެ ޓާގެޓެއް ކަނޑައަޅަނީ ކޮން ބޭނުމެއްގަބާ؟ ދުނިޔޭގެ ފެންވަރުގެ އެވޯޑެއް ހާސިލްކުރަންބާ؟ ނޫނީ ޓުއަރިޒަމް ދާއިރާގެ ބޮޑުންގެ ޖީބަށް ބަރުކުރަންބާ؟ ތި ޓާގެޓުން ރައްޔިތުންނަށް ދިމާވެފައިވާ ޑޮލަރަށް ސަލާންޖެހުމަށް ނިމުމެއްް އަންނާނެބާ؟ ނޫނީ ރިޒާވް މަތިވެ އިންފްލޭޝަން ދަށްވެ ކުރު މުއްދަތަކުން ދަރަނި އަދާކުރެވި ލޯނު ނެގުމަށް ހުއްޓުމެއް އަންނާނެބާ؟ ދޭނެ ޖަވާބެއް ނެތްނަމަ ވަކި ޓާގެޓެއް ކަނޑައެޅުމުގެ ބޭނުމެއް ނެތް..
ވިސްނާށޭ
29 August 2025
މިވަރަށް ގެސްޓުން އަންނައިރު ވެސް ޑޮލަރުގެ އަގު ތިރި ނުވަނީ ސަރުކާރުގެ ބޭކާރު ޚަރަދު ތައް ބޮޑީ ނޫންނަމަ ޗައިނާ އިން ގަންނަ މުދާ ޗައިނާ ކަރަންސީ އާއި ދިވެހި ރުފިޔާ ބޭނުންކޮށްގެން ވިޔާފާރި ކުރެވޭނެ ގޮތް ސަރުކާރުން ހަދާނަމޜ ބުނެ ވަކިން ޚާއްސަ ކޮށް ރައީސް ގެ ޚިތޯބުގައި އެވާހަކަ ދައްކާ އެކަމަށް އަމަލީ ސިފަ ގެންނަން މިސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރުން މީ މިއަދު ޑޮލަރުގެ އަގު ތިރިނުވާ ސަބަބަކީ ރާއްޖެތެރެއަށް ބޭކާރު ޚަރަފު ނުކުރާސޭ އެއީ ބޭކާރު