ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޗައިނާ ސަރުކާރުން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
30 އޯގަސްޓް 2025 - 19:05
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޗައިނާއަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޗައިނާގެ ވެރިރަށް ބެއިޖިން އަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ޗައިނާގެ އިމަޖެންސީ މެނޭޖުމަންޓް މިނިސްޓަރު ވޮންގް ޝިއަންޝީގެ އިތުރުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. ފަޒީލް ނަޖީބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކޮންގް ޝިންހުއާ ކަމަށެވެ.
His Excellency President Dr @MMuizzu arrives in the People’s Republic of China on Saturday, for an official visit at the invitation of His Excellency President Xi Jinping.
— The President's Office (@presidencymv) August 30, 2025
Upon his arrival, President Dr Muizzu was warmly welcomed by His Excellency Wang Xiangxi, Minister of… pic.twitter.com/gmio5GOBzB
އެ މަނިކުފާނު ޗައިނާއަށް ވަޑައިގަތުމުން އެއާޕޯޓުން ރަސްމީ އިއްޒަތް އަރުވައި ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާ މި ދަތުރުފުޅުގައި ޝީގެ އިތުރުން އެހެނިހެން ގައުމުތަކުގެ ލީޑަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޗަައިނާގެ މީޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މާދަމާ އާއި އަންނަ ހޯމަ ދުވަހު ބާއްވާ އެސްސީއޯ ސަމިޓުގައި ރައީސް މުއިިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް 26 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.
ރައީސް އޮފީހުން ބުނީ، އެސްސީއޯ ސަމިޓުގެ މަތީފަންތީގެ ބައްދަލުވުންތަކުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަަށެވެ.
ރައީސް މުއިއްޒު އެންމެ ފުރަތަމަ ޗައިނާއަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅާ އެކު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ރަނގަޅުކޮށްފަ އެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެ ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާ އިން 20 އެމްއޯޔޫއެއްގައި އޭރު ސޮއިކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮލަމާހުއްޓާ
31 August 2025
ތިހެން ބޭކާރު ކިތައްދަތުރު ކުރެވިއްޖެ. ގައުމަށްވީ ކޮންފައިދާއެއް.
މަސްތޫރު
31 August 2025
ޗައިނާ ކަހަލަ ގައުމުތަކާ ގުޅުން ބާއްވަންވީ ބޮޑަށް. ހަމަ ޔަގީނުންވެސް އެހީ ލިބި ކަންކަން ވާނެ. ނަތީޖާ ފެންނާނެ.
ތޫރުމަސް
31 August 2025
ދިވެހިން ތާ އަބަދު ނާށިގަނޑު ހިފައިގެން، މި ކަންނެތް ކަން ދޫކޮށް އަމިއްލަ ފައި މައްޗަށް ތެދުވާނީ ކޮން އިރަކު؟
އަހްމަދު ސަނީގް
31 August 2025
މީ ވަރަށް އުއްމީދީ ދަތުރަކަށް ވާނެކަމަށް ބެލެވޭ. މިގައުމުގެ އިގްތިސާދު އޮތް ހާލަތުން އަރާ ނަގާ ކޮޅަށް ޖަހަން މަގުފަހިވާނެ ވަރުގަދަ ދަތުރަކަށް މި ދަތުރު ވާނެކަން ޔަގީން
މަފާޒް ސަލީމް
31 August 2025
ރާއްޖޭގެ ހާރިޖީ ގުޅުން މިސަރުކާރު އައިފަހުން ވަރަށް ބެލެންސްކޮށް ދާތަން ފެންނަނީ. އިންޑިޔާ އާވެސް ގުޅުން ރަނގަޅު. އަދި ޗައިނާއާވެސް ގުޅިގެން މިދަނީ.
ހަމަދު ސަލީމް
31 August 2025
ކާމިޔާބް ދަތުރަކަށް އެދެން މަނިކުފާނަށް.
މަބުނީ
30 August 2025
ކަމެއްވީކަމަށްވާނީ ޗައިނާރަޝިއާއިންޑިއާ އެއްގަލަކަށްއަރުވައި ބާރުތައް އިރުމައްޗަށްބަދަލުކޮށް ހުޅަނގުގެ ވަކިތަކުން ދުނިޔެސަލާމަތްކުރެވިގެންނޭ ދަންނަވައިދޭތި.
އިލަ
30 August 2025
"ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތަކުގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތާރުއަޅާގޮތަށް ހަމަޖެހިއްޖެ" ރައީސް
އެކޮއި
30 August 2025
މިޤައުމަށް އަދި ކިރިޔާ ހައިބަތުހުރި ރައީސެއް ލިބުނީ. ތަނެއްގައި މަންޒަރު ބެލުމަށް ކުރައްވާ ދަތުރަށްވެސްް މިލިޔަނުން ޚަރަދުވާނެ. ތިޔަ ދަތުރަށްފަހު ދެން އޮތީ ތ އަތޮޅަށް ކުރާ ދަތުރެއް. މިޤައުމުގެ ވެރިކަންކުރާ ތަނަކީ ޖައްވުކަމުގައިހަދަން މަށަށް ފެންނަނީ. އަބަދު ޖައްވުގައި އުޅެން ބޭނުންވާ ބޭފުޅަކަށް ފަސޭހަވާނީ އެހެން ހެދިއްޔާ. ރައްޔިތުން ކެކި އަރަމުންދާއިރުވެސް އެއްވެސް އެއްޗެކޭ ހިތަކަށްނާރާ މީހެއް
އޮނަރަބްލް އަފީފު ދީދީ
30 August 2025
އެންމެފަހުން ވެރިކަންކުރެއްވި ރައީސުންގެ ތެރެއިން ޔާމީން ވަނީ ވޯޓްހޯދުމަށް ވަޢުދުވި ބުރިޖް ދައުރު ނިމުމުގެ ކުރިން އަޅާ ބުރިޖް ހުޅުވާފައި. ރައީސް ސޯލިޙްގެ ވެރިކަމުގައި އަޅާން ފެއްޓެވި ބުރިޖް މަސައްކަތް ވެރިކަމުގެ ދައުރުގައި ނުނިމުނު ކަމަށްވިޔަސް ބާރަށް މަސައްކަތް ކުރިއަށް އެބަދޭ. މަނިކުފާނުގެ ކެމްޕޭނު ވައުދު ތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދަކީ އައްޑޫ ހުޅުމީދޫ ހިތަދޫ ގުޅާލާ ކޯއްޓޭ ބުރިޖް. ކޮން ދުވަހަކުންތޯ އައްޑޫ ބުރިޖް މަސައްކަތް ފައްޓަވަނީ؟
އޮނަރަބްލް އަފީފު ދީދީ
30 August 2025
މަނިކުފާނުގެ ދައުރުގައި އައްޑޫ ބުރިޖް މަސައްކަތް ފައްޓަވާ ދައުރުގެ ތެރޭގައި ނިންމައިފި ނަމަ، އެންމެ ފަހުގެ 3 ރަޢީސުންނަކީ ރާއްޖޭގައި އުމްރާނީ ތަރައްޤީއަށްޓަކާ މުހިންމު 3 ބުރިޖް އެޅުއްވި 3 ރައީސުން ކަމުގައި ތާރީޙްގައި ލިޔެވިގެން ދާނެ. އަދި ރައީސް ވައުދުވި އައްޑޫ ބުރިޖް ދައުރުގެތެރޭގައި ނިންމައިފިނަމަ، ވެރިކަމުގެ ދައުރުގައި ބުރިޖް އަޅާ ނިންމުމުގެ ރިކޯޑް ޕީޕީއެމް ނުވަތަ ޕީއެންސީގެ ސަރުކާރުތަކަށް ނުވަތަ ޕާޓީއަށް ލިބި ޕާޓީގެ ބަރުދަން ބޮޑުވެގެންދާނެ.